Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިންގަލް ޔޫސް ޕްލާސްޓިކް

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި ގުޅޭ ޕްލޭނަށް ޢާންމުންގެ ޚިޔާލު ހޯދުމަށް އޮންލައިން ވެބިނަރއެއް ބާއްވަނީ

ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2020 | އާދީއްތަ 16:24
ވެބިނަރ އޮންނާނީ 19 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 16:30 ގައި

ވެބިނަރ އޮންނާނީ 19 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 16:30 ގައި

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި ގުޅޭ ޕްލޭނަށް ޢާންމުންގެ ޚިޔާލު ހޯދުމަށް އޮންލައިން ވެބިނަރއެއް ބާއްވަން އެންވަޔަރަންމަންޓް މިނިސްޓްރީން ނިންމައިިފިއެވެ.

ސިންގަލް ޔޫސް ޕްލާސްޓިކުން ދިވެހިރާއްޖޭގެ ވެއްޓާއި އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން އިސްނަންގަވައިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ފޭސްއައުޓް ކުރަން ވަނީ ނިންމާފައެވެ. މިކަން އިޢުލާން ކުރީ 23 ސެޕްޓެމްބަރ 2019 ގައި އ.ދ. ގެ 74 ވަނަ ޢާއްމު ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ބޭއްވި ކްލައިމެޓް ސަމިޓުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަގުރީރެއްގައެވެ.

Advertisement - newsAdvertisement

މި ލަނޑުދަނޑި ހާސިލު ކުރުމަށްޓަކައި، ސިންގަލް ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި، ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ކުރުމުގެ ޑްރާފްޓް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މި ޕްލޭން އެކުލަވާލާފައިވަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކާއި ވިޔަފާރިތައް އަދި ގުޅުން ހުރި އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއި ޚިޔާލު ހޯދައި އެއްކޮށްގެންކަން ފާހަގަކޮށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ގުޅުން ހުރި ފަރާތްތަށް ޝާމިލު ވާގޮތަށް މި މަސައްކަތް ކުރިޔަށް ގެންދަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާފައިވާ 11 ބޭފުޅުންގެ ކޮމިޓީއެއްގެ ލަފާގެ މަތިން ކަމަށެވެ.

މި ޕްލޭނަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން، ކޮވިޑް 19 ގެ ރޯގާ އާއި ގުޅިގެން ބާއްވަން ހަމަޖެހިފައިވަނީ އާއްމުންނަށް ހުޅުވާލައިގެން އޮންލައިންކޮށް ވެބިނަރއެއްގެ ގޮތުގައި 19 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 16:30 ގައެވެ. މި ވެބިނަރ ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން www.tinyurl.com/y2j4wwrs ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ދިރާސާތަކުން ދައްކާ ގޮތުން ދިވެހިރާއްޖޭގައި އުފެދޭ ކުނީގެ 10 އިންސައްތަ އަކީ ޕްލާސްޓިކު ކުންޏެވެ. އަދި ޕްލާސްޓިކު ކުނީގެ ތެރެއިން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ކުނި ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކަކީ ރާއްޖޭގެ ނާޒުކު ދިރުންތަކާއި ގުދުރަތީ ރީތިކަމަށް ހުރި ނުރަކައްލެކެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު