Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ކެޓަލޯނިއާއަށް މިނިވަންކަން ލިބިއްޖެނަމަ ލަލީގާއިން ވަކިވާން ޖެހިދާނެ: ބާސާގެ ރައީސް

ބޯޑުން ލަލީގާއިން ވަކިވާން ނިންމައިފިނަމަ އެ ކްލަބުން އެހެން ލީގަކަށް ބަދަލުވާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 އޮކްޓޯބަރު 2017 | އަންގާރަ 05:58
ބާސެލޯނާގެ ކުޅުންތެރިން ކެޓަލޯނިއާ ރަމްޒުކޮށްދޭ ކުލަތަކުގެ ޖާޒީގައި

ބާސެލޯނާގެ ކުޅުންތެރިން ކެޓަލޯނިއާ ރަމްޒުކޮށްދޭ ކުލަތަކުގެ ޖާޒީގައި

ކެޓަލޯނިއާއަށް މިނިވަންކަން ލިބިއްޖެނަމަ ސްޕެނިޝް ލަލީގާ ދޫކޮށްލުމަށް މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ބާސެލޯނާގެ ރައީސް ބުނެފިއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމޯ ބުނެފައިވަނީ މުސްތަގުބަލުގައި ވާނެ ގޮތެއް ނޭނގޭ ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ބާސާގެ ބޯޑުން އެ މައްސަލައިގެ ހައްލެއް ހޯދާނެ ކަމަށެވެ. އޭނާ ބުނެފައިވަނީ ބޯޑުން ލަލީގާއިން ވަކިވާން ނިންމައިފިނަމަ އެ ކްލަބުން އެހެން ލީގަކަށް ބަދަލުވާނެ ކަމަށާއި އޭރުން ލަލީގާގައި ބާސާއިން ވާދަނުކުރާނެ ކަމަށެވެ.

ބާޓޮމޯ ބުނެފައިވަނީ އާދިއްތަ ދުވަހު ބާސާއިން ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗު ލަސް ކުރަން އެދުނު ކަމަށާއި އެހެނަސް ލަލީގާއިން އެކަމަށް ހުއްދަ ނުދިނުމާ ވިދިގެން ސަޕޯޓަރުން ދަނޑަށް ނުވައްދާ މެޗު ކުރިޔަށް ގެންދަން ނިންމީ މެޗު ނުކުޅެފިނަމަ ކްލަބަށް ލިބޭ ގެއްލުން މާ ބޮޑުވެދާނެތީ ކަމަށެވެ. އޭނާވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދާ މެޗު ކުޅެން ނިންމި ނިންމުމަށް ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފައެވެ.

އޭނާވަނީ ބާސެލޯނާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އާންމު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަށް ކުއްވެރިކޮށްފައެވެ. އަދި އަބަދުވެސް ބާސެލޯނާ ދެމިއޮންނާނީ ކެޓަލޯނިއާގެ މިނިވަންކަމުގެ ނިޝާނެއްގެ ގޮތުގައި ކަމަށާއި އަދި ދުނިޔޭގެ ކުޅިވަރު ޖަމިއްޔާތަކުގައި ކެޓަލޯނިއާގެ އަޑު އިއްވައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ބާޓޮމޯ ބުނެފައިވެއެވެ.

ބާސެލޯނާގެ ބޯޑުން ވަނީ އަންގާރަ ދުވަހު އެ ކްލަބްގެ އެއްވެސް ހަރަކާތެއް ކުރިޔަށް ނުގެންދިޔުމަށް ނިންމައި އެ ކްލަބްގެ ހުރިހާ އޮފީސްތަކެއް ވެސް ބަންދުކޮށްފައެވެ. ބާޓޮމޯވެސް ބާސާ އެހެން ލީގަކަށް ބަދަލުވެދާނޭ ކަމުގެ އިޝާރާތެއް ދީފައިވާއިރު ކެޓަލޯނިއާގެ ކުޅިވަރާ ބެހޭ ވަޒީރުވެސް ވަނީ މިފަދަ އިޝާރާތެއް ކޮށްފައެވެ.

ކެޓަލޯނިއާގެ ސަރުކާރުން ވަނީ މިނިވަން ސަރަހައްދަކަށް ވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ނަގާފައެވެ. މި ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކެޓަލޯނިއާގެ 90 އިންސައްތަ މީހުން ބޭނުންވަނީ ކެޓަލޯނިއާގައި ވަކި މިނިވަން ދައުލަތެއް ގާއިމު ކުރާށެވެ. ސްޕެއިންގެ ސަރުކާރުން މި ވޯޓު ބަލައިގެންފައެއް ނުވެއެވެ.

ބާސެއިން ލަލީގާ ދޫކޮށްލުމުގެ އިޝާރާތެއް ކޮށްފައިވާއިރު އެ ޓީމުން ވަނީ 24 ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ޖޫން 2023

ފީފާގެ ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިވާން ނިންމައިފި

15 ޖޫން 2023
ފީފާގެ ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިވާން ނިންމައިފި
22 މެއި 2023

ޔުނައިޓެޑް ނުލިބިއްޖެނަމަ ޝައިހް ޖާސިމް ވެސްޓްހަމް ގަންނަނީ

22 މެއި 2023
ޔުނައިޓެޑް ނުލިބިއްޖެނަމަ ޝައިހް ޖާސިމް ވެސްޓްހަމް ގަންނަނީ
21 ޑިސެމްބަރު 2022

ފްރާންސްގެ ކޯޗުކަމުގެ ވަޒީފާ ނުލިބިއްޖެނަމަ ޒިދާން ކުލަބަކާ ހަވާލުވާނެ

21 ޑިސެމްބަރު 2022
ފްރާންސްގެ ކޯޗުކަމުގެ ވަޒީފާ ނުލިބިއްޖެނަމަ ޒިދާން ކުލަބަކާ ހަވާލުވާނެ
28 ޑިސެމްބަރު 2021

ފުރުސަތު ލިބިއްޖެނަމަ ކާވާގެ ހެޑް އޮފީސް ގާއިމުކުރާނީ ރާއްޖޭގައި: ކާވާގެ ރައީސް

28 ޑިސެމްބަރު 2021
ފުރުސަތު ލިބިއްޖެނަމަ ކާވާގެ ހެޑް އޮފީސް ގާއިމުކުރާނީ ރާއްޖޭގައި: ކާވާގެ ރައީސް
11 މެއި 2021

ސުޕަ ލީގުން ވަކިވާން ޔުވެންޓަސްއަށް ފަހު އިންޒާރު

11 މެއި 2021
ސުޕަ ލީގުން ވަކިވާން ޔުވެންޓަސްއަށް ފަހު އިންޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު