Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު ފެށުން

އައު ސީޒަނުގެ ފްރެންޗް ލީގުގެ ކުޅުން ފަށައިފި

22 އޯގަސްޓު 2020 | ހޮނިހިރު 10:46

ކޮވިޑް-19 އާ ގުޅިގެން މިދިޔަ ސީޒަނުގެ ފްރެންޗް ލީގު ކެންސަލް ކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 އޯގަސްޓު 2020 | ހޮނިހިރު 10:46
ފްރެންޗް ލީގުގައި ބޯޑޯ އާއި ނޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

ފްރެންޗް ލީގުގައި ބޯޑޯ އާއި ނޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

2020-2021 ވަނަ އަހަރުގެ ސީޒަނުގެ ފްރެންޗް ލީގުގެ ކުޅުން ހުކުރު ދުވަހު ފަށައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ ސީޒަނުގެ ފްރެންޗް ލީގު އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކެންސަލް ކޮށް ޕީއެސްޖީއަށް ޗެމްޕިއަންކަން ދިންއިރު، ފްރެންޗް ލީގަކީ ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކެންސަލް ކުރި ހަމައެކަނި ލީގެވެ. އެއާއެކު 167 ދުވަސް ފަހުން ފްރެންޗް ލީގުގެ ކުޅުން ހުކުރު ދުވަހު ފެށިއިރު، ފްރެންޗް ލީގަކީ 2020-2021 ވަނަ އަހަރުގެ ސީޒަން އެންމެ ފުރަތަމަ ފެށި ލީގެވެ.

ފްރެންޗް ލީގުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރީ ބޯޑޯ އާއި ނޯންޓްސްއެވެ. މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ.

މީގެ ކުރިން ފްރެންޗް ލީގު ހުޅުވާ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރަން އޮތީ މާސޭ އާއި ސެއިންޓް އެޓިއެންއެވެ. އެކަމަކު މާސޭއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއެކު އެލްއެފްޕީން ވަނީ އެ މެޗު ފަސްކޮށްފައެވެ.

މީގެ ކުރިން އެލްއެފްޕީން ނެރުނު ބަޔާނެއްގައި ބުނީ މާސޭއިން ކޮވިޑް-19 ގެ އިތުރު ކޭސްތަކެއް ފެނުމާ ގުޅިގެން، މާސޭ އާއި ސެއިންޓް އެޓިއެން ބައްދަލުކުރާ މެޗު އަންނަ ސެޕްޓެމްބަރު މަހުގެ 16 ނުވަތަ 17 ވަނަ ދުވަހަށް ފަސްކުރަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން އެލްއެފްޕީގެ ބަޔާނުގައި ވަނީ އެ އިދާރާއިން ކޮވިޑް-19 ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށާއި، ކޮވިޑް-19 ގެ އިތުރު ކޭސްތައް ފެންނަމުންދާ ވަރަކުން ލީގުގެ ތާވަލަށް ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމަށް ބުނެފައެވެ.

2020-2021 ވަނަ އަހަރުގެ ސީޒަނުގެ ފްރެންޗް ލީގުގެ ކުޅުން ފެށިއިރު، ޕީއެސްޖީން އަންނަނީ 2019-2020 ވަނަ އަހަރުގެ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރަމުންނެވެ. އެގޮތުން އެ މުބާރާތުގެ ފައިނަލަށް ޕީއެސްޖީ ދަތުރުކޮށްފައިވާއިރު، ފްރެންޗް ލީގުގައި ޕީއެސްޖީން މެޗެއް ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް