Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުން

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި ގުޅޭ ޕްލޭނަށް ޚިޔާލު ހޯދުމަށް އޮންލައިން ވެބިނަރ އެއް ބާއްވައިފި

20 އޯގަސްޓު 2020 | ބުރާސްފަތި 03:00

50ށް ވުރެ ގިނަ މީހުން ވެބިނަރގައި ބައިވެރިވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 އޯގަސްޓު 2020 | ބުރާސްފަތި 03:00
ވެބިނަރގެ ތެރެއިން

ވެބިނަރގެ ތެރެއިން | އެންވަރަންމަންޓް މިނިސްޓްރީ

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ވަކި ބާވަތްތައް ރާއްޖޭގައި ބޭނުންކުރުން މަދުކުރުމާއި ހުއްޓާލުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގެ ފަރާތުން އެކުލަވާލާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކު މަދުކުރުމާއި ގުޅޭ ޕްލޭނަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ވެބިނަރ އެއް ބާއްވައިފިއެވެ.

މި ވެބިނަރގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ އަހުމަދު ޒިޔާން އަބްދުއްރަހީމްގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އަހުމަދު މުރުތަޟާ ބައިވެރިވެވަޑައިގެންފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ ގެ ފަރާތުން އެސިސްޓެންޓް އިންޖިނިއަރ އިނާޔާ އަބްދުއްރަހީމް ގެ އިތުރުން މި ޕްލޭން އެކުލަވާލުމަށް ކަނޑައަޅާފައިވާ ކޮމިޓީގެ ފަރާތުން 'ޕްލާސްޓިކް ނޫން ގޮތެއް'ގެ ފައުންޑަރ ހުދާ އަހުމަދު އަދި ޕާލޭ މޯލްޑިވްސްގެ ޑައިރެކްޓަރ ޝާހީނާ އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ޕްލޭންގެ ދަށުން ދިވެހިރާއްޖޭގައި ރީސައިކްލީން ފެސިލިޓީ އެއް ޤާއިމު ކުރެވިގެން ދާނެ ކަމަށާއި މި ފެސިލިޓީގައި ރާއްޖެއަށް އިމްޕޯޓް ކުރެވޭ ޕްލާސްޓިކް ގެ ބޮޑުބައެއް ރީސައިކަލް ކުރުމަށްފަހު ރޯ މެޓީރިއަލްސްގެ ގޮތުގައި އެކްސްޕޯޓް ކުރެވޭނެ ނިޒާމެއް 2023 ގެ ކުރިން ޤާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އަދި މި ފެސިލިޓީ ޤާއިމު ކުރެވިގެންދާނީ ޕާލޭ މޯލްޑިވްސްއާއި ގުޅިގެން ކަމަށާއި މި ޕްލޭންގެ ދަށުން ހިންގޭ ހޭލުންތެރި ކަމުގެ ޕްރޮގްރާމު ތަކުގައި ތިމާވެށި ރައްކާތެރިކުރުމަށް ބާރުއަޅައި މަދަނީ ޖަމްއިއްޔާތައް ބައިވެރިވުމަށް ހިތްވަރުދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޕްލޭންގެ ފުރަތަމަ ދެލި ކޮޕީ ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައެވެ. އެގޮތުން، އީމެއިލް މެދުވެރިކޮށް މިޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފަހު ތާރީޚަކީ 30 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 14:00 އެވެ. މި ޕްލޭނަށް ޚިޔާލު ހުށަހެޅުއްވުމަށް މެއިލް ކުރައްވާނީwaste@environment.gov.mvއަށެވެ.

ދިވެހިރާއްޖޭގެ ވެއްޓާއި އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން އިސްނަންގަވައިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ފޭސްއައުޓް ކުރައްވަން ވަނީ ނިންމަވާފައެވެ. މިކަން އިޢުލާން ކުރެއްވީ 23 ސެޕްޓެމްބަރ 2019 ގައި އ.ދ. ގެ 74 ވަނަ ޢާއްމު ބައްދަލުވުމުގެ ހަވާސާގެތެރެއިން ބޭއްވި ކްލައިމެޓް ސަމިޓުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަގުރީރެއްގައެވެ.

އެގޮތުން، މި ލަނޑުދަނޑި ހާސިލު ކުރުމަށްޓަކައި، ޑްރާފްޓް ކުރެވިފައިވާ ޕްލޭނަށް އާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވުނު މި ވެބިނަރ ގައި ޒޫމް މެދުވެރިކޮށް 50ށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި ގުޅޭ ޕްލޭން އެކުލަވާލާފައިވަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކާއި ވިޔަފާރިތައް އަދި ގުޅުންހުރި އެހެނިހެން ފަރާތްތަކުގެ މަޝްވަރާ އާއި ބިނާ ކުރުވަނިވި ޚިޔާލު ހޯދައިގެންނެވެ. އަދި ގުޅުން ހުރި ފަރާތްތައް ޝާމިލުވާ ގޮތަށް މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާފައިވާ 10 ބޭފުޅުންގެ ކޮމިޓީ އެއްގެ ލަފާ މަތިންނެވެ.

މީގެ އިތުރުން، ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ވަނީ 27 ޖޫން 2019 ގައި ޤަރާރެއް ވެސް ފާސްކޮށްފައެވެ.

ދިރާސާތަކުން ދައްކާ ގޮތުން ދިވެހިރާއްޖޭގައި އުފެދޭ ކުނީގެ 10 އިންސައްތަ އަކީ ޕްލާސްޓިކު ކުންޏެވެ. އަދި ޕްލާސްޓިކު ކުނީގެ ތެރެއިން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ކުނި ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކަކީ ރާއްޖޭގެ ނާޒުކު ދިރުންތަކާއި ގުދުރަތީ ރީތި ކަމަށް ހުރި ނުރަކައްލެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް