Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިޔާ މަޝްރޫއުގެ ހިޔާނަތް

ފްލެޓު ޙިޔާނާތުގެ މައްސަލަ ތަހުޤީޤުކޮށް ދައުވާކުރަން ޖެހޭ: މެމްބަރު އަހުމަދު އަބްދުﷲ

ބޯހިޔާވަހިކަމަށް އެދި 23,000 ފޯމެއް ހުށައަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 އޯގަސްޓު 2020 | ހޯމަ 18:33
ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ

ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ

ހިޔާ މަޝްރޫއުގެ ފްލެޓުތައް އެވާރޑް ކޮށްފައިވާ ގޮތާމެދު ފެންމަތިވެފައިވާ ޙިޔާނާތުގެ ތުހުމަތުތައް ތަޙުޤީޤުކޮށް، އެ ކަންކަމުގައި ހިމެނޭ ފަރާތްތަކަށް ދައުވާ ކުރުމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ގޮވާލައްވައިފިއެވެ.

ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، ބޯހިޔާވަހިކަމަށް އެދި 23,000 ފޯމެއް ހުށައަޅާފައިވާއިރު، ކުރީ ސަރުކާރުން އެ ފޯމުތައް އިވެލުއޭޓް ކުރުމުގައި ވަކިވަކި ކެޓެގަރީތަކަށް ބަހައި، މައުލޫމާތު ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ. އަދި ޕޮއިންޓް ދީފައިހުރީވެސް ވަރަށް "ދޯދިޔާކޮށް" ކަމަށް މެމްބަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކަން މިހެން ހުރުމާއެކު، މިހާރު ފްލެޓް ކޮމިޓީގެ މަސައްކަތްތައްވެސް ލަސްވުމަށް މެދުވެރި ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފްލެޓް ލިބިފައިވަނީ "ނޭނގި" ކަމަށް އޭރު ފްލެޓު ލިބިފައިވާ ސިޔާސީ ފަރާތްތަކާއި މަޖިލިސް މެމްބަރުން ދައްކަވާ ވާހަކައަށް ރައްދު ދެއްވައި މެމްބަރު އަހުމަދު އަބްދުﷲ އިތުރަށް ވިދާޅުވީ، އޭރުގެ ސަރުކާރުން ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ތިބި ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤުކޮށް، ދައުވާކުރަން ޖެހޭކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، ގިނަ ވަގުތުތަކެއް ނެގި ނަމަވެސް، މި ސަރުކާރުން ބޭނުންވީ ރައްޔިތުންނަށް އެންމެ އިންސާފުވެރި ކަމާއެކު މި މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ވީހާވެސް އިންސާފުވެރިކަމާއެކު މި މަސައްކަތް ކުރިއަށް ގެންދަވާނެ ކަަމުގެ ޔަޤީންކަން އޮތް ކަމަށް މެމްބަރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު