Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުއިފިލަނޑާ އެކްސްޕޯޓް ކުރުން

ހުއިފިލަނޑާގެ ދެ ބާވަތެއް ބޭރު ކުރުމުގެ ހުއްދަ ދިނުން ހުއްޓާލަނީ

މިއަދުން ފެށިގެން ހުދު ބަޓު އަދި ކަޅު ބަޓު އެކްސްޕޯޓު ކުރުމަށް، ދޫކުރަންޖެހޭ ސައިޓީސް ޕާމިޓް މިނިސްޓްރީ މެދުވެރިކޮށް ދޫ ނުކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2020 | ހުކުރު 07:21
ކަޅު ބަޓު؛ ކަޅު ބަޓު އެކްސްޕޯޓު ކުރުމަށް، ދޫކުރަންޖެހޭ ސައިޓީސް ޕާމިޓް މިނިސްޓްރީ މެދުވެރިކޮށް ދޫ ނުކުރާނެ ކަން ވަނީ ހާމަކޮށްފައި

ކަޅު ބަޓު؛ ކަޅު ބަޓު އެކްސްޕޯޓު ކުރުމަށް، ދޫކުރަންޖެހޭ ސައިޓީސް ޕާމިޓް މިނިސްޓްރީ މެދުވެރިކޮށް ދޫ ނުކުރާނެ ކަން ވަނީ ހާމަކޮށްފައި

ހުއިފިލަނޑާގެ ދެ ބާވަތެއް ކަމަށްވާ ހުދު ބަޓާއި ކަޅު ބަޓު ރާއްޖެއިން ބޭރު ކުރުމުގެ ހުއްދަ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރެފައިވާ އާންމު އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ، "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) މުޢާހަދާއިން އޮގަސްޓް 2019 ގައި ބޭއްވުނު 18 ވަނަ "ކޮންފަރެންސް އޮފް ދަ ޕާރޓީސް" (ކޮޕް 18) ގައި، ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ދެބާވަތެއް ކަމަށްވާ ހުދު ބަޓު އަދިކަޅު ބަޓު ވަނީ އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމެނުމަށް ފާސްކޮށް، އެކަމަށް ތައްޔާރުވުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން މިހިނގާ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި ދެބާވަތުގެ ހުއިފިލަނޑާ އަކީ ސައިޓީސް މުޢާހަދާގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތިން ކަމަށެވެ. އެ މުއާހަދާގެ ޖަދުވަލު 2 ގައި އެއްވެސް ބާވަތެއްގެ ދިރޭ އެއްޗެއް ހިމަނައިފިނަމަ، އެ ބާވަތެއް ވިޔަފާރި އުޞޫލުން އެއް ގައުމުން އަނެއް ގައުމަށް ގެންދެވޭނީ، އެކްސްޕޯޓު ކުރާ ޤައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީއިން ދޭ ސައިޓީސް ޕާމިޓަކާއެކުގައި ކަމަށް ވެސް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ މެނޭޖްމަންޓް އޮތޯރިޓީއަށް ސައިޓީސް ޕާމިޓް ދޫކުރެވޭނީ އެކްސްޕޯޓް ކުރާ ޤައުމުގެ "ސައިޓީސް ސައިންޓިފިކް އޮތޯރިޓީ"އިން ތައްޔާރު ކުރާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެންޑީއެފް) އަކުން އެބާވަތުގެ ދިރޭތަކެތި، އޭގެ މާހައުލުން ނަގާ އެކްސްޕޯޓު ކުރާ މިންވަރަކީ އެ ބާވަތުގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ނެގޭ މިންވަރެއްކަން، މެނޭޖްމަންޓް އޮތޯރިޓީ އަށް އެންގުމުން ކަމަށެވެ. އަދި ސައިންޓިފިކް އޮތޯރިޓީ އިން ހަދާ އެން.ޑީ.އެފް. އަކުން އެ ބާވަތުގެ ދިރޭތަކެތީގެ ނަގާ މިންވަރުގެ ސަބަބުން އެ ބާވަތެއްގެ އާބާދީއަށް ގެއްލުންތަކެއް ވާކަމަށް ދައްކާނަމަ، އެ ބާވަތެއް އެކްސްޕޯޓް ކުރުމަށް ސައިޓީސް ޕާމިޓް ދޫކުރުމަކީ މެނޭޖްމަންޓް އޮތޯރިޓީއަށް ކުރެވޭނެކަމެއް ނޫން ކަމަށް ވެސް އެންވަޔަރަމެންޓް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވަނީ ހުދު ބަޓާއި ކަޅު ބަޓު ޖަދުވަލު 2 ގައި ހިމެނުމަށް ސައިޓީސް މުއާހަދާއިން ފާސްކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީއެއް ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓު (އެމްއެމްއާރްއައި) އިން އެދެބާވަތުގެ މަސްވެރިކަމުގެ އެންޑީއެފް ތައްޔާރުކޮށް އެ މިނިސްޓްރީއަށް ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެފަރާތުން ނިންމާފައިވަނީ މި ދެ ބާވަތުގެ ހުއިފިލަނޑާގެ މަސްވެރިކަން ރާއްޖޭގައި މިހާރު ކުރާ މިންވަރުން އެ ދެ ބާވަތުގެ އާބާދީ އަށް ގެއްލުންވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ނިންމުމާއި ގުޅިގެން 28 އޮގްސްޓް 2020 ވަނަ ދުވަހުން ފެށިގެން ނަގާ ހުދު ބަޓު އަދި ކަޅު ބަޓު އެކްސްޕޯޓު ކުރުމަށް، ދޫކުރަން ޖެހޭ ސައިޓީސް ޕާމިޓް މިނިސްޓްރީ މެދުވެރިކޮށް ދޫ ނުކުރާނެ ކަމަށެވެ. އަދި އެ ދެ ބާވަތަށް ސައިޓީސް އެކްސްޕޯޓް ޕާމިޓް ދޫކުރަން ފަށާނީ އެ ދެ ބާވަތުގެ ހުއިފިލަނޑާ ނަގާ މިންވަރަކީ އޭގެ އާބާދީ ދެމެހެއްޓުމަށް ގެއްލުން ނުވާ މިންވަރެއް ކަމަށް ސައިންޓިފިކް އޮތޯރިޓީ އިން ތައްޔާރުކުރާ އެން.ޑީ.އެފް އަށް ރިޢާޔަތްކޮށް ކަމަށް ވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު