Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފްލެޓް ދިނުން

ފްލެޓްތައް ދިނުމުގައި އަމަލުކުރީ އިންސާފުވެރިކޮށް، ކުރިންހެން ވަކި ޕާޓީއެއްތޯ ބާލާފައެއް ނުވާނެ: އަސްލަމް

ޔާމީންގެ ސަރުކާރުން ކަންކުރި ގޮތަށް ވަކި މީހަކަށް ތާއިދުކުރިތޯ ބަލާފައި ނޯންނާނެ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 24 އޯގަސްޓު 2020 | ހޯމަ 11:10
މިނިސްޓަރ އަސްލަމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

މިނިސްޓަރ އަސްލަމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ކުރީގެ ސަރުކާރުން އަމަލުކުރި ގޮތަށް ފްލެޓްތައް ދިނުމުގައި ވަކި ޕާޓީއެއްގެ މީހެއްތޯ ބަލާފައިނުވާނެ ކަމަށާއި، ފްލެޓްތައް ދިނުމުގައި އަމަލުކުރީ ވަރަށް އިންސާފުވެރިކޮށް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހަތަރު ކެޓެގެރީއެއްގެ ފްލެޓްތަކުގެ ލިސްޓު އާންމުކުރުމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މިފަހަރު ހައްގުވެރިން ކަނޑައެޅުމުގައި ރައީސް ޔާމީންގެ ސަރުކާރުން ކަންކުރި ގޮތަށް ވަކި މީހަކަށް ތާއިދުކުރިތޯ ބަލާފައި ނޯންނާނެ ކަމަށެވެ. އަދި ވަކި މީހަކަށް ވޯޓުލިތޯވެސް ބަލާފައި ނޯންނާނެ ކަމަށާއި، ފްލެޓްތަކުގެ ލިސްޓުގައި ހިމެނޭނީ ހައްގުވެރިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޯމަ ދުވަހު އާންމުކުރި ހަތަރު ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ކޮމިޓީން ބެލިބެލުމުގައި އެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ މީހުންނާއި، ޝަރުތު ހަމަނުވާ މީހުން، ޝަރުތު ހަމަނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު ވަގުތީ ލިސްޓުގައި އާންމުކޮށްފައިވެއެވެ.

އަދި ކެޓަގަރީތަކަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ މީހުންނަށް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވެއެވެ. ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހިޔާ މަޝްރޫއުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓު އިއުލާން ކުރާނެ ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2017

ހައުސިން މިނިސްޓްރީން ފްލެޓްތައް ލިބޭ ފަރާތްތައް އިއުލާނު ކުރުމުން ރައްޔިތުން ރަތަށް!

12 ސެޕްޓެމްބަރު 2017
ހައުސިން މިނިސްޓްރީން ފްލެޓްތައް ލިބޭ ފަރާތްތައް އިއުލާނު ކުރުމުން ރައްޔިތުން ރަތަށް!
26 އޯގަސްޓު 2017

ނަސަންދުރަ ދިނުމުގައި ޚިޔާނާތް ހިމެނޭ ކަމަށް ބުނެ އަދީބަށް ދައުވާކުރަން ފޮނުވި މައްސަލަ "ގެއްލިއްޖެ"!

26 އޯގަސްޓު 2017
ނަސަންދުރަ ދިނުމުގައި ޚިޔާނާތް ހިމެނޭ ކަމަށް ބުނެ އަދީބަށް ދައުވާކުރަން ފޮނުވި މައްސަލަ "ގެއްލިއްޖެ"!
15 އޯގަސްޓު 2017

އިންސާފުވެރިކޮށް ގައުމު ހިނގާ ނަމަ، ރައީސް ޔާމީން މަގާމުން އަޒުލް ކުރަންޖެހޭނެ: ޑރ. ޖަމީލު

15 އޯގަސްޓު 2017
އިންސާފުވެރިކޮށް ގައުމު ހިނގާ ނަމަ، ރައީސް ޔާމީން މަގާމުން އަޒުލް ކުރަންޖެހޭނެ: ޑރ. ޖަމީލު
05 ޖޫން 2017

ރައްޔިތުންނަށް ރަށްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ފުލުހުން ވަނީ ފެއިލްވެފަ: އެމްސީ ހަމީދު

05 ޖޫން 2017
ރައްޔިތުންނަށް ރަށްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ފުލުހުން ވަނީ ފެއިލްވެފަ: އެމްސީ ހަމީދު
19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު