Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ޝިފާނަށް ހަމަލާދީ މަރާލި މައްސަލަ

އަލީ ޝިފާންގެ މަރުގެ މައްސަލަ: ޝައިފަންގެ މައްޗަށް އިއްވި މަރު ހުކުމުގެ ފަހު މަރުހަލާގެ އަޑުއެހުން ބާއްވައިފި

3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 11:37

އަލީ ޝިފާން މަރުވެފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:40 ހާއިރު ވެސްޓުޕާކް ރެސްޓޯރަންޓު ކުރިމަތީގައި ހުއްޓައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 11:37
އަލީ ޝިފާންގެ މަރުގެ މައްސަލައިގައި މެރުމަށް ހުކުމްކޮށްފައިވާ ޝައިފަން

އަލީ ޝިފާންގެ މަރުގެ މައްސަލައިގައި މެރުމަށް ހުކުމްކޮށްފައިވާ ޝައިފަން

މ. ފެއަރީކޯނަރ އަލީ ޝިފާން (ތޮޅިޕެލޭ) މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވާ މާލެ ދަފްތަރު 2193 މުހައްމަދު ޝައިފަންގެ މައްސަލައިގެ ފަހު މަރުހަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވައިފި އެވެ.

މި މައްސަލައަކީ، ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން، ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، ޝައިފަންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމުމުން، ޝައިފަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިލްތިމާސްގެ މައްސަލަ އެކެވެ. މި މައްސަލަ ޝައިފަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހަށަހަޅާފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

Advertisement - newsAdvertisement

ޝައިފަންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނިކޮށް ހައި ކޯޓުން އެ މައްސަލަ ބެލުމަށް ފަހު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މަރަން ހުކުމް ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު އެވެ.

ޝައިފަން މެރުމަށް ހައިކޯޓުން އިއްވި ހުކުމަކީ ހައިކޯޓުގެ ތާރީހުގައި ވެސް މީހަކު މަރަން އިއްވި ފުރަތަމަ ހުކުމެވެ. އޭގެ ކުރިން ކްރިމިނަލް ކޯޓުން އިއްވާ މަރުގެ ހުކުމްތަކަށް ހައިކޯޓުން ތާއީދު ކުރަމުން ގޮސްފައިވީ ނަމަވެސް، ދަށު ކޯޓުން ކުށް ސާބިތުނުވެގެން ދޫކޮށްލި މީހަކު މެރުމަށް ހުކުމް ކޮށްފައިނުވެއެވެ.

ބުރާސްފަތި ދުވަހުގެ ސުޕްރީމް ކޯޓުގެ އަޑުހުމުގައި ދެފަރާތަށް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވިއިރު، ޝައިފަންގެ ފަރާތުން ވަކާލާތު ކުރައްވާ ގާނޫނީ ވަކީލު އަލީ ޝާހު މައިގަނޑު ގޮތެއް ފާހަގަ ކުރައްވާފައިވަނީ ޝައިފަންގެ މައްޗަށް ކުށް ސާބިތު ކުރަން ދައުލަތުގެ ފަރާތުން ހުށަހެޅި 5 ހެކީންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުރި ކަމަށާއި، އެއް ހެކިވެރިޔާއާއި އަނެއް ހެކިވެރިޔާ ދީފައިވާ ހެކިބަސް ދިމާ ނުވާ ކަމަށެވެ. އަދި މަންޒަރު ދުއް ކަމަށް ބުނާ، ވެސްޓްޕާކް ރެސްޓޯރަންޓްގައި ބަޔަކާއެކު ކޮފީއެއް ބޯން އިން މީހަކު ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނާއި އޭނާ ކޯޓުގައި ދައްކާފައިވާ ވާހަކަތައް ދިމާ ނުވާއިރު، އޭނާއާއެކު ދެން ތިބި ކަމަށް ބުނާ ބަޔަކީ އެއީ ކޮންބައެއްކަން އަދި އެމީހުންގެ ފަރާތުން ތަހުގީގަށް ބަޔާން ނަގާފައި ނުވާތީ ސުވާލު އުފެދޭ ކަމަށެވެ. އަދި އޭނާއަށް ފެނުނު ކަމަށް ބުނާ މަންޒަރާއި ކަން ހިނގިގޮތް ދެން ހެކިބަސް ދީފައިވާ މީހުން ދީފައިވާ ހެކިބަހާ ދިމާ ނުވާކަމަށް ވެސް ދިފާއީ ވަކީލު ޝާހު ވިދާޅުވި އެވެ.

ދެވަނަ ކަމަކަށް ދިފާއުގައި ވިދާޅުވީ، ޑީއެންއޭ ރިޕޯޓާއި މެޑިކަލް ރިޕޯޓްތަކަކީ ޤިޞާސް ހިފުން ނުވަތަ މަރަށް މަރު ހިފުމުމާއި ހައްދު ކަނޑައެޅިފައިވާ މައްސަލަތަކުގައި، ހަމައެކަނި އެފަދަ ރިޕޯޓްތަކަށް ނަޒަރުކޮށް ނިންމޭނެ މައްސަލަތަކެއް ނޫން ކަމަށެވެ.

ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވީ، ޝައިފަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވީ ނަމަވެސް، ހައިކޯޓުން ވަނީ އެބައި ބާތިލުކޮށް ޝައިފަން މެރުމަށް ހުކުމްކޮށްފަ ކަމަށާއި، ހައިކޯޓުން ކުރި ހުކުމުގައި ޝިފާން މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝައިފަންގެ މައްޗަށް ސާބިތުވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން ދައުލަތުން އެދެނީ، ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ނިންމައި ހައިކޯޓުގެ ހުކުމް ދެމެހެއްޓުން ކަމަށެވެ.

ޝައިފަންގެ މަރުގެ މި މައްސަލައަކީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަމަށްވާތީ، މި މައްސަލަ ބަލަނީ އުއްތަމަ ފަނޑިޔާރާއެކު ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި ފަސް ފަނޑިޔާރުންގެ ބެންޗުން ނެވެ.

ފަނޑިޔާރުގެ ބެންޗުގެ ހުރިހާ ފަނޑިޔާރުން ވެސް ވަނީ ކަންކަން އިތުރަށް ސާފުކުރުމުގެ ގޮތުން، ގިނަ ސުވާލުތަކެއް އިސްތިއުނާފް ކުރި ޝައިފަންގެ ގާނޫނީ ވަކީލުންނާއި އަދި ދައުލަތުގެ ގާނޫނީ ވަކީލުންނަށް ކުރިމަތި ކުރުވާފައެވެ. އެގޮތުން، ދިފާއީ ވަކީލު ވިދާޅުވާ، ހެކިބަހުގައި ފުށުއެރުންތަށް ހުރިކަމަށް ބުނާތީ، އެ ފުށުއެރުންތަކުގެ ތަފްސީލް ވަރަށް ސާފުކޮށް އެނގޭނެ ގޮތަށް ވިދާޅުވެ ދެއްވުމަށް ފަނޑިޔާރު ހުސްނުއްސުއޫދު އެދިލެއްވުމުން، ދިފާއީ ވަކީލު ވަނީ އެކަންކަން ފާސުކޮށް ބަޔާންކޮށް ލިޔުމުން ވެސް ހުށަހެޅިދާނެ ކަމަށެވެ.

ހަމަ އެގޮތަށް ޑީއެންއޭ ގުޅޭގޮތުން ދީނީ އިލްމުވެރިންނާއި ދީނީ އިލްމުވެރިންގެ ޖަމާއަތްތަކުން ނިންމާފައިވާ ނިންމުންތަކަށް ދިފާއީ ވަކީލު ރިއާޔަތް ކުރައްވާފައިވާތީ އެ ލިޔުންތައް ވެސް ސާފުވާނެ ގޮތަށް ހުށަހެޅުއްވުމާއި މައްޔިތާގެ ވާރިސުންގެ ހުއްދައެއް ނެތި، ޑީއެންއޭ ނުވަތަ މައްޔިތާގެ ހަށިގަނޑަށް ގެއްލުމެއް ލިބޭ އެއްވެސް ކަމެއް ނުކުރެވޭނެ ކަމާއި، މައްޔިތާގެ ޑީއެންއޭ ނަގާފައިވަނީ ކޯޓު އަމުރެއް ނެތި އިސްލާމީ އުސޫލްތަކާ ހިލާފަށް ކަމަށް ދިފާއީ ވަކީލު ވިދާޅުވާތީ، އެކަންކަމަށް ރިއަޔާތްކޮށްފައިވާ ދިރާސީ ރިޕޯޓްތައް ހުށަހެޅުއްވުމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެެހެންކަމުން ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރިން މި މައްސަލާގައި އިތުރު އަޑުއެހުމެއް ބޭއްވޭނެއެވެ.

އަލީ ޝިފާން މަރުވެފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ހަވީރު 4:40 ހާއިރު ވެސްޓުޕާކް ރެސްޓޯރަންޓު ކުރިމަތީގައި ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމާ ގުޅިގެންނެވެ. ޝިފާން މަރާލި މައްސަލާގައި ދައުލަތުން 6 މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ.

އެއީ، މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ އިތުރުން، ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފް އާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހްމާންގެ އިތުރުން މ. ނަލަހިޔާ މަންޒިން އަލީ ނަބީހުއެވެ.

ކްރިމިނަލް ކޯޓުން އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމުމުން، ލިބިފައިވާ ހެއްކާ ގަރީނާތަކަށް ބެލުމަށްފަހު، ދައުލަތުން ވަނީ ތިން މީހެއްގެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗަށެވެ.

ޝިފާން މަރާލުުގެ ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ހަމައެކަނި ޝައިފަންގެ މައްޗަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް