Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނައުން

އެކަޑެމިކް ކަލަންޑަރަށް ދާއިމީ ބަދަލެއް ގެނައުމާއި މެދު ދަނީ މަޝްވަރާ ކުރެވެމުން: އެޑިޔުކޭޝަން

މިހާރު އޮތްގޮތުން އަހަރުގެ މެދުތެރެއިން އެކަޑެމިކް ކަލަންޑަރު ފެށޭގޮތަށް ހެދިދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2020 | ހުކުރު 14:27
ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ސްކޫލްތައް ހުޅުވި އިރު އިޖްތިމާއީ ގައިދުރުގަމުގެ ތެރެއިން ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ

ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ސްކޫލްތައް ހުޅުވި އިރު އިޖްތިމާއީ ގައިދުރުގަމުގެ ތެރެއިން ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ

ކޮވިޑް-19 އާއި ގުޅިގެން މި އަހަރުގެ އެކަޑެމިކް ކަލަންޑަރަށް ގެނައި ބަދަލަށް ދާއިމީ ގޮތެއްގައި އަމަލުކުރުމާއި މެދު މަޝްވަރާ ކުރެވެމުންދާ ކަމަށާއި، ނަމަވެސް އެކަން ނިންމާނީ ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ތައުލީމާއި ގުޅޭ ހާއްސަ ޕްރޮގްރާމް" ގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރު ވިދާޅުވީ މި އަހަރު ފެށި އިރު ޓުއަރިޒަމް މިނިސްޓްރީ އާއި އެހެނިހެން ތަންތަނުން އެކަޑެމިކް ކަލަންޑަރަށް ބަދަލު ގެނައުމަށް އެދެމުން ދިޔަ ކަމަށެވެ. އެގޮތުން މި އަހަރުގެ މެދު ޗުއްޓީ ވަރަށް ބޮޑަށް އިތުރު ކޮށްފައިވާނެ ކަމަށާއި، ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން އެ ޗުއްޓީގެ ބޭނުން އެންމެ ރަނގަޅު ގޮތަކަށް ނުހިފޭ ކަމަށެވެ.

Advertisement - newsAdvertisement

އަދި އެއީ ދާއިމީ ބަދަލެއްގެ ގޮތުގައި ނުހެދި ނަމަވެސް އެ ބޭފުޅުންގެ އެދިވަޑައިގަތުމުގެ މަތިން އަހަރީ ޗުއްޓީގެ ތެރެއިން 2 ހަފްތާ ނަގެމަށްފަހު މެދު ޗުއްޓީ އޮތީ ދިގުކޮށްފައި ކަމަށް ފާތިމަތު ނަސީރު ވިދާޅުވިއެވެ. ނަމަވެސް މިއީ ދާއިމި ނިންމުމެއް ނޫން ކަމަށާއި، މިކަމާއި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

ފާތިމަތު ނަސީރު ވިދާޅުވީ މިވަގުތު ގެނެވެން އޮތް ބަދަލުތަކަކީ މިއީ ކަމަށާއި، ދަރިވަރުންގެ ކިޔެވުމަށް ގެއްލުން ލިބޭނެ އެއްވެސް ގޮތަކަށް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އަހަރުގެ ކަލަންޑަރު ރާވައިގެން ކުރިއަށް ގެންދާނީ އެގޮތަށް ބަލާފައި ކަމަށާއި، މިހާރު މިއޮތީ އެންމެ ރަނގަޅު ބަދަލެއް ގެނެވިފައި ކަމަށެވެ.

އަދި މިހާރު އެކަޑެމިކް ކަލަންޑަރަށް ގެނެސްފައިވާ ބަދަލަކީ ދާއިމީ ބަދަލެއް ނޫން ނަމަވެސް މަޝްވަރާތަކާއި ރޭވުންތަކުގެ ތެރެއިން ނިންމާނީ ކޮވިޑް ހާލަތު ދެމިގެން ދިޔަ ނަމަވެސް ސްކޫލް ނިޒާމް ހުއްޓުމެއް ނެތި ދަރިވަރުންނަށް ކިޔަވައިދެވި އިމްތިހާނުތަކަށް ކުދިންނަށް ދެވޭނެ ގޮތަކަށް ކަމަށެވެ.

ކޮވިޑާއި ގުޅިގެން އެކަޑެމިކް ކަލަންޑަރަށް ގެނައިން މައިގަނޑު ބަދަލުތަކުގެ ތެރޭގައި ފުރަތަމަ ޓާރމުގެ ކިޔެވުން ނިމޭނީ މި އަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. އަދި 2020 ވަނަ އަހަރުގެ ދެވަނަ ޓާރމުގެ ކިޔެވުން ފެށޭނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިޑް ޓާރމް ހޮލިޑޭއަށް މާޗް މަހުގެ 7ން 11ށް ސްކޫލްތައް ބަންދު ވުމަށްފަހު ދެވަނަ ޓާރމުގެ ކިޔެވުން އެއްކޮށް ނިމޭނީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

2021 ވަނަ އަހަރުގެ ފުރަތަމަ ޓާރމް ނުވަތަ އެކަޑެމިކް ކަލަންޑަރު ފެށޭ ތާރިހަކީ މިހާރު އޮތްގޮތުން އޮގަސްޓް 10 އެއްގައެވެ. ޓީޗަރުން ރިޕޯޓް ކުރަން ޖެހޭނީ އޮގަސްޓް 3 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮޅުދޫ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް މިއަދު ލިބޭނެ: ފެނަކަ

ހޮޅުދޫ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް މިއަދު ލިބޭނެ: ފެނަކަ

29 އޯގަސްޓު 2017
ގާސިމްގެ ހާލުކޮޅު ބަދަލެއް ނުވޭ، ޓެސްޓުތައް ނުހެދޭތީ ފަރުވާ އިތުރަށް ކުރިއަށް ނުގެންދެވިފައި!

ގާސިމްގެ ހާލުކޮޅު ބަދަލެއް ނުވޭ، ޓެސްޓުތައް ނުހެދޭތީ ފަރުވާ އިތުރަށް ކުރިއަށް ނުގެންދެވިފައި!

09 އޯގަސްޓު 2017
ޖަލަށް ލިޔަސް އަޅުގަނޑުގެ މަސައްކަތްތަކަށް ބަދަލެއް ނާންނާނެ:ޜިޔަޒު

ޖަލަށް ލިޔަސް އަޅުގަނޑުގެ މަސައްކަތްތަކަށް ބަދަލެއް ނާންނާނެ:ޜިޔަޒު

09 ޖުލައި 2017
އަޒުމާއި ފިކުރަކަށް ބަދަލެއް ނާންނާނެ، އަގު ވައްޓާލަން މަސައްކަތް ކުރަނީ: ނާޒިމް

އަޒުމާއި ފިކުރަކަށް ބަދަލެއް ނާންނާނެ، އަގު ވައްޓާލަން މަސައްކަތް ކުރަނީ: ނާޒިމް

07 ޖުލައި 2017
ޕީޕީއެމުން ވަކިވީ ދާއިރާގެ ރައްޔިތުންނަށްޓަކައި، ކިތަންމެ ބޮޑު ހުށަހެޅުމެއް އަޔަސް ނިންމުން ބަދަލެއް ނުކުރާނަން: މެންބަރު ލަތީފް

ޕީޕީއެމުން ވަކިވީ ދާއިރާގެ ރައްޔިތުންނަށްޓަކައި، ކިތަންމެ ބޮޑު ހުށަހެޅުމެއް އަޔަސް ނިންމުން ބަދަލެއް ނުކުރާނަން: މެންބަރު ލަތީފް

04 ޖުލައި 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު