Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަލޮންޑޯ އެވޯޑް ކެންސަލް ކުރުން

ލެވަންޑޯސްކީ ގަބޫލުކުރާ ގޮތުގައި އޭނާއަށް ބަލޮންޑޯ ހައްގު

29 އޯގަސްޓު 2020 | ހޮނިހިރު 13:09

ބަލޮންޑޯ އެވޯޑް ކެންސަލް ކުރީ ކޮވިޑް-19 އާ ގުޅިގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 އޯގަސްޓު 2020 | ހޮނިހިރު 13:09
ޔުއެފާ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ

މިއަހަރުގެ ބަލޮންޑޯ އެވޯޑް އޭނާއަށް ހައްގު ކަމަށް ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ފްރާންސް ފުޓްބޯލް މަޖައްލާއިން ބަލޮންޑޯ އެވޯޑް ދޭއިރު، މީގެ ކުރިން މި އެވޯޑު ދެމުން އައީ ފީފާއާ ގުޅިގެންނެވެ. މި އެވޯޑާ ފީފާއާ ވަކިވި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން ފްރާންސް ފުޓްބޯލް މަޖައްލާއިން އަންނަނީ ގަވާއިދަށް ބަދަލުގެނެސް އެވޯޑް ދެމުންނެވެ. އެކަމަކު މި އަހަރު ކޮވިޑް-19 އާ ގުޅިގެން އެވޯޑް ކެންސަލް ކުރަން ފްރާންސް ފުޓްބޯލް މަޖައްލާއިން ވަނީ ނިންމާފައެވެ.

މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ލެވަންޑޯސްކީ ބުނީ މި ސީޒަނުގައި ބަޔާނުން ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައިވާ ކަމަށާއި، ބަޔާނުން ސީޒަނުގެ ތިން ތަށި ކާމިޔާބުކުރިއިރު، ތިން މުބާރާތުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އޭނާ ކަމަށެވެ. އެހެންކަމުން އޭނާއަށް ބަލޮންޑޯ ހައްގުވާ ކަމަށް ވަނީ ބުނެފައެވެ.

ބަޔާނުން މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ސައްތައިން ސައްތަ ރިކޯޑަކާއެކު ކާމިޔާބުކުރިއިރު، ލެވަންޑޯސްކީ ވަނީ އެ މުބާރާތުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ވަނީ ލެވަންޑޯސްކީ ވަނީ 34 ލަނޑު ޖަހާފައެވެ.

ބަލޮންޑޯ އެވޯޑް ކެންސަލް ކުރުމާ ގުޅިގެން މީގެ ކުރިން ބަޔާންގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވީ ބަލޮންޑޯ އެވޯޑް މިއަހަރު ނުދޭ ގޮތަށް ނިންމި ނިންމުމަކީ ލެވަންޑޯސްކީއަށް އިންސާފުވެރިކޮށް ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި މި ސީޒަނަކީ ލެވަންޑޯސްކީއަށް ބަލޮންޑޯ އެވޯޑް ހައްގު ސީޒަނެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ބަލޮންޑޯ އެވޯޑް މިއަހަރު ނުދޭން ނިންމިއިރު، އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ފީފާގެ "ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް" ވަނީ ފަސްކޮށްފައެވެ. އެކަމަކު އެވޯޑް ހަފުލާ ދެން ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

20 ޖުލައި 2017

މިގޮތުގައި ކުރިއަށްދާން ޖެހޭ: ސެކުލޮސްކީ

20 ޖުލައި 2017
މިގޮތުގައި ކުރިއަށްދާން ޖެހޭ: ސެކުލޮސްކީ
25 ޖޫން 2017

ކޮންފެޑެރޭޝަންސް ކަޕް: ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ޕޯޗުގަލް ސެމީއަށް ދަތުރުކޮށްފި

25 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕް: ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ޕޯޗުގަލް ސެމީއަށް ދަތުރުކޮށްފި
17 ޖޫން 2017

ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ނިއު ސެމީއަށް

17 ޖޫން 2017
ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ނިއު ސެމީއަށް
29 މެއި 2017

އަހަރެން އެނބުރި ވެމްބްލީއަށް އަންނާނީ ކޯޗެއްގެ ގޮތުގައި: ޓެރީ

29 މެއި 2017
 އަހަރެން އެނބުރި ވެމްބްލީއަށް އަންނާނީ ކޯޗެއްގެ ގޮތުގައި: ޓެރީ
22 އެޕްރީލު 2017

ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި

22 އެޕްރީލު 2017
ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި
22 އެޕްރީލު 2017

އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ

22 އެޕްރީލު 2017
އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް