Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓޫޑަންޓް ލޯނު

މި ސަރުކާރުން ސްޓޫޑަންޓް ލޯނު ދޫކުރަން އިއުލާން ކުރަނީ ބަޖެޓް ހޯދާފައި: ހަޔަރ އެޑިއުކޭޝަން

26 އޯގަސްޓު 2020 | ބުދަ 09:16

ކުރީ ސަރުކާރުން ލޯނު ސްކީމް އިއުލާން ކުރިއިރު، އެކަމަށް ފައިސާ ކަނޑައަޅާފައެއް ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 އޯގަސްޓު 2020 | ބުދަ 09:16
މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން މައުލޫމާތު ދެއްވަނީ

މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން މައުލޫމާތު ދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ދަރިވަރުންނަށް ދޫކުރާ ސްޓޫޑަންޓް ލޯނު ދޫކުރުމަށް އިއުލާން ކުރަނީ ބަޖެޓްގައި އެ ފައިސާ ކަނޑައެޅުމަށް ފަހު ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ވަޑައިގެން މައުލޫމާތު ދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހީމް ހަސަން ވިދާޅުވީ، ކުރީގެ ސަރުކާރުން ދަރިވަރުންނަށް ލޯނު ދިނުމަށް އިއުލާން ކުރިއިރު، ބަޖެޓްގައި އެ ފައިސާ ކަނޑައަޅުއްވާފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ކުރީ ސަރުކާރުން އިއުލާނު ކުރި ލޯނަށް ފައިސާ ހޯދުމަށްފަހު، ދައުލަތުގެ ބަޖެޓްގައި އެ ފައިސާ ކަނޑައަޅުމަށްފަހު، ދަރިވަރުންނަށް ލޯނު ދޫކޮށް ނިންމާފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ދަރިވަރުންނަށް ލޯނު ދޫކުރަން އިއުލާން ކުރުމުގެ ކުރިން، ބަޖެޓްގައި އެ ފައިސާ ކަނޑައެޅިގެން ލޯނު ދޫކުރަމުންދާއިރު، ކޮންމެ އަހަރަކު ވެސް ވަކި އަދަދުތަކެއް ދަރިވަރުންގެ މަތީ ތައުލީމަށް ބަޖެޓް ކުރެވެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، ތިން ކެޓަގަރީއަކަށް ލޯނު ދޫކުރަމުންދާ ކަމަށެވެ. އެގޮތުން އަލަށް މަތީ ތައުލީމު ހާސިލު ކުރަން އެދޭ ދަރިވަރުންނާއި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ލޯނު ދޫކުރަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބެހިފައިވާ ގޮތަށް، ކޮންމެ ދާއިރާއަކަށް އެއް ޖާގައަށް ހާއްސަ ކޮށްގެން ލޯނު ދޫކުރަމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އިދާރީ ދާއިރާތަކަށް ހާއްސަ ކޮށްގެން އެއް ޖާގައަށް ލޯނު ދޭން ނިންމި މައިގަނޑު ސަބަބަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ތައުލީމީ ބޭފުޅުން ބިނާކުރުމާއި، ރަށްތަކުގައި ތައުލީމީ ބޭފުޅުންގެ ހިދުމަތް ލިބުމަށް ކަމަށެވެ. އަދި ލޯނު ދޫކުރުމުގައި ރަށްތަކަށް ކޮންމެހެން ބޭނުންވާ ދާއިރާތަކުން މީހުން ބިނާ ކުރަން އިސްކަން ދެއްވާ ކަމަށެވެ. ރާއްޖެއަށް މިވަގުތަށް ބޭނުން ނުހިފޭފަދަ، ރޮކެޓް ސައިންސް ފަދަ، ދާއިރާތަކަށް ލޯނު ދޫ ކުރަމުން ނުދާނެ ކަމަށެވެ.

ނަމަވެސް މިނިސްޓަރު އިބްރާހީމް ހުސައިން ވިދާޅުވީ، ކިޔަވައިގެން އައިސް ދާއިރާއަށް ހިދުމަތް ކުރަން ދާނެ ފަރާތަކީ ކޮބައިކަން ކަނޑައެޅުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން ރަށުގައި ހުރެގެން މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް މަތީ ތައުލީމު އުނގެނުމުގެ ފުރުސަތު ދޭނަމަ، އެ ދަރިވަރު ކިޔަވާ ނިންމައިގެން ރަށަށް ހިދުމަތް ކުރަން ދިޔުމުގެ ފުރުސަތު ބޮޑުކަމަށް ގަބޫލު ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް