Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީ

ކަނޑައަޅާފައިވާ މުއްދަތުގައި ގަވާއިދު ވާނީ ހަދާފައި: އޭސީސީ

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަންފެށީ 2 ޖުލައި 2017 ގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 އޯގަސްޓު 2020 | ހޮނިހިރު 10:22
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އޭސީސީގެ މެމްބަރުން

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އޭސީސީގެ މެމްބަރުން

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހަދަންޖެހޭ ގަވާއިދު ކަނޑައެޅިފައިވާ މުއްދަތުގައި ހަދާފައިވާ ކަމަށް އެ ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.

ހުކުރު ދުވަހުގެ ރޭ އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖުލައި 2، 2017 ގައި އަމަލު ކުރަން ފެށި ޖިނާއީ އިޖުރާއާތުގެ ގާނޫނު ބުނާގޮތުން، ތަހުގީގުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދު ތިން މަސް ތެރޭގައި ހަދަން ޖެހެ އެވެ.

އޭސީސީ މެމްބަރުން ގާނޫނީ ވާޖިބު އަދާނުކުރާކަމަށް ބުނެ، އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާކަމަށް ބައެއް މީޑިއާތަކުގައި ހާމަކޮށްފައިވާތީ އޭސީސީން ނެރުނު މިބަޔާނުގައި ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 211 ވަނަ މާއްދާގައި ގާނޫނުގެ މަޤްސަދުތައް ޙާޞިލުކުރުމަށް ހަދަންޖެހޭ ގަވާއިދުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި (02 އޮކްޓޫބަރު 2017 ގައި) ހަދާ ނިންމަންވާނެކަމަށް ބަޔާންކޮށްފައިވެއެެވެ.

އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ޤާނޫނު ވުޖޫދުވުމުގެ ކުރީން އެ ކޮމިޝަނުން މައްސަލަތައް ތަޙުޤީޤުކުރުމުގައި އަމަލުކުރަމުން ދިޔަ އިޖުރާޢަތުތައް ލިޔެވިފައިވާނީ 23 ޑިސެމްބަރ 2010 ގައި ގެޒެޓްކުރެވުނު ގަވާއިދު ނަންބަރު 2010/R-18 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޢާންމު ގަވާއިދު) (މިހާރު އުވާލެވިފައި) ގައެވެ. މި ގަވާއިދަކީ، ޖިނާޢީ މައްސަލަތަކުގައި ޢަމަލުކުރާނެ ޢާންމު އިޖުރާއާތުތައް ބަޔާންކުރާ ޤާނޫނެއް އޭރު ވުޖޫދުވެފައި ނެތްނަމަވެސް، ކޮމިޝަނުގެ ތަޙުޤީޤުތަކުގައި އެއް އުސޫލަކުން އަދި ޤާނޫނީ ހަމަތަކުގެ މަތީން ހަމަހަމަކަމާއެކު ތަހުޤީޤީ އިޖުރާއަތުތައް ކުރިއަށް ގެންދިޔުމުގެ މަޤްސަދުގައި އެކުލަވާލައި ޢަމަލުކުރަމުން އައި ގަވާއިދެއް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނު ވުޖޫދުވުމުން އެ ޤާނޫނުގައި ބަޔާންކުރާ މަޤްސަދުތައް ޙާޞިލްކުރުމުގެ ބޭނުމުގައްޔާއި، އެ ޤާނޫނުގެ 211 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ތަޙުޤީޤުކުރުމާގުޅޭ ކަންކަމުގައި ގަވާއިދު ހެދުމަށް ލާޒިމްކޮށްފައިވާތީ، ކުރީގައި ތަޙުޤީޤުކުރުމުގެ އިޖުރާއަތްތަކާ ގުޅޭގޮތުން ޢަމަލުކުރަމުންދިޔަ ގަވާއިދު އުވާލައި މުޅީން އައު ޢާންމު ގަވާއިދެއް، ގަވާއިދު ނަންބަރު 2017/R-40 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޢާންމު ގަވާއިދު) ގެ ނަމުގައި އެކުލަވާލެވި، 18 އެޕްރީލް 2017 ގައި ޢަމަލުކުރަން ފެށުނު ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ. އެގޮތުން، ޖީނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު އެކުލަވާލައި އެންމެ ފުރަތަމަ ގެޒެޓްކުރި އިދާރާއަކީވެސް އޭސީސީން ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.

އޭސީސީން ބުނީ، އެ ގަވާއިދަށް ޢަމަލުކުރަން ފަށާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ހިނގަމުންދާ ދައުރުގެ މެމްބަރުން މަޤާމާ ހަވާލުވުމަށްފަހު، ކޮރަޕްޝަން ހުއްޓުމުގެ ޤާނޫނީ ނިޒާމު ރިވިއުކުރުމުގެ މަސައްކަތް ފެށި، އެ މަސައްކަތުގެ ދަށުން ކޮމިޝަނުގެ ޢާންމު ގަވާއިދު ރިވިއުކޮށް އިޞްލާޙުކުރުމުގެ މަސައްކަތް ޚާއްސަ މަސައްކަތެއްގެ ގޮތުގައި މިހާރުވެސް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން، އެ ކޮމިޝަނަށް މައްސަލަހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް ނެތްކަމަށްބުނުމަކީ ކަނޑައެޅިގެން ހަޤީގަތާ ޚިލާފު ވާހަކައެއް ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
24 ޖެނުއަރީ 2017

އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

24 ޖެނުއަރީ 2017
އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު