Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ ހައިކޯޓުގެ ޝަރީއަތް

ފަނޑިޔާރު ސުވާލު ކުރެއްވުމުން، "ހެޔޮއެދޭ" ފަރާތަކުން ދިން ކަމަށް ބުނާ ފައިސާގެ ތަފްސީލެއް ރައީސް ޔާމީނަށް ވިދާޅެއް ނުވެވުނު!

1 ސެޕްޓެމްބަރު 2020 | އަންގާރަ 12:09

ރައީސް ޔާމީނާއި ދިފާއީ ވަކީލުން ވިދާޅުވަނީ ޖަމާވީ ވުޑުމުލާގެ އިކުއިޒިޝަން ކޮސްޓްކަން ސާބިތު ކުރެވޭ ހެއްކެއް ނެތް ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 ސެޕްޓެމްބަރު 2020 | އަންގާރަ 12:09
މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުގެ ބޭއްވި ޝަރީއަތުގެ ތެރެއިން: ހައިކޯޓުގެ މަރުހަލާގައި އެފައިސާއަކީ 5 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ ފައިސާކަން ދައްކަން ދަނީ މަސައްކަތް ކު

މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުގެ ބޭއްވި ޝަރީއަތުގެ ތެރެއިން: ހައިކޯޓުގެ މަރުހަލާގައި އެފައިސާއަކީ 5 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ ފައިސާކަން ދައްކަން ދަނީ މަސައްކަތް ކު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް "ހެޔޮއެދޭ ފަރާތުން" ދިން ކަމަށް ބުނާ 5 މިލިއަން ޑޮލަރު ލިބިލެއްވި ގޮތާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި، އެފަދަ ފައިސާއެއް ގަބޫލުފުޅު ކުރެއްވުމާ ގުޅޭގޮތުން ފަނޑިޔާރު ސުވާލު ކުރެއްވުމުން، އެފަދަ ފައިސާއެއް ގަބޫލުފުޅު ކުރެއްވުމަކީ ގާނޫނުން މަނާ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މި މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ މައްސަލަ އިސްތިނާފު ކުރެއްވި ރައީސް ޔާމީންގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ފަހު ބަސް ވިދާޅުވުމުގެ ފުރުސަތެވެ.

Advertisement - newsAdvertisement

ދެފަރާތުގެ ވާހަކަތަކަށްފަހު، މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތަކުން ބޮޑެތި އަދަދުތަކުން ފައިސާ ލިބިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް "ހެޔޮއެދޭ ފަރާތްތަކުން" އެގޮތަށް ދެވޭ ފައިސާ ގަބޫލު ކުރެއްވޭނެ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ ސުވާލު ކުރައްވާފައެވެ.

ޖަވާބުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ބޭފުޅުނަށް އެ ސުވާލަށް ޖަވާބު ދެއްވުމަށް އުނދަގޫ ގޮތެއް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ކުޑަ ވަގުތު ކޮޅެއް ނެންގުވުމަށްފަހު ދިފާއީ ވަކީލު ޖަމީލު ވިދާޅުވީ، ސިޔާސީ ކަންކަމަށް ހެޔޮއެދޭ ފަރާތްތަކުން ދޭ ފައިސާ ސިޔާސީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ގަބޫލުފުޅު ކުރެއްވުމަކީ ގާނޫނުން މަނާކަމެއް ނޫން ކަމަށެވެ. ފަނޑިޔާރުގެ އެ ސުވާލާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ކަންކަން ހިންގަން ޖެހެނީ ކޮންމެހެން އިންތިހާބެއް ބޯމަތި ވުމުން ނޫންކަ މަށާއި، ސިޔާސީ ހަރަކާތަކީ އަބަދުވެސް ހިންގާ ހަރަކާތެއް ކަމަށްވާތީ، ސިޔާސީ ކަންކަމަށް ހެޔޮއެދޭ ފަރާތްތަކުން ދޭ ފައިސާ ގަބޫލު ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ވިޔަސް، ގާނޫނުން މަނާ ކަމެއް ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކޮށްގެން ނުވާނޭ ކަންތައްތައް ބަޔާން ކުރާ ގާނޫނު އަސާސީގެ 119 ވަނަ މާއްދާ ބުނަނީ، ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް ވެސް ގާނޫނުއަސާސީގެ މިމާ އްދާގައި ބުނެފައިވެއެވެ.

ދެވަނަ ކަމަކަށް ފަނޑިޔާރު ނިޔާޒު ފާހަގަ ކުރެއްވީ، ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް 2014 ވަނަ އަހަރު ނެރުއްވާފައިވާ އޮޑިޓްގައި ދައުލަތުގެ ކުންފުނިތަކެއް މެދުވެރިކޮށް މާލީ މަންފާތަކެއް ބަޔަކު ނަގަމުންދާކަމުގެ ތުހުމަތުތަކެއް ކޮށްފައިވާ ކަމާއި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިއްމު ބައެއް ކަންކަމުގެ ވާހަކަތަކެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ކުރީގެ އޮޑިޓަރ ޖެނެރަލް ހަމައެކަނި ފާހަގަކޮށްފައިވަނީ، ސަރުކާރު ކުންފުނިތަކެއް މެދުވެރިކޮށް، ޑޮލަރު މާރުކުރުމުގެ މައްސަލައެއް ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކައެއް ހިއްސާ ކުރައްވާފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޒާމު ވަނީ ޑޮލަރު މާރު ކުރުމުގެ ނަމުގައާއި ފަޅު ރަށްތަކެއް ވިއްކުމާގުޅޭ މުއާމަލާތްތަކުގެ ވާހަކަތަކެއް 2014 ގައި ރައީސް ޔާމީންގެ ސަމާލުކަމަށް ގެނެސްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ މިހާ ބޮޑުވެގެން ދިޔައީ ވެސް ރައީސް ޔާމީނާއި ސަރުކާރަށް އެކަންކަން އެނގިވަޑައިގެން، އަޅާނުލައްވާ ހުންނެވުމުން ކަމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މައްސަލަ ދިރާސާ ކުރާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މައުލޫމާތު ދެއްވަމުން މިހާރު އޮޑިޓް އޮފީހުގެ އިސްވެރިން ވެސް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސްގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު އާއި ރައީސް ޔާމީންގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް ދެއްވި ފުރުސަތުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަވާފައިވަނީ، ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި، 1 މިލިއަން ޑޮލަރަކީ ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ފައިސާ ނޫންކަން ހާމަ ކުރުމެވެ. އަދި އެ ފައިސާ އަކީ ވޮޑެމުއްލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާކަން ސާބިތު ކުރެވޭ ހެއްކެއް ވެސް ދައުލަތަށް ދެއްކިފައިނުވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވިދާޅުވި އެވެ. ދެވަނަ ކަމެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ރައީސް ޔާމީންގެ ގާނޫނީ ޓީމުން ފާހަގަ ކުރައްވާފައިވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތު އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދުގެ ޝަރީއަތަށް ދެއްވާފައިވާ ހެކި ބަހަކީ ފާސިޤް ހެކިބަސްތަކެއް ކަމާއި، އަދި މުއައްވިޒު ކަނޑައެޅިގެން ޝަރީއަތުގައި ދޮގު ހެކިބަސް ދެއްވާފައިވުން ކަމަށް ދިފާއުގައި ވިދާޅުވެފައި ވެއެވެ. އަދި އެ ތިން ބޭފުޅުންނަކީ ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ބޭފުޅުންނަށް ވެފައި، ސަރުކާރުގެ ނުފޫޒުން، އެއްބަސްވުންތަކެއް ހަދައިގެން ވަކި ގޮތަކަށް ހެކިބަސް ދިނުމަށް އެއްބަސްވެފައިވާ ބޭފުޅުން ކަމަށްވެސް ރައީސް ޔާމީންގެ ދިފާއުގައި ވިދާޅުވެފައި ވެއެވެ.

ދިފާއުގައި ދައްކަވަންހުރި ވާހަކަތައް ނިންމާލައްވަމުން، ޖަމީލު ވަނީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އެހުކުމް ހައިކޯޓުން ދަމަހައްޓައިފިނަމަ، މުޅި ޖިނާއި އަދުލްގެ ނިޒާމު ބޮއްސުންލާނެ ކަމަށް ވިދާޅުވެ، ކަންތައްތަކެއް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން، މައިގަނޑު ގޮތެއްގައި ޖަމީލު ފާހަގަ ކުރައްވާފައިވަނީ، ހިންގާފައިނުވާ ތަހުގީގަކަށް ދައުވާކުރުމުގެ ފުރުސަތު ހުޅުވިގެން ދިއުމާއި، ޝަރީއަތް ހިންގުމުގެ އިޖުރާއަތުތަކާ ހިލާފަށް ޝަރީއަތް ކުރުމުގެ ފުރުސަތު ހުޅުވިގެން ދިއުމާއި، ފާސިޤް އަދި ދޮގު ހެކިބަސް ޝަރީއަތުން ގަބޫލުކުރުމާއި ތަހުގީގު މަރުހަލާގައި ކަނޑައެޅިފައިވާ އިޖުއާއަތުކަކަކީ އެއްވެސް އެއްޗަކަށްނުވެ ބޭކާރު އިޖުރާއަތަކަށްވުން ފަދަ ކަންކަން ދިމާވާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.

ދައުލަތުން ފަހުބަހުގެ ގޮތުގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑަރިންގގެ ދައުވާއެއް ކަމާއި ދައުވާގައި ހުންނަޖެހޭ ރުކުންތަކާއި އުންސުރުތައް ފުރިހަމަވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް މިދައުވާ ސާބިތުވާކަމުގެ ގާނޫނީ މާއްދާތަކަށް ރިއާޔަތްކޮށް ހަރުދަނާ ނުކުތާތަކެއް ދައުލަތުން ފާހަގަކޮށްފައި ވެއެވެ. އެގޮތުން ފުރަތަމަ ކަމަކަކީ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް އެސްއޯއެފުން 1 މިލިއަން ޑޮލަރު ޖަމާކުރިއިރު، އެމަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ފަރާތަށް ވެފައި، އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް އޭގެ މާކުރިން ވެސް ފަޅާއަރާފައި އޮވެ، އޮޑިޓް ރިޕޯޓްގައިވެސް، އެސްއޯއެފަށް އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަންޖެހޭ 70 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ވަދެފައިވާ ކަމަށް ބުނެފައިވާއިރު، އެސްއޯއެފުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ބައެއްކަން ސަމާލަތް ބުއްދިހުރި އިންސާނަކަށް ގަބޫލު ކުރެވޭނެ ކަމަށެވެ. މީގެއިތުރުން، ރައީސް ޔާމީން ވިދާޅުވާ ގޮތުންނަމަ، ސިޔާސީ ބޭނުމަށް ދިން ފައިސާއެއް، އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށް، އަދި އޭގެފަހުން އެފައިސާ ނުނެގޭ ގޮތަށް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި ބަހައްޓައިގެން އިންވެސްޓް ކުރުމަކީ ސިޔާސީ ހަރަކާތް ހިންގުމަށް ދީފައިވާ ފައިސާކަމާމެދު ސަލާމަތް ބުއްދި ހުރި އިންސާނަކު ގަބޫކު ނުކުރާނެ ކަމަށެވެ. އަދި އަމުދުން، ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވަނީ ދައުލަތުގެ ފައިސާކަން އޭސީސީން ބުނެފައިވަނިކޮށް، އެފައިސާ ޖެނަރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް، ފައިދާ ނަގަމުންދިއުމަކީ އަދިއެއަށްވުރެ، ހަމަނުޖޭހޭ ވާހަކައެއްކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މި އަޑުއެހުމުގައި ދިފާއީ ވާކީލުންނާއި ރައީސް ޔާމީންގެ ފަރާތުން ފަހުބަހެއްގެ ގޮތުގައި ދައްކަންވަން ބޭނުންފުޅުވި ހުރިހާ ވާހަކައެއް ދެއްކެވުމުގެ ފުރުސަތު ޝަރީއަތުން ވަނީ ދެއްވާފަ އެވެ. އަދި ދައުލަތުގެ ގާނޫނީ ވަކީލުންނަށް ވެސް އެފުރުސަތު ދެއްވުމަށްފަހު، އަދި ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރުން ވެސް އޮޅުން ފިލުވަން ބޭނުންވާ ކަމެއް އޮތްނަމަ އެފުރުސަތު ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދު ވަނީ ދެއްވާފަ އެވެ. ފަނޑިޔާރު މަޒީދާއި ފަނޑިޔާރު ނިޔާޒުގެ އިތުރުން ދެން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސައިން ޝަހީދު އެވެ.

އިތުރުކަމެއް ފަނޑިޔާރުން އޮޅުން ފިލުވަން ނެތްނަމަ، މިމައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް