Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ މަޝްރޫއުގެ ޙިޔާނަތް

ކުރީ ސަރުކާރުގެ އިސްވެރިންގެ އާއިލާއަށް ޤަވާއިދާ ޚިލާފަށް ފްލެޓް ދީފައިވޭތޯ މަޖިލީހުން ބަލަނީ

ފްލެޓް ދީފައިވާއިރު ދިރިއުޅުމުގެ ޙާލަތު ބަލާފައިވާކަން ލިއެކިއުމުން އެނގޭކަށް ނެތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އޯގަސްޓު 2020 | އަންގާރަ 11:51
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ކުރީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި އިސް ވެރިންނާއި، މަޖިލިސް މެމްބަރުންނަށް ޤަވާއިދާ ޚިލާފަށް ފްލެޓް ދީފައިވޭތޯ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ބަލަން ނިންމައިފިއެވެ.

އަންގާރަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ. އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ކޮމިޓީގެ މުޤައްރިރު އަދި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، ކުރީގެ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އާއިލާ މެމްބަރުންނާއި، އޭރުގެ މަޖިލިސް މެމްބަރުންނަށް ޤަވާއިދާ ޚިލާފަށް ފްލެޓު ދީފައިވޭތޯ ކޮމިޓީން ސާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މުޤައްރިރު ވިދާޅުވީ، އެކަމަށްޓަކައި ފުރަތަމަ މަސައްކަތް ކުރައްވާނީ ފްލެޓު ތަކުގެ މައްސަލަ ބަލާ ކޮމިޓީން އެ މައުލޫމާތުތައް ސާފު ކުރުމަށް ކަމަށެވެ. އަދި އެއަށްފަހު، ކުރީ ސަރުކާރުން ހިޔާ މަޝްރޫއު އިވެލުއޭޓް ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީންވެސް އެ މައުލޫމާތުތައް ސާފު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މަޖިލިސް މެމްބަރުންނަށް އުސޫލުން ބޭރުން ފްލެޓު ދީފައިވޭތޯ ކޮމިޓީން ސާފު ކުރުމަށް ނިންމާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ހިންގި ހިޔާ ފްލެޓް މަޝްރޫއުގެ ދަށުން ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި، ސިޔާސީ ބޭފުޅުންގެ އާއިލާ މީހުންނަށް ފްލެޓް ލިބިފައިވާކަން "ރާއްޖެއެމްވީ"އަށް ވަނީ އެނގިފައެވެ. އެހެން ނަމަވެސް، އޭރު މި މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައަޅާފައިވަނީ އެކަށީގެންވާ ރަނގަޅު އުސޫލެއް ނެތިކަން މިހާރު ދަނީ ހާމަ ވަމުންނެވެ.

އެގޮތުން ދިރިއުޅުމުގެ ޙާލަތު ބަލާފައިވާކަން ލިއެކިއުމުން އެނގެން ނެތް ކަމަށާއި، މާލޭ ރަށްވެހިންގެ ގިންތިއާ ގުޅޭ ކަންބޮވުންތައްވެސް ހުރިކަން ހޯމަ ދުވަހު ފަހުން ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފާހަގަ ކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު