Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ބަލި މީހުން މާލެއަށް ރިފަރ ކުރާ ނިސްބަތް 60 އިންސައްތަ ދަށް ކުރެވިފައިވޭ: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ނަރުހުން ގެނައުމުގައި ދަތިތަކެއް ހުރިކަމަށް އޭނާ ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 އޯގަސްޓު 2020 | ބުދަ 17:17
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް- ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 300 މީހުން ފަރުވާ ހޯދާ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް- ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 300 މީހުން ފަރުވާ ހޯދާ

ބަލިވެގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރު ފަރުވާއަށް މާލެ ދިއުމަށް ރިފަރ ކުރެވޭ ނިސްބަތް 60 އިންސައްތައަށް ދަށް ކުރެވިފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވީ، އައު ސަރުކާރު އައިއިރު ހޮސްޕިޓަލުގެ ހިންގުމުގެ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ. އެހެން ނަމަވެސް ކުރިއާ އަޅާބަލާއިރު، މާލެއަށް ރިފަރ ކުރާ ނިސްބަތް މިހާރު 60 އިންސައްތައަށް ދަށް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާއޫދު އިތުރަށް ވިދާޅުވީ، އައު ސަރުކާރު އައިއިރު މަސައްކަތް ކުރަމުން ދިޔައީ 19 ޑޮކްޓަރުން ކަމަށާއި، އެހެން ނަމަވެސް މިހާރު ޖުމުލަ 45 ޑޮކްޓަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ޖޫން މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ސިއްޙީ އާލަތްތައް ވެސް ލިބިފައިވާކަން ފާހަގަ ކުރައްވައި ދާއޫދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އެގޮތުން ކަށީގެ ސާރޖަރީތައް ހެދުމަށް ބޭނުންވާ ސާމާނު ޖޫން މަހުގެ ތެރޭގައި ލިބިފައިވާ ކަމަށާއި، ވަރަށް އަވަހަށް ކަށީގެ ސާރޖަރީ ވެސް ފެށިގެންދާނެ ކަމަށް ދާއޫދު ވިދާޅުވިއެވެ.

އެހެން ނަމަވެސް، މި ވަގުތު ކޮވިޑް-19 ގެ މި ޙާލަތާއި ގުޅިގެން ނަރުހުން ގެނައުމުގައި ދަތިތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ވެސް ކޮވިޑް-19 ގެ މި ޙާލަތުގައި އަމަލު ކުރަންޖެހޭ ވަކި އުސޫލުތަކެއް ހުރިކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ކޮވިޑް-19 އަށް ޝައްކުވާ ކޭސްތަކާއި، މޮނިޓަރިންގެ ޙާލަތުގައި އޮންނަ ރަށްރަށުން އަންނަ މީހުންނާ ދޭތެރޭގައި އަމަލު ކުރާނެ ޚާއްސަ އުސޫލުތަކެއް ޤާއިމު ކުރެވިފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދުވާލެއްގެ މައްޗަށް 300 އެއްހާ މީހުން ޚިދުމަތް ހޯދަން އަންނައިރު، މަހެއްގެ މައްޗަށް ގާތްގަނޑަކަށް 10،000 މީހުން ޚިދުމަތް ހޯދާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
15 ފެބުރުއަރީ 2017

އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް

15 ފެބުރުއަރީ 2017
އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު