Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަޟާ ގަދަރަށް އީމާންވުން - ހުތުބާ

ޤަޟާގަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަ ކުރަމުން ދާނީ ހިތްހަމަ ޖެހުމާއެކު: ހުކުރު ހުތުބާ

4 ސެޕްޓެމްބަރު 2020 | ހުކުރު 08:18

ދަރަޖަ އުފުލިގެން ދަނީ ތަޤްވާވެރި ވުމުގެ ސަބަބުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 ސެޕްޓެމްބަރު 2020 | ހުކުރު 08:18
ހުކުރު ނަމާދު

ހުކުރު ނަމާދު

ޤަޟާގަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަ ކުރަމުން ދާނީ ހިތްހަމަ ޖެހުމާއެކު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"މިންވަރަށް އީމާންވުން" މި މައުޟޫގެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ޤަޟާގަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަ ކުރަމުން ދާނީ ހިތްހަމަ ޖެހުމާއެކު ކަމަށާއި ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑު އަޅައިގެން ނުދާނެ ކަމަށެވެ. އަދި ދަތި އުނދަގޫ ކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެ ކަމަށް ވެސް ހުތުބާގައިވެއެވެ.

Advertisement - newsAdvertisement

މިންވަރަށް އީމާންވުމުގެ ސަބަބުން އެމީހަކަށް ސުވަރުގެ ވަނުމަށް މަގުފަހިވެގެންދާނެކަން ފާހަގަކޮށް ހުތުބާގައި ބުނީ މާތްﷲ އާއި ރަަސޫލާ އެންގެވި ގޮތަށް، އީމާންވެ އަޤީދާ ވަރުގަދަކޮށްފި މީހެއްގެ ހަށިގަނޑާއި ގުނަވަންތަކުން އެކަން ފާޅުވެގެންދާނެ ކަމަށެވެ. ހުރިހާ ކަމެއް މެދުވެރިގެންދަނީ މާތްﷲ ގެ އިލްމުފުޅާއި އެކަލާނގެ އިއުތިޤާދު ކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ، މާޔޫސްވާން ނުޖެހޭނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ އަޅުތަކުން ކިތަންމެ މޮޅަށް ކިތަންމެ ވަރަކަށް ކަންތައްތައް ރޭވިކަމުގައިވިޔަސް އެކަމެއް މާތްﷲ ގެ އިރާދަފުޅުމަތިން މެނުވީ ނުހިނގާނެ ކަމަށެވެ. ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ މާތްﷲ ގެ ކުޅަދުންވަންތަކަމާއި އެކަލާނގެ އިރާދަފުޅުންކަން އަޅުގަނޑުމެން އީމާންވާއިރު އެކަލާނގެ ޝަރުއު ކުރައްވާފައިވާ ކަންތައްތަކަށް އެންމެން ކިޔަމަން ގަންނަން ޖެހޭނެ ކަމަށް ހުތުބާގައިވެއެވެ. މާތްﷲ އަޅުގަނޑުމެންނަށް އަމުރުކޮށްފައިވާ ކަންތައްތައް ދޫކޮށްލައިގެން ނުވާނެ ކަމަށާއި ހެޔޮކަންތައްތަކަށް ގޮވާލުމާއި ނުބައި ނޭދެވޭ ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.

ދިމާވާ މުސީބާތްތަކަށް ކެތްތެރިވުމަށް މާތްﷲ އަމުރުކުރައްވާފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ ހިދާޔަތާއި ފާލާހުގެ ސިއްރަކީ ކެތްތެރިކަން ކަމަށެވެ. އަދި މާތްﷲ ވަނީ އެކަލާނގެ އަޅުތަކުން އިމްތިހާނު ކުރައްވާނެކަން އަންގަވާފައި ކަމަށާއި މި އިމްތިހާނުން ކާމިޔާބު ލިބޭނީ ޤަޟާގަދަރަށް ރުހިގެން ތިބޭ ކެތްތެރިންނަށް ކަމަށް މާތްﷲ ބަޔާންކުރައްވާފައިވާ ކަމަށް ހުތުބާގައިވެއެވެ.

މިއަދު ކޮވިޑުގެ މި ހާލަތުގައި އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާގަދަރަށް އީމާންވުމާއެކު ކެތްތެރިކަން އިސްކުރުން ކަމަށް ހުތުބާގައިވެއެވެ. އީމާންކަމާއި ކެތްތެރިކަމުން ހިމާޔަތް ލިބިގެންފިނަމަ ދުނިޔެ މަތީގައި ލިބެން އޮތް ހެވެއް އެއްވެސް މީހަކަށް އިހުސާސް ނުކުރެވޭނެ ކަމަށާއި އާހިރަތުގައި ކެތްތެރިންނަށް މާތްﷲ މިންވަރު ކުރައްވާފައިވާ ދަރުމަ އާއި ޘަވާބު އެއްވެސް މީހަަކަށް ވަޒަން ވެސް ނުކުރެވޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް