Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމިޓީތަކަށް މައުލޫމާތު ހިއްސާ ކުރާ ފަރާތްތައް

ތަފާތު ހިޔާލުގެ ބޭފުޅުން މަޖިލީހަށް ވަޑައިގެން މަޝްވަރާ ދިނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް: ނަޝީދު

މަޖިލިސް ކޮމިޓީތަކަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކީ އަބަދު ސަރުކާރަށް ތާއިދު ކުރައްވާ ބޭފުޅުންނެއް ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 އޯގަސްޓު 2020 | އާދީއްތަ 12:58
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ހެލްތް މިނިސްޓްރީގެ ކަންކަން ގޯސްކަމަށް ބުނެ ސިއްހީ ދައިރާގެ ބައެއް ބޭފުޅުން މަޖިލީހުގެ ކޮމިޓީއަކަށް މައުލޫމާތު ދެއްވައިފައިވަނިކޮށް، ތަފާތު ހިޔާލުތަކުގެ ބޭފުޅުން މަޖިލީހަށް ވަޑައިގެން މަޝްވަރާ ދިނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމްކަމަށް ވިދާޅުވެ އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވައިފިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ ހެލްތްގެ ދާއިރާގައި ކޮންމެހެން ތިއްބަވަންޖެހޭ މަގާމަކަށް ބޭފުޅުން މިހާތަނަށް އައްޔަން ކުރައްވާފައިނުވާތީއާއި، ސިއްހީ ނިޒާމު ވަރަށް ބޮޑަށް ދަށަށް ދާކަމަށް ވިދާޅުވެ، ސިއްހީ ދާއިރާގެ ބޭފުޅުންތަކެއް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ހެލްތު މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.

މަޖިލީހުގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ކޮމިޓީތަކަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކީ އަބަދު ސަރުކާރަށް ތާއިދު ކުރައްވާ ބޭފުޅުންނެއް ނޫން ކަމަށެވެ. އަދި އެކި ހިޔާލުގެ އެކި ބާވަތުގެ ބޭފުޅުން މަޖިލިހަށް ވަޑައިގަނެ މަޝްވަރާ ދެއްވުމަކީ ސަރުކާރު ޖަވާބު ދާރީ ކުރުމުގެ ނިޒާމް ކަމަށެވެ.

މަޖިލީހުގެ ކޮމިޓީގައި ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކުރައްވަމުން ވޭތުވެދި 45 ވަރަކަށް އަހަރު ރާއްޖޭގެ ޕަބްލިކް ހެލްތުގެ ދާއިރާގައި މަސައްކަތް ކުރެއްވި ހަފީޒާ އަލީ ވިދާޅުވެފައިވަނީ، ހެލްތުގެ ދާއިރާ ހިންގުމަށް ޕޮލިސީތަކެއް އަދި ގައިޑްލައިންތަކެއް ހަދާފައި ހުންނަކަމަށާއި ނަމަވެސް އެއީ އަމަލު ނުކުރާތަނުގައި އެޕޮލިސީތަކާއި ގައިޑްލައިންތައް އެނގޭ މީހަކު ވެސް ހެލްތް މިނިސްޓްރީގައި ނެތް ކަމަށެވެ. ހަފީޒާ ވިދާޅުވީ އެގްޒެކެޓިވް ލެވެލްގެ ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް މިނިސްޓްރީގައި ބާއްވަމުން ނުދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މީހުން ބިނާކުރުމާއި، ތަމްރީމް ޕްރޮގްރާމްތައް ހިންގަމުން ނުދާކަމަށާއި ބޭރުން އަންނަ ޑޮކްޓަރުންނާއި ޓެކްނިކަލް ބޭފުޅުންނަށް އޮރިއެންޓޭޝަން، އިންޑަކްޝަން ޕްރޮގްރާމްތައް ނުހިންގާއިރު، މިނިސްޓްރީގައި ތިބި ދިވެހި މުވައްޒަފުންނަށް އިތުރަށް ކުރިއަށް ދެވޭނެ ޕްރޮގްރާމްތައްވެސް ހިންގަމުން ނުދާކަމަށް ވެސް ހަފީޒާ ވިދާޅުވިއެވެ. ނަމަވެސް މީގެކުރިން މިފަދަ ޕްރޮގްރާމްތަށް ހިންގަމުންދިޔަ ކަމަށާއި މިހާރު އޮތީ ވަރަށް ބޮޑަށް ހުއްޓިފަ ކަމަށް ހަފީޒާ ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތުން ޢާންމު ޞިއްޙަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތަކާމެދު އާއްމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ހުޅުވާލާފައެވެ.

މި މައްސަލަ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ދިރާސާ ކުރަމުންދާއިރު ހޮނިހިރު ދުވަހުގެ ކޮމިޓީ ބައްދަލުވުމަށް ވަނީ ކަމާ ގުޅޭ އިދާރާތައް ހާޒިރުކޮށް، މި މައްސަލަ ދިރާސާ ކޮށްފައެވެ.

އާއްމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމުން މަޖިލީހުން ބުނީ އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސްއަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށެވެ. އެގޮތުން، ރާއްޖޭގެ ސިއްހީ ދާއިރާގެ ހާލަތާއި ގުޅިގެން އެ ދާއިރާގެ އިސް ބޭފުޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޕެންޑެމިކާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން އާއްމުންގެ ފާޑުކިއުންތައް ވެސް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު