Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލީ ބަޔާން ހުށަހެޅުން

ކެބިނެޓް ވަޒީރުންގެ ތެރެއިން އެއްވެސް ގޮތަކަށް މާލީ ބަޔާން ހުށަނާޅަނީ އިމްރާނާއި އަމީން!

މި ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ 7 މިނިސްޓަރަކު މާލީ ބަޔާން ހުށަހަޅާފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 އޯގަސްޓު 2020 | ހޯމަ 19:19
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން (ކ) އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (ވ)؛ މި ދެމިނިސްޓަރުންގެ އިތުރުން މި ސަރުކާރުގައި ހިމެނުނު 5 މިނިސްޓަރަކު މާލީ ބަޔާން ހުށަހަޅާފައި ނުވޭ

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން (ކ) އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (ވ)؛ މި ދެމިނިސްޓަރުންގެ އިތުރުން މި ސަރުކާރުގައި ހިމެނުނު 5 މިނިސްޓަރަކު މާލީ ބަޔާން ހުށަހަޅާފައި ނުވޭ

ސަރުކާރުގެ ކެބިނެޓްގައި މި ވަގުތު ހިމެނިވަޑައިގަންނަވާ މިނިސްޓަރުންގެ ތެރެއިން އެއްވެސް އިރަކު މާލީ ބަޔާން ހުށަހަޅުއްވާފައި ނުވަނީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކަން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެސެޓް ޑިކެލަރޭޝަން ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ރިޕޯޓުގައި ބުނެފައިވަނީ ބައެއް ވަޒީރުން އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހަޅާފައި ނުވާއިރު، ކުރީގެ ބައެއް ވަޒީރުންނާއި މިހާރުގެ ބައެއް ވަޒީރުން މަގާމާއި ހަވާލުވި ފަހުން މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުންވެސް މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ގާނޫނު އަސާސީގެ 138 ވަނަ މާއްދާގެ ދަށުން އެސެޓް ޑިކްލަރޭޝަން ހުށަހަޅަން ޖެހޭއިރު، ކެބިނެޓް މިނިސްޓަރުންގެ ތެރެއިން މަގާމާއި ހަވާލުވި ފަހުން އަދި އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހަޅާފައި ނުވާ އަދި މިހާރު ވެސް ކެބިނެޓްގައި ހިމެނޭ 2 މިނިސްޓަރެއް ހިމެނެއެވެ. އެއީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނާއި ހޯމް މިނިސްޓަރ އަބްދުﷲ އަމީނެވެ.

ކެބިނެޓްގައި ކުރިން ހިމެނިވަޑައިގެންނެވި 2 މިނިސްޓަރެއް ވެސް އެއްވެސް ގޮތަކަށް މާލީ ބަޔާން ހުށަހަޅުއްވާފައި ނުވެއެވެ. އެއީ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފާއި، މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދެވެ. އަދި މަގާމާ ހަވާލުވުމަށްފަހު އަހަރަކު އެއްފަހަރު ހުށަހަޅަން ޖެހޭ މާލީ ބަޔާން ހައުސިން މިނިސްޓަރ އާމިނަތު އާތިފާ ހުށަހަޅުއްވާފައި ނުވެއެވެ.

ސަރުކާރުގެ ކެބިނެޓްގައި ތިއްބެވި މިނިސްޓަރުންގެ ތެރެއިން 2019 ވަނަ އަހަރުގެ މާލީ ބަޔާން ހުށަހަޅުއްވާފައި ނުވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއެވެ.

މިނިވަން މުއައްސަސާތަކުގެ ތެރެއިން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުން ވަނީ ހުރިހާ މާލީ ބަޔާނެއް ހުށަހަޅުއްވާފައެވެ. އަދި އިލެކްޝަން ކޮމިޝަންގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުން ވެސް ވަނީ މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ މުއްދަތުގެ ތެރޭގައި ހުށަހަޅާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ރ) ގެ ދަށުން އެސެޓް ޑިކްލަރޭޝަން ހުށަހަޅަންޖެހޭ އިރު، ސިވިލް ސަރވިސްގެ ކުރީގެ ރައީސް އަދި ޖޭއެސްސީގެ ކުރީގެ މެންބަރު ޑރ. އަލީ ޝަމީމް ވަނީ 2018 އަދި 2019 ވަނަ އަހަރުގެ މާލީ ބަޔާން ހުށަނާޅާއެވެ. މީގެ އިތުރުން ޖޭއެސްސީގެ މެންބަރު އަބްދުލް ރައޫފް އިބްރާހިމް 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް އެއްވެސް ބަޔާނެއް ހުށަހަޅާފައި ނުވެއެވެ. އަދި އެ ކޮމިޝަންގެ މެންބަރު ލަތީފާ ގާސިމާއި، މުހައްމަދު އީސާފުޅު ވެސް 2019 ވަނަ އަހަރުގެ މާލީ ބަޔާން ހުށަހަޅާފައި ނުވެއެވެ.

އަބްދުލް ހަންނާނު އަހުމަދު 2018 އަދި 2019 ވަނަ އަހަރު ވެސް މާލީ ބަޔާން ހުށަހަޅާފައި ނުވެއެވެ. އަދި އަހުމަދު ފާރިސް މައުމޫން ވެސް 2019 ވަނަ އަހަރު މާލީ ބަޔާން ހުށަހަޅާފައި ނުވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން އެސެޓް ޑިކްލަރޭޝަން ޕީޖީ ހުސައިން ޝަމީމް ހުށަހަޅުއްވާފައި ނުވެއެވެ. ޕީޖީ ޝަމީމް ހުށަނާޅުއްވަނީ މަގާމާއި ހަވާލުވުމާއެކު ހުށަހަޅުއްވަން ޖެހޭ މާލީ ބަޔާނެވެ. ރިޔާސީ ކޮމިޝަންތަކުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޓީގެ މެންބަރު ނަދީމް އިބްރާހިމާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރު ސަރީރާ އަލީ މަގާމާއި ހަވާލުވުމުގެ ކުރިން އަދި އަހަރަކު އެއްފަހަރު ހުށަހަޅަން ޖެހޭ މާލީ ބަޔާން ހުށަހަޅުއްވާފައި ނުވެއެވެ.

މީގެ އިތުރުން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަންގެ ކުރީގެ މެންބަރު އަދީ ރައީސް ހުސްނުއް ސުއޫދު މަގާމާއި ހަވާލުވުމުގެ ކުރިން ހުށަހަޅަން ޖެހޭ މާލީ ބަޔާނާއި އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހަޅުއްވާފައި ނުވެއެވެ. އަދި އެ ކޮމިޝަންގެ ކުރީގެ މެންބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ކޮމިޝަންގެ ކުރީގެ މެންބަރު އާދަމް އިބްރާހިމް މަގާމާއި ހަވާލުވުމުގެ ކުރިންނާއި އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހަޅުއްވާފައި ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު