Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަފީރު ކަމުގެ ފަތްކޮޅު ރައީސްއަށް އެރުއްވުން

ޕާކިސްތާނު އަދި ސްރީލަންކާގެ އައު ސަފީރުން ރައީސްއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

31 އޯގަސްޓު 2020 | ހޯމަ 13:30

ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ޙާލަތާއި، ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި

އަތޫފް އާތިފް
އަތޫފް އާތިފް | 31 އޯގަސްޓު 2020 | ހޯމަ 13:30
ފާކިސްތާނުގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އާއި ހަވާލުކުރައްވަނިކޮށް

ފާކިސްތާނުގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އާއި ހަވާލުކުރައްވަނިކޮށް

ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، އެކަމަނިކުފާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހޯމަ ދުވަހު އަރުވައިފިއެވެ.

ހޯމަ ދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ފާކިސްތާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް ގާތް އަޚުވަންތަ ގުޅުން ބިނާވެފައި ވަނީ ދެޤައުމުގެ ދެމެދުގައިވާ އެއްގޮތްކަންތައްތަކާއި، އިސްލާމީ އަޤީދާގެ މައްޗަށްކަން ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ޙާލަތާއި، ދެޤައުމުން އިސްކަން ދޭ ކަންކަމަށް ރިޢާޔަތްކުރައްވައި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނާއި ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންކަން ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރާއި އެޤައުމުގެ ސަރުކާރުން ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި ހޯދިފައިވާ ކާމިޔާބީ އަދި ނަންގަވަމުންދާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވައި އެކަމަށް ތަޢުރީފުކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ޕާކިސްތާނުގައި ކުރިމަތިވާ މޫސުމީ ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިޒް އެކްސަލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް ގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުގުވެރިވާކަމުގައި ހާމަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ފާއިތުވި ދުވަސްތަކުގައި ޚާއްޞަކޮށް ޒުވާނުންގެ ތަރައްޤީއާއި،ޞިއްޙީ އަދި ތަޢުލީމީ ރޮނގުން ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ރޮހާނާ ބެއްޑާޖު ސަފީރުކަމުގެ ފަތްކޮޅު ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހޯމަ ދުވަހު ވަނީ އަރުވައިފިއެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަކީ ރާއްޖެއާ ވަރަށް ގާތްގުޅުމެއް އޮންނަ، އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވެސް ޒަމާންވީ އެކުވެރިކަމުގެ ގުޅުންތައް އޮންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި، ކޯވިޑް ޕެންޑަމިކްގައި ރާއްޖެއަށް ސްރީލަންކާ ސަރުކާރުން ވެދެއްވާ އެހީތެރިކަމާއި އަދި ވަކިން ޚާއްޞަކޮށް ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ސްރީލަންކާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ސްރީލަންކާގެ ސަރުކާރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލަންކާއަކީ ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވެދޭ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސައާއި ފޮރިން މިނިސްޓަރ ދިނޭޝް ގުނަވަރުދަނައާއި ލަންކާ ސަރުކާރުގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރަށް ފޮނުއްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ސްރީލަންކާގެ ސަފީރު ވަނީ އާދަކާދައާއި ޘަޤާފީ ކަންކަމުގައި ވެސް ދެ ޤައުމަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ޙިއްޞާކުރާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި އާދަކާދައާ ޘަގާފަތާ ގުޅޭ ދާއިރާއިން އިތުރަށް ގުޅުންބަދަހި ކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާގެ އާ ސަފީރަށް މަރުޙަބާ ވިދާޅުވެ އާ ސަފީރާ އެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި

23 އެޕްރީލު 2017
ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި
19 އެޕްރީލު 2017

ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި

19 އެޕްރީލު 2017
ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
29 މާރިޗު 2017

ސްރީލަންކާގެ ދެ މިނިސްޓަރަކާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

29 މާރިޗު 2017
ސްރީލަންކާގެ ދެ މިނިސްޓަރަކާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް