Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްސަލް ދަނޑުތަކުގެ ޓާފް ބަދަލުކުރުން

ހުޅުމާލޭގެ ތިން ފުޓްސަލް ދަނޑެއްގެ ޓާފް ބަދަލުކުރަނީ

ތިން ދަނޑެއްގެ ޓާފް ބަދަލުކުުރުމަށް 1،500،204 ރުފިޔާ ޚަރަދުވާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2020 | ހޯމަ 10:35
ހޯމަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހޯމަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހުޅުމާލޭގައި އަޅާފައިވާ ތިން ފުޓްސަލް ދަނޑެއްގެ ޓާފް ބަދަލުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ވުޒާރާގެ ފަރާތުން ހަވާލުކޮށްފައިވަނީ މަމްނޫޒް ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. ކުޅިވަރާ ބެހޭ ވުޒާރާގައި ހޯމަ ދުވަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ ވުޒާރާގެ ފަރާތުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު، މަމްނޫޒް ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަބްދުލް ނާފިޢު ތަޢުފީގެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ މި މަސައްކަތް މަމްނޫޒް ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 1،500،204 (އެއް މިލިޔަން ފަސް ލައްކަ ދުއިސައްތަ ހަތަރު) ރުފިޔާއަށް ކަމަށެވެ. އަދި މި މަސައްކަތް ހަވާލުކުރާތާ 35 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ތިން ދަނޑެއްގެ ޓާފް ބަދަލުކުރުމަށް ހަވާލުކުރިއިރު، މީގެ ތެރޭގައި ހުޅުމާލޭ ރެހެންދި ސްކޫލް ކުރިމަތީގައި އޮންނަ ދެ ދަނޑުވެސް ހިމެނެއެވެ. މި ދެ ދަނޑަކީ މާލެ ސިޓީގައި ބާއްވާ ބޮޑެތި މުބާރާތްތައް ބޭއްވުމަށް ބޭނުންކުރާ ދެ ދަނޑެވެ. ފަހަކަށް އައިސް މި ދަނޑުތަކުގެ ޓާފް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މީގެ އިތުރުން ހޯމަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ތ. ހިރިލަންދު އާއި އެ އަތޮޅު އޮމަދޫގައި ޓާފް ދަނޑު އެޅުމަށްވެސް ބަޔަކާ ހަވާލުކޮށްފައެވެ.

އެގޮތުން ހިރިލަންދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ. ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވުޒާރާގެ ފަރާތުން ވަޒީރު އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު، ޓްރިޕަލް އެއިޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފައިސަލްއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ވަނީ 1،458،297 (އެއް މިލިޔަން ހަތަރު ލައްކަ ފަންސާސް އަށްހާސް ދުއިސައްތަ ނުވަދިހަ ހަތެއް) ރުފިޔާ އަށެވެ.

އަދި އޮމަދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ހަވާލުކުރީ ޓްރިއޯ ލިންކް އިންވެސްޓްމެންޓްސްއާއެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ވަޒީރު އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު، ޓްރިއޯ ލިންކް އިންވެސްޓްމެންޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަދުހަމް އަލީއެވެ. މި މަސައްކަތަށް 1،251،540 (އެއް މިލިޔަން ދެ ލައްކަ ފަންސާސް އެއްހާސް ފައްސަތޭކަ ސާޅީސް) ރުފިޔާ ޚަރަދުވާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ހުޅުމާލޭގެ ތިން ދަނޑެއްގެ ޓާފް ބަދަލުކުރުމުގެ އިތުރަށް ހިރިލަންދު އާއި އޮމަދޫގައި ފުޓްސަލް ދަނޑު އަޅާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާ ގިނަ ދަނޑުތަކެއް މަސައްކަތްތައް ނިމިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު