Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޮސްޕިޓަލްތަކަށް ސާމާނު ގެނައުން

ޓާޝިއަރީ ހޮސްޕިޓަލްތަކަށް ބޭނުންވާ ސާމާނު ލިބިއްޖެ، މުއްދަތުގެ ތެރޭގައި މަސައްކަތް ނިމޭނެ: އެސްޓީއޯ

21 އޯގަސްޓު 2020 | ހުކުރު 13:35

ހޮސްޕިޓަލްތައް އެކްސްޕޭންޑްކުރަމުންދާ ވަރަކަށް މެޝިނަރީޒް ދަނީ އިންސްޓޯލް ކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 އޯގަސްޓު 2020 | ހުކުރު 13:35
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް؛ މި ހޮސްޕިޓަލަކީ ޓާޝިއަރީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ހޮސްޕިޓަލެއް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް؛ މި ހޮސްޕިޓަލަކީ ޓާޝިއަރީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ހޮސްޕިޓަލެއް

ސަރުކާރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ތަރައްގީ ކުރަމުން އަންނަ ޓާޝިއަރީ ހޮސްޕިޓަލްތަކުގެ ތެރެއިން އެސްޓީއޯ އިން މެޝިނަރީސް ގެންނަން ހަވާލު ކުރި ހަތަރު ހޮސްޕިޓަލަށް ބޭނުންވާ ސާމާނާއި އާލާތްތައް ގެނެވިއްޖެ ކަމަށާއި، ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ގައުމީ ތަރައްގީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ އެސްޓީއޯގެ މެޑިކަލްސް އިން ކުރަމުންދާ މަސައްކަތުގެ އިތުރުން އެންމެ ބޮޑު އެއް ޕްރޮޖެކްޓަކަށް ކުރިއަށް ގެންދަނީ މާލޭގެ އައިޖީއެމްއެޗް ފެންވަރަށް ރާއްޖޭގެ ހަތަރު ހޮސްޕިޓަލެއް ތަރައްގީ ކުރުން ކަމަށެވެ. މި ހަތަރު ހޮސްޕިޓަލަކީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

Advertisement - newsAdvertisement

އަމްރު ވިދާޅުވީ ހޮސްޕިޓަލްތަކަށް ބޭނުންވާ އިކުވިޕްމަންޓްތައް އެސްޓީއޯ އިން ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ގާތްގަނޑަކަށް ހުރިހާ އައިޓަމެއް ރާއްޖެ ގެނެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މީގެ ތެރޭގައި ހިމެނޭ މައިގަނޑު ބައިތަކަކީ އައިސީޔޫ ކެޕޭސިޓީ އިތުރު ކުރުމާއި، ވެންޓިލޭޓަރ އިތުރު ކުރުމާއި ޕޭޝަންޓް މޮނިޓަރ އިތުރު ކުރުމާއި، ކުޑަކުދިންގެ އައިސީޔޫ އެކްސްޕެންޑް ކުރުމުގެ މަސައްކަތުގެ އިތުރުން ބައެއް އެހެނިހެން މަސައްކަތްތައް ކަމަށެވެ.

އަމްރު ވިދާޅުވީ އައިޖީއެމްއެޗްގެ ފެންވަރަށް 4 ހޮސްޕިޓަލުގައި ފިޒިއޯތެރަޕީގެ ހިދުމަތް ފުޅާ ކުރުމަށްޓަކައި އާ އާލާތްތަކެއް ގެނެވި ބޭނުން ކުރަން ފެށުމުން ރަނގަޅު ހިދުމަތްތަކެއް ދެވިގެންދާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި މެޝިނަރީޒް ބެހެއްޓި މަސައްކަތްތައް ނިމުމުން 4 ހޮސްޕިޓަލުގައި ވެސް މާލޭގެ އައިޖީއެމްއެޗާއި އެއް ފެންވަރެއްގައި ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އިމްޕޯޓް ކުރަން ޖެހޭ ހުރިހާ ސަމާނެއް އިމްޕޯޓް ކުރެވިއްޖެ ކަމަށާއި، ހޮސްޕިޓަލް ބޮޑުކުރަމުންދާ ވަރަކަށް މެޝިނަރީޒްތައް ބަހައްޓަމުންދާ ކަމަށެވެ.

އަމްރު ވިދާޅުވި އެސްޓީއޯ މެޑިކަލްސް އިން ގެނެސް އިންސްޓޯލް ކުރާ މެޝިންތަކަކީ ދުނިޔޭގެ ވަރުގަދަ ބްރޭންޑްތައް ކަމަށެވެ. އޭގެ ތެރޭގައި ޖެނެރަލް އިލެކްޓްރިކް، ފިލިޕްސް އަދި ސީމެން ހިމެނޭ ކަމަށާއި، އެ ފަރާތްތަކާއިއެކު ހެދިފައިވާ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައި ވާނެ ކަމަށެވެ. އަދި އެއީ އެ ފަރާތްތަކުގެ އެހީތެރިކަން އެސްޓީއޯ މެޑިކަލްސް އަށް ލިބޭ ގޮތަށް ކަމަށެވެ. އަމްރު ވިދާޅުވީ އެސްޓީއޯ އިން ގެންނަ މެޝިން ޑައުންވެގެން ސްޕެއަރ ނުލިބިގެން އަދި ހަދާނެ ބަޔަކު ނުތިބެގެން ތިބޭކަން ނުޖެހޭނެ ކަމަށާއި، އެސްޓީއޯ މެޑިކަލްސްގައި އެކަން ކުރެވޭނެ އިންޖިނިއަރުން އެބަތިބި ކަމަށެވެ.

އެސްޓީއޯ އިން އަންނަނީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކަށާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ މެޑިކަލް އިކްވިޕްމަންޓްސް އަދި ކޮންސިއުމަބަލްސް ފޯރުކޮށްދެމުންނެވެ. އޭގެ އިތުރުން ބޭސް ފޯރުކޮށްދެމުން އަންނަ އިރު، ރާއްޖޭގެ 187 ފާމަސީއެއް އެސްޓީއޯ އިން އަންނަނީ ހިންގަމުންނެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
14 މާރިޗު 2017

ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ

14 މާރިޗު 2017
ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ
08 މާރިޗު 2017

ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ

08 މާރިޗު 2017
ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް