Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާސްކުނާޅާ އުޅޭ މީހުން ޖޫރިމަނާކުރުން

މާސްކު ނާޅައިގެންނާއި، ކާފިއު ގަޑީ ބޭރުގައި އުޅެގެން ހާހަކަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި

މާސްކް ނާޅައިގެން ޖޫރިމަނާ ކުރީ 591 މީހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 އޯގަސްޓު 2020 | އާދީއްތަ 03:41
ފުލުހުން މަގުމަތި ބަލަހައްޓަނީ

ފުލުހުން މަގުމަތި ބަލަހައްޓަނީ

ބޭރުގައި އުޅޭއިރު މާސްކް ނާޅައިގެންނާއި، ކާފިއު ގަޑީގައި ބޭރުގައި އުޅެގެން ޖޫރިމަނާކުރި މީހުންގެ އަދަދު ހާހަކަށްވުރެ އިތުރުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މި މަހުގެ 1ން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލަނބައިގެން މިހާތަނަށް 1،118 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ބޭރު ތެރޭގައި އުޅޭއިރު މާސްކް ނާޅައިގެން ޖޫރިމަނާ ކުރި 591 މީހަކާއި، ކާފިއު ގަޑީގައި ބޭރުގައި އުޅުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ 527 މީހެކެވެ. އަދި މިހާތަނަށް ނަސޭހަތް ދެވިފައިވާ މީހުންގެ އަދަދު 3415ށް އަރާކަމަށް މަތީން ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް މައްޗަށްދާން ފެށުމުން އެކަން ކޮންޓްރޯލްކުރުމަށް އެޗްޕީއޭއިން ވަނީ ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް މަޖުބޫރު ކޮށްފައެވެ. އަދި މާސްކު ނާޅާ އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މިގޮތަށް އަމަލުކުރަން ފަށާފައިވަނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެއާއެކު މިހާތަނަށް ކުރި ޖޫރިމަނާގެ އަދަދު މިވަނީ 1.1 މިލިއަނަށް އަރާފައެވެ.

މާސްކުއެޅުން މަޖުބޫރު ކޮށްފައިވާއިރު އެކަމުން އިސްތިސްނާ ވަނީ ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތުކުރަން ނުކުންނަ މީހުން ކަސްރަތުކުރާ ވަގުތުގައެވެ. މީގެ އިތުރުން އެހެން މީހެއްގެ އެހީގައި މާސްކު އަޅާ މީހުންނާއި ރެސްޓޯރެންޓްތަކުން ޚިދުމަތް ހޯދަން މީހުން މާސްކު އެޅުމުން އިސްތިސްނާވެއެވެ.

މީގެއިތުރުން ރޭގަނޑު 10ން ފެށިގެން ފަތިހު 5 ޖެހުމާ ހަމައަށް ބޭރުގައި އުޅުންވެސް ވަނީ މަނާކޮށްފައެވެ.

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2017

ގައުމުން ބޭރުގައި ތިއްބެވި ލީޑަރުން ޗާޓަރު ފްލައިޓެއްގައި ރާއްޖެ ގެންނާނަން: އަބްދުﷲ ރިޔާޒް

02 ނޮވެމްބަރު 2017
ގައުމުން ބޭރުގައި ތިއްބެވި ލީޑަރުން ޗާޓަރު ފްލައިޓެއްގައި ރާއްޖެ ގެންނާނަން: އަބްދުﷲ ރިޔާޒް
24 އޮކްޓޯބަރު 2017

ސިވިލް ސާވިސް މުވައްޒިފުން ބޭރުގައި އުޅޭ ވަގުތަށް މުސާރައިން ކަނޑަށް ނިންމާއިފި

24 އޮކްޓޯބަރު 2017
ސިވިލް ސާވިސް މުވައްޒިފުން ބޭރުގައި އުޅޭ ވަގުތަށް މުސާރައިން ކަނޑަށް ނިންމާއިފި
04 އޮކްޓޯބަރު 2017

ފަރުވާ ނިމުމުން އެންމެ ދުވަހަކު ވެސް ގާސިމް ބޭރުގައި ނުހުންނަވާނެ: އަމީން

04 އޮކްޓޯބަރު 2017
ފަރުވާ ނިމުމުން އެންމެ ދުވަހަކު ވެސް ގާސިމް ބޭރުގައި ނުހުންނަވާނެ: އަމީން
01 އޮކްޓޯބަރު 2017

ރާއްޖޭން ބޭރުގައި ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ ވަރުލާކަން ދައްކާލައިފި

01 އޮކްޓޯބަރު 2017
ރާއްޖޭން ބޭރުގައި ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ ވަރުލާކަން ދައްކާލައިފި
13 އޯގަސްޓު 2017

ނުރަސްމީ ގަޑީގައި މަޖިލީހުގެ މުވައްޒިފުންނަށް ވެސް މަޖިލީހަށް ނުވަދެވޭނެކަން އަންގައިފި

13 އޯގަސްޓު 2017
ނުރަސްމީ ގަޑީގައި މަޖިލީހުގެ މުވައްޒިފުންނަށް ވެސް މަޖިލީހަށް ނުވަދެވޭނެކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު