Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީ

ގއ. ދާންދޫއިން ދެމައިން ކޮވިޑަށް ޕޮޒިޓިވްވެ، ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފި

2 ސެޕްޓެމްބަރު 2020 | ބުދަ 08:35

ދާންދޫއިން ޕޮޒިޓިވްވީ ދެމައިން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 2 ސެޕްޓެމްބަރު 2020 | ބުދަ 08:35
ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބަލި މީހަކު ގެންދަނީ

ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބަލި މީހަކު ގެންދަނީ

ގއ. ދާންދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމައިން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފިއެވެ.

ދާންދޫއިން ޕޮޒިޓިވްވި ދެމައިން އަންގާރަ ދުވަހުގެ ރޭ 10 ޖެހިއިރު ވިލިނގިލީ ކޮވިޑް ފެސިލީޓީއަށް ބަދަލުކޮށްފައިވާއިރު، އެ ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން މައުލޫމާދެއެވެ.

Advertisement - newsAdvertisement

ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޝަރީފް އަހުމަދު ވިދާޅުވީ ދާންދޫއިން ގެނައި ދެމައިންގެ ތެރެއިން އަންހެން މީހާއަކީ 59 އަހަރުގެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހެއް ކަމަށެވެ. އަދި އޭނާއާއެކު ޕޮޒިޓިވް ވެގެން ގެނެސްފައިވަނީ 19 އަހަރުގެ ފިރިހެން ދަރިއެއް ކަމަށެވެ. ދެމައިން އެއްކޮށް ކޮވިޑް ފެސިލިޓީއަށް ބަދަލުކުރިއިރު، އަންހެން މީހާއަކީ ހަކުރު ބަލީގެ އިތުރުން ދާއިމީ އެހެނިހެން ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތެކެވެ.

ޝަރީފް ވިދާޅުވީ ކޮވިޑް ފެސިލިޓީއަށް ފުރަތަމަ ފަހަރަށް ދެ މީހަކު ގެނެވުނުއިރު އެތަނުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތުން އަތޮޅު ހޮސްޕިޓަލުން އާންމުކޮށް ފަރުވާދޭ ބައި ވަކިކުރެވި ހިދުމަތްތައްވެސް މުޅިން ވަކިން އެހެން އިމާރާތެއްގައި ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ދާންދޫ ކައުންސިލް ރައީސް އިސްމާއީލް މުހަންމަދު ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވި ދެމައިންނަކީ އޮގަސްޓު މަހުގެ 15 ގައި މާލެއިން ރަށަށް ބަދަލުވި އާއިލާއެއް ކަމަށެވެ. އަދި އެ އާއިލާގައި 18 އަހަރުންދަށުގެ ތިން ކުދިން ތިބި ނަމަވެސް އެކުދިންގެ ޓެސްޓުތައް ނެގެޓިވްވެފައިވާ ކަމަށެވެ.

އިސްމާއީލް ވިދާޅުވީ، އެކުދިން ބެލުމަށްޓަކައި އާއިލާގެ ފަރާތުން އެހެން މީހަކު އެގޭގައި ދިރިއުޅެމުންދާ ކަމަށާއި އަދި އެ އާއިލާގެ ކަންކަން ކައުންސިލްގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ދާންދޫއިން އެއް އާއިލާއަކުން ދެމައިން ކޮވިޑަށް ޕޮޒިޓިވްވެފައިވީ ނަމަވެސް، އެރަށަށް އަރާ ފޭބުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ގއ. އަތޮޅުން މިހާތަނަށް ޖުމްލަ 12 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެ އަތޮޅުން ރިސޯޓުތައްވެސް ހިމެނޭ ގޮތަށް 1285 ސާމްޕަލް ވަނީ ނަގާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2017

ކުޅުދުއްފުއްޓާއި ވިލިނގިލީގައި "ސިޔާސީ" ޕެރޭޑެއް!

02 ސެޕްޓެމްބަރު 2017
ކުޅުދުއްފުއްޓާއި ވިލިނގިލީގައި "ސިޔާސީ" ޕެރޭޑެއް!
26 އޯގަސްޓު 2017

ސަރުކާރާއި ދެކޮޅަށް ގއ. ވިލިނގިލީގައި މުޒާހަރާކޮށްފި

26 އޯގަސްޓު 2017
ސަރުކާރާއި ދެކޮޅަށް ގއ. ވިލިނގިލީގައި މުޒާހަރާކޮށްފި
18 އޯގަސްޓު 2017

އަނިޔާވެރިކަން ހުއްޓާލައި މެންބަރުން ދޫކޮށްލުމަށް ގޮވާލައި ތިނަދޫ އާއި ވިލިނގިލީގައި ހިގާލުމެއް ބާއްވައިފި

18 އޯގަސްޓު 2017
އަނިޔާވެރިކަން ހުއްޓާލައި މެންބަރުން ދޫކޮށްލުމަށް ގޮވާލައި ތިނަދޫ އާއި ވިލިނގިލީގައި ހިގާލުމެއް ބާއްވައިފި
14 ޖުލައި 2017

ގއ. ވިލިނގިލީގައި ހުކުރު ނަމާދަށްފަހު ދުޢާ ކޮށްފި

14 ޖުލައި 2017
ގއ. ވިލިނގިލީގައި ހުކުރު ނަމާދަށްފަހު ދުޢާ ކޮށްފި
08 ޖޫން 2017

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ފުލުހަށް ހާޒިރުކޮށްފި

08 ޖޫން 2017
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ފުލުހަށް ހާޒިރުކޮށްފި
05 ޖޫން 2017

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި

05 ޖޫން 2017
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި
03 މެއި 2017

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާ މިރޭ ގއ. ވިލިނގިލީގައި

03 މެއި 2017
އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާ މިރޭ ގއ. ވިލިނގިލީގައި
19 އެޕްރީލު 2017

ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި

19 އެޕްރީލު 2017
ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި
05 މާރިޗު 2017

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް