Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައްޔާޒު މަޤާމުން ދުރުކުރުމުގެ މައްސަލަ

ނަޝީދު ފައްޔާޒަށް: ބުރޯ ހެދިގެން ނޫޅެ، ނިޒާމުގެ ތެރެއިން އުޅުއްވާ!

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ދަނީ މަސައްކަތް ކުރަމުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 14 އޯގަސްޓު 2020 | ހުކުރު 02:42
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ.

ރައީސް ނަޝީދު ފައްޔާޒަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރެއްވިއިރު، އެމަނިކުފާނު އިސްވެ ހުންނަވާ ފައްޔާޒު މަޤާމުން ދުރުކުރުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. އެގޮތުން ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިންތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ރައީސް ނަޝީދު ފައްޔާޒަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައިވަނީ އެޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައެވެ. ރާއްޖެއެމްވީ އަށް ސްކްރީންޝޮޓްތަކެއް ލިބިފައިވާ އެ ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމިުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލައަށް 30 މެމްބަރުންގެ ތާއީދު ލިބިފައިވާ ކަން ރައީސް ނަޝިދު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން އެ މެމްބަރުންނަށް ދިމާކޮށް ނުފޫޒު ނުފޯރުވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އެގޮތުން މެދު ހެންވޭރުގެ ދާއިރާ މެމްބަރުން އަލީ އާޒިމް އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) އާ ބެހިވަޑައި ނުގަތުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.

"ފައްޔާޒުގެ އިތުބާރު ނެތް ކަމަށް 30 މެމްބަރުން ބުނީމަ، ދެން ދިމާކުރާނީއެއް ނޫން. އަޅުގަނޑު މި ނިކުތީ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުމަށް" ރައީސް ނަޝިދު ގައުމީ މަޖިލީހަށް ފޮނުވި މެސެޖްގައި ލިޔެފައިވެއެވެ. "ފައްޔާޒު ވެސް މި ޕާޓީ ތެރޭގައި ބުރޯ ވެގެން އުޅެގެން ނުވާނެ. ނިޒާމުގެ ތެރެއިން އުޅުއްވާ" ރައީސް ނަޝީދު ވިދަޅުވިއެވެ.

ރައީސް ނަޝިދުގެ މެސެޖްތަކަށް ފައްޔާޒުވެސް ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައަކީ އެ ގުރޫޕުގެ ނުތަނަވަސްކަން އުފެދޭ ކަމަކަށް ވިޔަަނުދިނުމަށް ވަރަށް އާދޭހާއެކު އެދިވަޑާއިގަންނަވާ ކަމަށެވެ. އަދި މި މައްސަލައަކީ ރާއްޖޭގެ ޑިމަކްރަސީއަށް ޖާގަ އޮތް ކަން ހާމަ ކޮށްދޭ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން އެބަކު އެބަޔަކު އެވަގުތެއްގައި ކުރަން ޖެހޭ ކަމަށް ފެންނަ ކަންކަން ކުރަން ޖެހޭނެ. އެކަންކަމަށް ޖާގަ އޮންނަން ވާނެ. އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލަ، ތަގުދީރުގައި ލިޔެފައި އޮތް ގޮތަކަށް ހިނގައި ނިމިދާނެ. ހެޔޮ ބަސް ވިދާޅުވި ބޭފުޅުންނަށް ނިހާޔަތަށް ޝުކުރުވެރިވަން. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" ނަޝީދުގެ ޓްވީޓަށް ރައްދު ދެއްވާ ފައްޔާޒު ވިދާޅުވިއެވެ.

އެ ގުރޫޕުގައި ރައީސް ނަޝީދު ވަނީ ފައްޔާޒަށް ތުހުމަތުތަކެއްވެސް ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ބައެއް މަޝްރޫތަކަށް ފައްޔާޒުގެ ނުފޫޒު ފޯރުވައި، ކޮންޓްރެކްޓް އެކި މީހުންނަށް ދޭ ކަމަށެވެ. އަދި އޭގެ އިތުރުން އިތުބާރު ނެތް ކަމުގެ މައްސަލައަށްވެސް ނުފޫޒު ފޯރުވުމަށް ހުޅުމާލެ ދާއިރާ މެމްބަރު އަލީ ނިޔާޒު މެދުވެރިކޮަށް އިދިކޮޅު މެމްބަރުންނަަށް ގުޅުއްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

އެ ތުހުމަތުތަކުގެ ޖަވާބުގައި ފައްޔާޒު ވިދާޅުވީ އެއީ ސީދަ ކަނޑައެޅިގެން ދޮގު ކަމަށެވެ. އަދި އެއީ ރައީސް ނަޝީދަށް އެނގިވަޑައިގެން އޭނާގެ ބޮލުގައި އެޅުއްވި ދޮގު އިލްޒާމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ރައީސް ނަޝީދު އަށް ވަރަށް އިހުތިރާމް ކުރަން. އެކަމަކު ތިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް، ތިހެން ވިދާޅުވުމަކީ ވަރަށް ބޭއިންސާފުވެރިކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

ރާއްޖެއެމްވީ އަށް އެނިގިފައިވާ ގޮތުގައި ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ 25 މެމްބަރަކު ވަނީ ސޮއިކޮށްފައެވެ. ނަމަވެސް ބައެއް މެންބަރުން ގެންދަވަނީ ފައްޔާޒަށް އިތުބާރު އޮތް ކަމަށްބުނެ ފައްޔާޒުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވައްދަން ބޭނުންވަނީ 10 މެމްބަރުންގެ ސޮޔެވެ. އަދި އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ މަޖިލިހުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ދެބައިކުޅައެއްބައި މެމްބަރުންގެ (43 މެމްބަރުންގެ) ވޯޓެވެ. އެހެންކަމުން މިނިސްޓަރ ފައްޔާޒުގެ އިތުބާރުނެތްކަމަށް ފާސްކުރެވޭނީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންގެ ވޯޓާ އެކުއެވެ.

އެމްޑީޕީން މި މައްސަލަ ހުށައަޅަން ނިންމާފައިވަނީ 33 މެމްބަރުންގެ ސޮޔާއެކުއެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި ވިޕް ނެރެން ނަގާ ވޯޓު ފާސްވާން މި އަދަދަށް ވޯޓު ބޭނުންވެއެވެ. އެމްޑީޕީއަށް ނިސްބަވްތާ ޖުމްލަ މަޖިލިސް މެމްބަރުންގެ އަދަދަކީ 65 އެވެ،

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު