Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރުތަކުގެ މައްސަލަ

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ޕޭމަންޓް ގަރެންޓީ ނުނެގުމަކީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކޮށްފައިވާކަމެއް: ފިނޭންސް މިނިސްޓަރ

27 އޯގަސްޓު 2020 | ބުރާސްފަތި 08:32

ޕޭމަންޓް ގެރެންޓީއެއް ހެލްތް މިނިސްޓްރީން އެގްޒެކިއުޓަރސް ކުންފުނިން ހޯދާފައެއް ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 އޯގަސްޓު 2020 | ބުރާސްފަތި 08:32
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް އެޑްވާންސް ފައިސާ ދެއްކިއިރު، ޕޭމަންޓް ގަރެންޓީ ނުނަގާ އޮތުމަކީ މާލިއްޔަތު ގަވާއިދާ ހިލާފަށް ހެލްތް މިނިސްޓްރީން ކޮށްފައިވާކަމެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީން ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާކަމަށް، ހެލްތް މިނިސްޓްރީގެ ކޮވިޑް-19ގެ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރު އިބްރާހީމް އަމީރު ވިދާޅުވީ، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިން ވެންޓިލޭޓަރުތައް ގަތުމަށް ހޯދާފައިވާ ކުންފުންޏެއް ކަމަށާއި، ވެންޓިލޭޓަރުތައް އަވަހަށް ބޭނުންވާތީ، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދެ ފަހަރެއްގެ މަތިން 90 ޕަސެންޓް ފައިސާ ދެއްކުމަށް ހެލްތް މިނިސްޓްރީން އެދިފައިވާ ކަމަށެވެ. އަދި ކަމުގެ މުހިއްމުކަން ބޮޑުކަމުން، ޚަރަދުގެ ހުއްދައާއި ފައިސާގެ ކަންކަމަށް ހުއްދަ ދިންނަމަވެސް މާލިއްޔަތު ގަވާއިދުގެ އެހެނިހެން ކަންކަމަށް ބޯލަނބަން ޖެހޭނެ ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިނިސްޓަރު އަމީރު ވިދާޅުވީ، އެކެއް އޭޕްރީލް 2020 ގައި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 75 ޕަސެންޓްގެ ފައިސާ ދޫކުރުމުގެ ހުއްދައަށް ހެލްތް މިނިސްޓްރީން އެދުނު ކަމަށެވެ. އަދި 19 އޭޕްރީލް 2020 ގައި ދެވަނަ ފަހަރަށް 15 ޕަސެންޓްގެ އެޑްވާންސް ޕޭމަންޓް ދޫކުރުމުގެ ހުއްދައަށް ހެލްތް މިނިސްޓްރީން އެދުނުއިރު، އެއެއްބަސްވުމުގައިވާ ގޮތުން އެޒެކިއުޓރަސް ޖެނެރަލް ޓްރޭޑިންގއަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 15 ޕަސެންޓް ދައްކަންޖެހެނީ، ވެންޓިލޭޓަރުތަކުގެ ޝިޕްމަންޓް ތައްޔާރުވުމުން ކަމަށް އެނގޭކަމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް-19 އާގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ދަތިތަކާ ކުރިމަތިލާން ޖެހުނުކަމަށެވެ. ރާއްޖެއަށްވެސް މިކަން މިހެން އޮތްނަމަވެސް، މާލިއްޔަތު ގަވާއިދު ދިޔައީ ހިނގަމުން ކަމަށާއި ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށާއި އެއީ ސްޓޭޓް އޮފް އެމަރޖެންސީއެއް ނޫން ކަމަށެވެ. އެހެންކަމުން މާލިއްޔަތު ގަވާއިދުން ފިނޭންސް މިނިސްޓަރު ލުއި ނުދޭ ހުރިހާ ކަމެއް ވެސް ދިޔައީ ހިނގަމުން ކަމަށް އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، ވެންޓިލޭޓަރުތައް ގަތުމަމަށް ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަކީ މާލީ އަދި ފަންނީ ގާބިލު ކުންފުންޏެއްތޯ ބެލުމަކީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީއާއި ފައިނޭންސް އެގްޒެކެޓިވް ކުރަންޖެހޭ އަދި ކަށަވަރު ކުރަންޖެހޭ ކަމެއް ކަމަށެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ކޮވިޑާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ 75 ވެންޓިލޭޓަރެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވައިލުންތަކާއި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށް ހެލްތު މިނިސްޓްރީން އެންމެ ކުރިއްސުރެ ބުނަމުން އައި ވާހަކަތައް ވެސް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުގައި ވަނީ ދޮގުކޮށްފަ އެވެ. ނަމަވެސް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޗެއަރ އަދޮ އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ވިދާޅުވެފައިވަނީ، އެބޭފުޅުން ވެންޓިލޭޓަރުތައް ގަތުމުގައި އެއްވެސް އޮޅުވާލުމެއް ހިންގާފައި ނުވާނެ ކަމަށާއި އަމަލުކުރީ "ހެޔޮ ނިޔަތުގައި" ކަމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެގްޒެކިއުޓަރސް ކުންފުނިން ވެންޓިލޭޓަރެއްގެ އަގެއް ކަމަށް ބުނެފައިވަނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކާފައެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކޮށް، 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ރާއްޖެ ގެނެވޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވާއިރު، މިހާތަނަށް އެ ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނެސްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް