Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެސެޓް ރިކަވަރީ ކޮމިޝަން

އެސެޓް ރިކަވަރީ ކޮމިޝަން އުވާލާކަން އެނގިފައެއް ނެތް: ހޫދު

ކޮމިޝަން އުވާލުމުގެ ވިސްނުމެއް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާކަމެއް އެނގިވަޑައި ނުގަންނަވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އޯގަސްޓު 2020 | ބުދަ 11:45
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު- ހޫދު ވިދާޅުވީ އެފަދަ ވިސްނުންފުޅެއް އޮތްކަން އެނގިލައްވާފައި ނުވާކަމަށް

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު- ހޫދު ވިދާޅުވީ އެފަދަ ވިސްނުންފުޅެއް އޮތްކަން އެނގިލައްވާފައި ނުވާކަމަށް

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމުގެ ވިސްނުމެއް އޮތްކަން އެނގިފައިނުވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައިވާއިރު، އެކަމާ ގުޅިގެން "ރާއްޖެއެމްވީ" އިން ސުވާލު ކޮށްލުމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، އެ ކޮމިޝަން އުވާލުމުގެ ވިސްނުމެއް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާކަމެއް އަދި އެފަދަ ވިސްނުންފުޅެއް އޮތް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އޭގެ އިތުރުން، ކޮމިޝަން އުވާލަން ނިންމި ކަމެއް އެނގިވަޑައިގެންފައި ނެތް ކަމަށާއި، ކޮމިޝަނުގެ މަސައްކަތްތައް މިވަގުތުވެސް ކުރިއަށްދާ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދުވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ''ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަނުން ބަލަމުންދަނީ 2012 ވަނަ އަަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ތެރޭގައި ހިނގާފައިވާ ޚިޔާނަތުގެ މައްސަލަތަކާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލަތަކެެވެ. އޭގެ ތެރޭގައި ރަށްތަކާއި ފަޅުތައް ވިއްކައިގެން ހިންގާފައިވާ ޚިޔާނާތުގެ ބޮޑެތި މައްސަލަތައްވެސް ހިމެނެއެވެ.

ރިޔާސީ ކޮމިޝަންތަކަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމުގެ ބާރުލިބިގެންވާ ކޮމިޝަން ތަކެކެވެ. މީގެ ކުރިން ބޭއްވި ޕްރެސްކޮންފަރެންސް ގައި އަސްއަދު ވިދާޅުވެފައިވާ ގޮތުގައި، ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން ޖުމުލަ 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ދައުލަތައް ލިބެންޖެހެއެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

12 އެޕްރީލު 2017
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި
25 މާރިޗު 2017

އިންތިހާބުގައި ވޯޓްލާނީ، އިލެކްޝަން ކޮމިޝަން ބަދަލުކުރުމަށް ފަހު: އަލީ ނިޔާޒު

25 މާރިޗު 2017
އިންތިހާބުގައި ވޯޓްލާނީ، އިލެކްޝަން ކޮމިޝަން ބަދަލުކުރުމަށް ފަހު: އަލީ ނިޔާޒު
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
11 ފެބުރުއަރީ 2017

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު