Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިޤާލީ އިންސާފުގެ ބިލް

އިންތިޤާލީ އިންސާފުގެ ބިލަށް ޢާންމުންގެ ޙިޔާލު ހޯދުމަށް ހުޅުވާލައިފި

1 ސެޕްޓެމްބަރު 2020 | އަންގާރަ 16:36

ސެޕްޓެމްބަރު މަހުގެ 14ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ކޮމިޓީއަށް މެއިލް ކުރުމަށް އެދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ސެޕްޓެމްބަރު 2020 | އަންގާރަ 16:36
މި ބިލް ދިރާސާ ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީން

މި ބިލް ދިރާސާ ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީން

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރަމުންދާ އިންތިޤާލީ އިންސާފުގެ ބިލަށް ޢާންމުންގެ ޙިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ނެރުނު އިއުލާނެއްގައި ބުނީ، ބިލަށް ޙިޔާލު ހުށައެޅުމުގެ ފުރުސަތު އަންގާރަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ޙިޔާލު ހުށައަޅަން ބޭނުންވާ ފަރާތްތަކުން މި ހިނގާ ސެޕްޓެމްބަރު މަހުގެ 14ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ކޮމިޓީއަށް މެއިލް ކުރުމަށް މަޖިލީހުން އެދިފައިވެއެވެ.

Advertisement - newsAdvertisement

މި ބިލަށް ޙިޔާލު ނުވަތަ ކޮމެންޓް ފޮނުވުމަށް މެއިލް ކުރާނީ committee@majlis.gov.mv ށް ކަމަށް ވެސް މަޖިލީހުގެ އިއުލާނުގައި ބުނެފައިވެއެވެ. އަދި މަޖިލިސް އިދާރާ އަށް ލިއުމުން ފޮނުވައިގެން ވެސް ޙިޔާލު ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ 1 ޖެނުއަރީ 2012 ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ދެމެދު ހިނގާ ދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުން ތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ޢަސާސީ މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށްޓަކައި އެކުލަވާލަން ޖެހޭ ޤާނޫނީ އޮނގަނޑު އެކުލަވާލުމެވެ.

މި ބިލްގެ ދަށުން ފަރުދުންގެ މެދުގައި ޞުލްޙަކޮށް، މުޖްތަމަޢު އެއްބައިވަންތަ ކުރުމަށް މަސައްކަތް ކުރުމާއި ޤައުމުގެ އަމަން އަމާންކަން ދަމަހައްޓައި މަދަނީ މަސަލަސް ކަމަށް ޖާގަދިނުމާއި ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންސާފަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށް ދެވޭނެއެވެ.

މި ޤާނޫނު ހިނގާނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ކަންތައްތަކުގެ މައްޗަށެވެ.

މި ޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު އިންތިޤާލީ އޮމްބަޑްސްމަންގެ އޮފީހެއް އުފެދޭނެއެވެ. އޮމްބަޑްސްމަންގެ އޮފީސް އެކުލެވިގެންވާނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާ 3 އޮމްބަޑްސްމަނުންގެ މައްޗަށެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

26 އޯގަސްޓު 2017

އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ އަޑުއެހުމެއް މާދަމާ

26 އޯގަސްޓު 2017
އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ އަޑުއެހުމެއް މާދަމާ
28 ޖުލައި 2017

ކިތަންމެ އަނިޔާކުރިޔަސް އިންސާފުގެ މަގު ހިޔާރު ކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

28 ޖުލައި 2017
ކިތަންމެ އަނިޔާކުރިޔަސް އިންސާފުގެ މަގު ހިޔާރު ކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި
13 ޖުލައި 2017

އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ލިޔުންތައް އަސްލަމްއާ ހަވާލުކޮށްފި

13 ޖުލައި 2017
އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ލިޔުންތައް އަސްލަމްއާ ހަވާލުކޮށްފި
09 މެއި 2017

"ޔާމީން މަރާލުމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެން"

09 މެއި 2017
"ޔާމީން މަރާލުމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެން"
23 އެޕްރީލު 2017

ޔާމީނު މަރާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: ރައީސް މައުމޫނު

23 އެޕްރީލު 2017
ޔާމީނު މަރާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: ރައީސް މައުމޫނު
15 އެޕްރީލު 2017

ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ނާޒިމް

15 އެޕްރީލު 2017
ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ނާޒިމް
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް