Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދަނޑުވެރިކަން ކުރިއެރުވުން

އެގްރޯ ކޯޕަރޭޝަނާ ގުޅިގެން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހައްދާ ބާޒާރަށް ނެރުމުގެ ފުރުސަތު އައްޑޫ ދަނޑުވެރިންނަށް!

3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 17:40

ދަނޑުވެރިންނަށް މާލީގޮތުންނާއި ފަންނީގޮތުން ހުރިހާ އެހީތެރިކަމެއް އެގްރޯ ނޭޝާނަލް ކޯޕަރޭޝަނުން ފޯރުކޮށްދޭނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 17:40
އައްޑޫ ދަނޑުވެރިން ހައްދާ ބައެއް ބާވަތްތައް

އައްޑޫ ދަނޑުވެރިން ހައްދާ ބައެއް ބާވަތްތައް

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާ ގުޅިގެން ތަރުކާރީއާއި މޭވާގެ ބާވަތްތައް ހައްދާ ބާޒާރަށް ނެރުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ދަނޑުވެރިންނަށް އަމާޒު ކޮށްގެން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި ޢާއްމުކޮށް ހައްދާ ބާވަތްތައް ރާއްޖޭގެ ބާޒާރަށް ވިއްކުމުގެ މަސައްކަތް ކުރުމަށް އެ ކުންފުނިން ބޭނުންވާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ޢާންމުކޮށް ހައްދާ ފަތްކެޔޮ، ފަޅޯ، ކަރާ، ބަޓާނާ، ބަރަބޯ، ބަށި، ތޮޅި، ކެބެޖު، ލެޓިއުސް، މެލަން، ކިއުކަންބާ، ދަނޑި އަލުވި، ކައްޓަލަ، ޒުވާރި، ކެޕްސިކަމް އަދި ދޮނަޅަ އުފެއްދުމަށްޓަކައި އެ ކުންފުންޏާއި ދަނޑުވެރިންނާއި ދެމެދު އެއްބަސްވުން ހެދި އެ އެއްބަސްވުމުގައި ވާގޮތަށް އެ ފަރާތްތަކުން އުފެއްދުމަށް ކަނޑައެޅިފައިވާ ބާވަތް، އެއްބަސްވެފައިވާ ސައިޒްގެ ބިމެއްގައި އުފެއްދުމަށް ދަނޑުވެރިންނަށް މާލީގޮތުންނާއި ފަންނީ ގޮތުން ހުރިހާ އެހީތެރިކަމެއް އެގްރޯ ނޭޝާނަލް ކޯޕަރޭޝަނުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އުފެއްދުންތައް ކުންފުނިން ގަތުމަށްފަހު ރާއްޖޭގެ މާރކެޓަށް ވިއްކުމަށް ވެސް ވަނީ އެ ކުންފުނީގެ ފަރާތުން ރާވާފައިކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ އެކަމަށް ޝަޢުޤުވެރިވާ ދަނޑުވެރިކަން ކުރާ ފަރާތްތަކުން އެކަމުގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމަށްޓަކައި އެ އަވަށެއްގެ އަވަށު އޮފީހަށް06 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން އީމެއިލް ކުރުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ސަރުކާރުން ހިއްސާވާ ދަނޑުވެރިކަމުގެ ހާއްސަ ކުންފުނި އެގްރޯ ނެޝެނަލް ކޯޕަރޭޝަން އަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގައި މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ހަމަ އަގުގައި ގަނެ އެތަކެތި މާކެޓްކޮށް ވިއްކުމާއި ސަޕްލައިޗެއިން ތަރައްގީ ކުރަން މަސައްކަތް ކުރުން އެ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
08 މާރިޗު 2017

އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ

08 މާރިޗު 2017
އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ
01 ފެބުރުއަރީ 2017

އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ

01 ފެބުރުއަރީ 2017
އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް