Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ފްރާންސްގެ ހާލަތު

ފްރާންސްގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް މައްޗަށްދާން ފެށުމާއެކު ހޮސްޕިޓަލްތަކަށް ބާރުބޮޑުވާން ފަށައިފި

3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 02:54

ބުދަ ދުވަހު އެގައުމުން 7017 މީހުންނަށް ކޮވިޑް-19 ޖެހިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 02:54
ފްރާންސްގެ ސިއްހީ މަސައްކަތްތެރިއަކު ކޮވިޑް-19 އަށް މީހަކު ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ

ފްރާންސްގެ ސިއްހީ މަސައްކަތްތެރިއަކު ކޮވިޑް-19 އަށް މީހަކު ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ

ފްރާންސްގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް މައްޗަށް ދާންފެށުމާއެކު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ މީހުންގެ އަދަދު މައްޗަށް ދާން ފަށައިފި އެވެ.

ފާއިތުވި ދެ މަސް ދުވަހު ފްރާންސްގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މައްޗަށް ދާން ފަށާފައިވާއިރު ބުދަ ދުވަހު އެގައުމުގައި ވަނީ 7000ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައެވެ. މިއީ އެގައުމުގައި ވައިރަސް ފެތުރެން ފެށިފަހުން 7000ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރި ތިން ވަނަ ދުވަހުއެވެ. ބުދަ ދުވަހު އެގައުމުން 7017 މީހުންނަށް ކޮވިޑް-19 ޖެހިފައިވެ އެވެ. މާރޗް މަހުގެ 31 ވަނަ ދުވަހު އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރި ދުވަހު 7578 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.

މެއި މަހުގެ 27 ގައި އެގައުމުގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭންފެށިފަހުން ކޭސްތައް އިތުރުވާން ފަށާފައިވާއިރު ފާއިތުވި 7 ދުވަހު ކޭސްތައް އުޅެނީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5000ށް ވުރެ މަތީގައެވެ. މިހާތަނަށް އައިއިރު އެގައުމުގެ 293،024 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ކޭސްތައް އިތުރުވާން ފަށާފައިވާއިރު އެގައުމުގެ ސިއްހީ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވައިރަސް މުޅި ގައުމަށް ފެތުރެމުންދާ ކަމަށެވެ.

އަލަށް ކޭސްތައް ފެންނަމުންދަނީ ގިނައިން ޒުވާނުންގެ މެދުގައި ކަމަށްވުމުން އަދި އެހާ ސީރިޔަސް ހާލަތަކަށް އެގައުމު ނުދެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އެގައުމުގައި އަލަށް ފެންނަމުންދާ ކޭސްތަކުގެ ތެރޭގައި އައު ސްޓްރެއިނެއް ނުފެނެއެވެ. އެހެންނަމަވެސް އޭޕްރީލް މަހުގެ މެދު ތެރޭގައި ޕީކުގައި އޮތްއިރު އެގައުމުގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު 32،292 ގައި ހުރިއިރު ފާއިތުވި ފަސް ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކު ހަތަރުހާހަށްވުރެ ގިނަ މީހުން ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައެވެ.

އަލަށް މިފެންނަމުންދާ ކޭސްތަކާއި ގުޅިގެން އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުވެސް ވަނީ މައްޗަށް ދާންފަށާފައެވެ. އެގޮތުން 22ން 446 މީހުންނަށް ފާއިތުވި ދުވަސްތަކުގެ ތެރޭގައި އައިސީޔޫގައި ފަރުވާދޭ މީހުންގެ އަދަދު ވަނީ މަތިވެފައެވެ.

މިހާތަނަށް އައިއިރު ފްރާންސްގައި މިބަލީގައި މަރުވި މީހުންގެ އަދަދަކީ 30،686 މީހުންނެވެ. ބުދަ ދުވަހު 25 މީހުން މަރުވެފައިވާއިރު ފާއިތުވި ހަތް ދުވަހު ދުވާލެއްގެ މައްޗަށް މަރުވެފައިވަނީ އެވްރެޖްކޮށް 20 މީހުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން

13 މާރިޗު 2017
ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން
10 މާރިޗު 2017

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް