Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހެލްތު މިނިސްޓްރީގައި ހުރި މައްސަލަތައް

ހެލްތު މިނިސްޓްރީއަށް ރައީސް ނަޝީދުގެ ވަރުގަދަ އިލްތިމާސެއް

ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި މަޖިލިސް ހިންގަންވާ ގޮތް ކަމަށް ދޭހަވާ ކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 10 އޯގަސްޓު 2020 | ހޯމަ 07:56
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގެ ހިނގުމުގެ ނިޒާމު ގަޑުބަޑުނުކުރެއްވުމަށާއި، މަޖިލީހުން ކުރާ މަސައްކަތްތަކާ ގުޅިގެން ވުޒާރާތަކުން ބަޔާން ނުނެރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވާހަކަތައް އަމާޒުކުރެއްވީ ހެލްތު މިނިސްޓްރީއަށެވެ. ހޯމަ ދުވަހުގެ މަޖިލީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި، މަޖިލިސް ހިންގަންވާ ގޮތް ކަމަށް ދޭހަވާ އިބާރާތް ހުރި ކަމަށެވެ. އަދި މިއީ އެއްވެސް ވުޒާރާއަކަށް ކުރެވިގެން ވާނެ ކަމެއް ނޫންކަމަށް ވިދާޅުވެ ޒާތްޒާތުގެ ނޫސްބަޔާން ނެރިގެން މަޖިލީހުގެ މަސައްކަތްތަކާ ނުބެހުމަށް އިލްތިމާސް ކުރެއްވިއެވެ.

Advertisement - newsAdvertisement

ހެލްތު މިނިސްޓްރީން ނެރުނު ބަޔާނަކީ، އިޖުތިމާޢީ ކޮމިޓީގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ރާއްޖޭގެ ސިއްހީ ނިޒާމާއި ހެލްތު މިނިސްޓްރީއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ނެރުނު ބަޔާނެކެވެ. އެގޮތުން އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ބައެއް ފަރާތްތަކުން މައުލޫމާތު ހިއްސާކޮށްފައިވަނީ ކަމުގެ ހަގީގަތް އެ މިނިސްޓްރީން އޮޅުންފިލުވުމެއް ނެތި ކަމަށް ހެލްތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އިޖުތިމާޢީ ކޮމިޓީގައި ބައިވެރިވަޑައިގެންނެވި ބޭފުޅުން ވަނީ ސިއްހީ ދާއިރާ ހިންގުމަށް ކަނޑައެޅިފައިވާ ސިޔާސަތުތަކާއި އެކުލަވާލާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި މިބުނާ ސިޔާސަތުތަކާއި ގައިޑްލައިންތައް އެ ވުޒާރާގައި ތިއްބެވި ފަރާތްތަކަށް ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.

މި ކޮމިޓީ ބައްދަލުވުމުގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ޑރ. ހުސައިން މާހިރު، ޑރ. އިސްހާގު ޝަފީގު، ޑރ. މުހައްމަދު ޝާފީ މުނީރު، ހަފީޒާ އަލީ އަދި ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. މި އެންމެންނަކީވެސް ރާއްޖޭގެ ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅުންތަކެކެވެ.

މިފަހުން ހެލްތު މިނިސްޓްރީއާ ގުޅޭގޮތުން ތިލަވި ބައެއް ކަންކަމާއި ގުޅިގެން އެ ވުޒާރާއަށާއި ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މި ވާހަކަތަކަށް ރައްދު ދެމުން ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެ ވުޒާރާއިން ހުރިހާ މަސައްކަތެއް ވެސް ކުރަމުންދަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށެވެ. އަދި މިނިސްޓްރީން ކުރާ ހުރިހާ މަސައްކަތްތަކަކީ ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވައުދުނާމާގައި ހިމަނާފައިވާ ކަންކަން ފުރިހަމަކުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.

މީގެ ކުރިން މި މައްސަލައިގައި ރައީސް ނަޝީދު ވަނީ، އިޖުތިމާޢީ ކޮމިޓީގައި ސިއްހީ ތަޖުރިބާކާރުން ދެއްކެވި ވާހަކަތަކަށް ތާއީދުކުރައްވާ ޓްވީޓް ކުރައްވާފައެވެ. އެގޮތުން ތަފާތު ހިޔާލުތަކުގެ ބޭފުޅުން މަޖިލީހަށް ވަޑައިގެން މަޝްވަރާ ދިނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމު ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު