Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުންޑޫ އާދަމް ހަލީމްގެ މައްސަލަ

މުންޑޫއާ ދެކޮޅަށް ހުށައެޅި ޕެޓިޝަންގެ މައްސަލަ ބަލަން ފުލުހުން ފަށައިފި

މި ޕެޓިޝަނުގައި 73 ނޫސްވެރިޔަކު ސޮއިކުރި

އަލީ ސަމާޚް
އަލީ ސަމާޚް | 14 އޯގަސްޓު 2020 | ހުކުރު 07:58
އަވަސް\'\' ނޫހުގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ)

އަވަސް\'\' ނޫހުގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ)

ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ''އަވަސް'' ނޫހުގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ) އާ ދެކޮޅަށް ނޫސްވެރިންތަކެއް ސޮއިކޮށް ހުށައެޅި ޕެޓިޝަންގެ މައްސަަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މުންޑޫގެ މައްސަލަ ބެލުމަށް އެދި 73 ނޫސްވެރިޔަކު ސޮއިކޮށްފައިވާ ޕެޓިޝަން އެކި އިދާރާތަކަަށް ވަނީ ހުށައަޅާފައެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓްރީ، ޖެންޑަރ މިނިސްޓްރީ، ފުލުސް އޮފީހުގެ އިތުރުން މީޑިއާ ކައުންސިލް ހިމެނެއެވެ.

ޕެޓިޝަން ހުށައެޅި ނޫސްވެރިންނަށް ފުލުހުން ފޮނުވާފައިވާ ސިޓީއެއްގައި ބުނީ، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މައްސަލަ ބެލުމަށްފަހު އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ސިޓީގައި ބުންޏެވެ.

ނޫސްވެރިކަމުގެ ގައުމީ އިނާމުވެސް ހޯދާފައިވާ މުންޑޫ އާދަމް ހަލީމް ''އަވަސް'' ނޫހުގައި މަސައްކަތް ކުރި އަންހެން ނޫސްވެރިންތަކަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ އާއި ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ، އެކަމުގެ ޝިކާރައަކަށްވީ ކަމަށް ބުނާ ފަރާތްތަކުން ވަނީ އެ ވާހަކަތައް ޓްވިޓާގައި އާންމުކޮށް ހާމަކޮށްފައެވެ.

އެ ނޫހުގައި ކުރިން މަސައްކަތްކުރި އަންހެން ނޫސްވެރިޔަކުވެސް ވަނީ، އޭނާއަށް މުންޑޫ ޖިންސީ ފުރުއްސާރަ ކޮށްފައިވާ ވާހަކަތަކެއް ޓްވިޓާގައި ފެންމަތިކޮށްފައެވެ. އެ އަންހެން މުވައްޒަފު ބުނެފައިވާ ގޮތުން އޭނާ ''އަވަސް'' އިން ކެނޑުނީ މުންޑޫގެ ފަރާތުން ލިބުނު ޖިންސީ ފުރުއްސާރަތަކާއި ހެދިއެވެ.

ނޫސްވެރިންގެ ފަރާތުން އިދާރާތަކައި ހުށައެޅި ޕެޓިޝަންގައި ބުނީ، ނޫހެއްގެ އިތުބާރު ކުރެވޭ އިސް މަގާގެއްގައި ހުރި ފަރާތަކާ މެދު އެކަކަށް ވުރެ ގިނަ ފަރާތުން އެ ފަދަ ތުހުމަތުތަކެއް ކުރުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އޭނާގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވެނީ، ކުރިން ވީޓީވީގައި މަސައްކަތް ކުރަމުން ދިޔައިރު، އެ ޓީވީގެ އަންހެން މުވައްޒަފެއްގެ ގަޔަށް އަތްލައި، އަނިޔާ ކުރާ ވީޑިއޯއެއްވެސް މީގެ ކުރިން އާންމުވެފައި ވަނިކޮށެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ބަލައި ކުށްވެރިވާ ނަމަ ހައްގު އަދަބު ދިނުމަށް ނޫސްވެރިން ހުށައެޅި ޕެޓިޝަނުގައި ގޮވައިލިއެވެ. އަދި މީގެ އިތުރުން އެފަދަ ތުހުމަތުތައް ކުރެވޭ ފަރާތްތަކަށް މީގެ ކުރިން ދައުލަތުންނާއި އެކިއެކި އިދާރާތަކުން ދީފައިވާ އެވޯޑްތަކާއި "ގަލަންތަކާއި" ޝަރަފުތައް އަނބުރާ ގެނައުމާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް ނޫސްވެރިން ވަނީ އެދިފައެވެ.

އެގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ދީފައިވާ އާންމު ހިދުމަތުގެ ގައުމީ އިނާމާއި މީޑިއާ ކައުންސިލުން 2019 ވަނަ އަހަރު ދީފައިވާ "ނޫސްވެރިކަމުގެ ރަންގަލަން" މުންޑޫގެ ކިބައިން އަތުލުމަށްވެސް ޕެޓިޝަނުގައި ވަނީ އެދިފައެވެ. މި މައްސަލަ އާއި ގުޅޭ ގޮތުން މުންޑޫ މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު