Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޑިކޭގެ ހިދުމަތްތައް

އޭޑިކޭ އިން ކޮންސަލްޓޭޝަން މެމޯ ދެން ދޫކުރާނީ އެސްއެމްއެސް މެދުވެރިކޮށް

ހޮސްޕިޓަލުގައި ރަޖިސްޓްރީކޮށްފައިވާ މޮބައިލް ނަންބަރަކީ ސައްހަ ނަންބަރެއްތޯ ޔަޤީން ކުރުމަށް ވަނީ އެދިފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2020 | އާދީއްތަ 07:53
އޭޑީކޭ ހިސްޕިޓަލް

އޭޑީކޭ ހިސްޕިޓަލް

އޭޑިކޭ ހޮސްޕިޓަލުން ކޮންސަލްޓޭޝަން މެމޯ ދެން ދޫކުރާނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށް ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މިގޮތަށް ނިންމީ ޕްރިންޓްކޮށްފައި ހުންނަ ކަރުދާސް އަދި ހާޑް ކޮޕީ ދޫކުރުން ހުއްޓާލުމުގެ ގޮތުން ކަމަށެވެ.

Advertisement - newsAdvertisement

ޑިޖިޓަލް މެމޯ ފޮނުވާ ގޮތަށް ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު އެއްވަނަ ދުވަހުން ކަމަށާއި ހޮސްޕިޓަލުގައި ރަޖިސްޓްރީކޮށްފައިވާ މޮބައިލް ނަންބަރަކީ ސައްހަ ނަންބަރެއްތޯ ޔަޤީން ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އޭޑީކޭ އިން ޑިޖިޓަލް މެމޯ ފޮނުވުމަށް ނިންމާފައިވާއިރު އެ ހޮސްޕިޓަލުން ވަނީ ކޮވިޑް-19އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައެވެ.

އޭޑީކޭ އިން ކޮވިޑް-19އަށް ޓެސްޓު ކުރެވޭ އަގަކީ ކުޑަ އަގެއް ކަމަށާއި، އެ އަގަކީ ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރެވޭ އެންމެ ހެޔޮ އަގު ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލް ވަނީ ޖޫން މަހުގެ ތެރޭގައި ވިދާޅުވެފައެވެ. އޭޑީކޭއިން ކޮވިޑް-19 އަށް ޓެސްޓެއް ހަދައިދެނީ 675 ރުފިޔާ އަށެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އޭޑީކޭގައި މިހާރު ބަހައްޓާފައިވާ މެޝިނުން މެދުކެނޑުމެއްނެތި ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އައްފާލް ވިދާޅުވެފައިވެއެެވެ. އެގޮތުން ހޮސްޕިޓަލުގައި ޢާންމު ރައްޔިތުންނަށް ވީހާ ވެސް ފުޅާދާއިރާއެއްގައި ޚިދުމަތް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތަށް އަންނަ ބަލި މީހުން ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އައްފާލް ވިދާޅުވީ މިވަގުތު އޭޑީކޭގެ އަމާޒަކީ ސަރުކާރަށް ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެހެންނަމަވެސް ކުރިޔަށް އޮތްތަނުގައި އެހެން ގޮތްގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2019

ލިބެންވާ ފައިސާ ޖަމާވުމުން، އެސްއެމްއެސް އަދި އީމެއިލް ލިބޭނެ ނިޒާމެއް ފިނޭންސުން ގާއިމްކޮށްފި

17 އޮކްޓޯބަރު 2019
ލިބެންވާ ފައިސާ ޖަމާވުމުން، އެސްއެމްއެސް އަދި އީމެއިލް ލިބޭނެ ނިޒާމެއް ފިނޭންސުން ގާއިމްކޮށްފި
14 އޮކްޓޯބަރު 2019

ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް ފަށައިފި

14 އޮކްޓޯބަރު 2019
ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް ފަށައިފި
11 އޮކްޓޯބަރު 2018

ނަންބަރު ދޫކުރާނީ އެޗްޑީސީން ކަމަށް ބުނި ނަމަވެސް ހައުސިން މިނިސްޓްރީން ނަންބަރު ދޫކުރަން ފަށައިފި

11 އޮކްޓޯބަރު 2018
ނަންބަރު ދޫކުރާނީ އެޗްޑީސީން ކަމަށް ބުނި ނަމަވެސް ހައުސިން މިނިސްޓްރީން ނަންބަރު ދޫކުރަން ފަށައިފި
07 އޯގަސްޓު 2018

ރަޖިސްޓަރ ވުމުން އެސްއެމްއެސްއެއް ލިބޭނެ، މިހާތަނަށް 45000 ފޯމު ލިބިފައިވޭ: އިލެކްޝަންސް ކޮމިޝަން

07 އޯގަސްޓު 2018
ރަޖިސްޓަރ ވުމުން އެސްއެމްއެސްއެއް ލިބޭނެ، މިހާތަނަށް 45000 ފޯމު ލިބިފައިވޭ: އިލެކްޝަންސް ކޮމިޝަން
23 ޖުލައި 2018

މާލެ އާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގައި ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކޮށްފި

23 ޖުލައި 2018
މާލެ އާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގައި ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު