Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލަބުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުން

އޭއެފްސީ ކަޕްގައި ވާދަކުރާ ކުލަބުތައް ފަރިތަކުރުންތައް ނުފެށިފައި

20 އޯގަސްޓު 2020 | ބުރާސްފަތި 10:14

މި މަހުގެ ކުރީކޮޅު އެޗްއީއޯސީން ވަނީ މި ދުވަސްވަރު ކުޅިވަރު ހަރަކާތްތަކާއި ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށް ނުގެންދަން ލަފާ ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އޯގަސްޓު 2020 | ބުރާސްފަތި 10:14
މީގެ ކުރިން މާޒިޔާއިން ބޭއްވި ފަރިތަކުރުންތަކެއްގެ ތެރެއިން

މީގެ ކުރިން މާޒިޔާއިން ބޭއްވި ފަރިތަކުރުންތަކެއްގެ ތެރެއިން

އަންނަ އޮކްޓޯބަރު މަހު ފަށާ އޭއެފްސީ ކަޕްގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ވީ އެންމެ އަވަހަށް ފަރިތަކުރުންތައް ފެށޭނެ ގޮތެއް މަގުފަހިކޮށްދިނުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެދިއްޖެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، މި މަހުގެ ކުރީކޮޅު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ކުޅިވަރު ހަރަކާތްތަކާއި ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށް ނުގެންދަން ލަފާ ދީފައެވެ. އެއާއެކު ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައްވެސް މެދުކަނޑާލިއިރު، އަދި މިހާތަނަށް ކުލަބުތަކަށްވެސް ފަރިތަކުރުންތައް ފެށޭ ގޮތެއް ނުވެއެވެ.

މީގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް ފަރިތަކުރުންތައް ފަށަން އުސޫލުތަކެއް ހަދައި، އެޗްޕީއޭއަށް ފޮނުވާފައިވާ ކަމަށާއި، އެ އުސޫލުތަކުގައި ގައުމީ ފުޓްބޯޅަ ޓީމުގެ އިތުރުން އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި މާޒިޔާއަށްވެސް ފަރިތަކުރުންތައް ފެށުމުގެ ހުއްދައަށް އެދިފައިވާނެ ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްތެރޭ ފަރިތަކުރުންތައް ފެށޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް ވަނީ ބުނެފައެވެ.

ބުދަ ދުވަހު މާޒިޔާއިން ކުރި ޓްވީޓެއްގައި ބުނީ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގެ ބާކީ އޮތް މެޗުތައް ރާއްޖޭގައި ބާއްވާއިރު، އެ ކުލަބުގެ ފަރިތަކުރުންތައް ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވާ ކަމަށާއި، ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު ފަރިތަކުރުންތައް ފެށުމަށް އެ ކުލަބު ތައްޔާރަށް އޮތް ކަމަށެވެ. އަދި އޭއެފްސީ ކަޕަށް އެންމެ ރަނގަޅަށް ތައްޔާރުވެވޭނީ އެކަށީގެންވާ ވަގުތު ލިބިގެން ކަމަށްވާތީ، ފަރިތަކުރުންތައް ފެށުމަށް ކޮންމެވެސް ގޮތެއް ކަމާ ބެހޭ އިދާރާތަކުން ހޯދައިދިނުމަށް ވަނީ އެދެފައެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕްގެ ހުރިހާ މެޗެއް މާލޭގައި ކުރިއަށްދާއިރު، މެޗުތައް ކުޅޭނީ އޮކްޓޯބަރު މަހުގެ 23ން ނޮވެމްބަރު ހަތަރަކާ ދެމެދުއެވެ. މީގެ ކުރިން މެޗުތައް ބޭއްވުމުގައި އަމަލު ކުރަންވީ ގޮތުގެ ލަފާ ހޯދުމަށް އެފްއޭއެމް އާއި ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އެޗްޕީއޭއާ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ވާދަކުރަމުން އަންނައިރު، މީގެ ކުރިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މި ދެ ޓީމު ވަނީ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފައެވެ. އެ ދުވަހު ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ޓީސީ ކުޅުނު މެޗުން އެޓީމު ވަނީ 5-1 ން ބަލިވެފައެވެ. އަދި އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ 2-2 ން އެއްވަރުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް