Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ ބާސާ ދޫކޮށްލުން

ކޮވިޑް-19 ޓެސްޓު ހަދަން މެސީ ހާޒިރެއް ނުވި

މެސީ ވަނީ މި ޓްރާންސްފާ ބާޒާރުގައި ކުލަބު ދޫކޮށްލަން ބޭނުންވާކަން މެނޭޖުމަންޓަށް އަންގާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2020 | އާދީއްތަ 09:54
މީގެ ކުރިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް މެސީ ހާޒިރުވަނިކޮށް

މީގެ ކުރިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް މެސީ ހާޒިރުވަނިކޮށް

ޕްރީ-ސީޒަން ފެށުމުގެ ގޮތުން ބާސެލޯނާގެ ކުޅުންތެރިން ކޮވިޑް-19 އަށް އާދީއްތަ ދުވަހު ޓެސްޓު ކުރިއިރު، ކޮވިޑް-19 ޓެސްޓު ހެދުމަށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ހާޒިރެއް ނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސާއިން ޕްރީ-ސީޒަން ފެށުމަށް ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުއެވެ. އެހެންކަމުން އާދިއްތަ ދުވަހު ވަނީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ. އެކަމަކު އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ ޓެސްޓުތައް ހަދަން މެސީ ހާޒިރުވެފައިނުވާއިރު، އޭނާ އަކީ ބާސާގެ ކުޅުންތެރިއެއް ނޫން ކަމަށް މެސީ ގަބޫލުކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.

އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން މެސީގެ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާ ނުކުރަން ބާސާގެ މެނޭޖުމަންޓުން ވަނީ ނިންމާފައެވެ. އަދި މީގެ ކުރިން މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ ލޯ ފާމުން ނަސޭހަތްތެރިވުމާއެކު، އެ ލޯ ފާމް ވަކިކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން އެއްބަސްވުން ބަދަލުކުރުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވެއްޖެ ނަމަ، މެސީގެ ވިސްނުން ހުރީ ޤާނޫނީ ވަކީލުން މެދުވެރިކޮށް ކުރިއަށް ދިޔުމަށެވެ.

އެކަމަކު މީގެ ކުރިން މީޑިއާއަށް މައުލޫމާތު ދެމުން ބާސާގެ ސްޕޯޓިންގ ޑިރެކްޓަރު ރާމޮން ޕްލޭނެސް ބުނީ މެސީ އާއި ބާސާއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި، އެ ވާހަކަތައް މީޑިއާގައި ތަފްސީލުކޮށް ދައްކަން ބޭނުންނުވަނީ އެ ދެ ފަރާތަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އަދި މެސީ ދޫކޮށްލަން ބާސާގެ މެނޭޖުމަންޓުން ބޭނުންނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ރިޕޯޓުތައް ބުނާ ގޮތުން މެސީ ބަދަލުވުން އެންމެ ގާތީ ޕެޕް ގާޑިއޯ އިރުޝާދު ދެމުން އަންނަ މެންޗެސްޓާ ސިޓީއަށެވެ. އަދި ޕީއެސްޖީ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާނުންވެސް މެސީއަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެސީ ބާސާ ދޫކޮށްލަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭތީއެވެ. އަދި ބާސާގެ ރައީސްގެ މަގާމުގައި ބާޓޮމެއޫ ހުރިހާ ދުވަހަކު މެސީއަށް ބާސާގައި ކުރިމަގެއް ނެތް ކަމަށް އޭނާ ގަބޫލުކުރާ ކަމަށްވެސް ބުނެއެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

04 ޖޫން 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު