Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާންގެ މުޒާހަރާ

ލުބުނާންގެ ފޮރިން މިނިސްޓްރީ ހިސޯރުކޮށް، މުޒާހަރާ ކުރި މީހުން އެ ތަނުން ބޭރުކޮށްލައިފި

އެ ޤައުމުގެ ރައީސް މައިކަލް އައުންގެ ފޮޓޯ ވެސް އަންދާލާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 9 އޯގަސްޓު 2020 | އާދީއްތަ 07:18
ލުބުނާންގައި ކުރި މުޒާހަރާގެ ތެރެއިން

ލުބުނާންގައި ކުރި މުޒާހަރާގެ ތެރެއިން

ލުބުނާންގެ ފޮރިން މިނިސްޓްރީ ހިސޯރުކޮށް، މުޒާހަރާ ކުރި މީހުން އެ ޤައުމުގެ ސިފައިން އެ ތަނުން ބޭރުކޮށްލައިފިއެވެ.

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ޕޯޓުގައި ހުރި ގުދަނެއްގައި ބާރުގަދަ ގޮވި ހާދިސާއާ ގުޅިގެން ހޮނިހިރު ދުވަހު ބައެއް މީހުން ވަނީ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ. އަދި މުޒާހަރާތަކުގެ ތެރެއިން އެ މީހުން ވަނީ ލުބުނާންގެ ފޮރިން މިނިސްޓްރީ ހިސޯރުކޮށް، އެތާނގެ ތެރޭގައި ވެސް މުޒާހަރާކޮށް އަޑުގަދަކޮށްފައެވެ.

މުޒާހަރާ ކުރި މީހުންގެ ގްރޫޕް ލީޑް ކުރުމަށްޓަކައި ހަރަކާތްތެރިވެފައިވަނީ ރިޓަޔަރވެފައިވާ ސިފައިންނެވެ. އެކި ބެނަރތައް ހިފައިގެން މުޒާހަރާގެ ބައިވެރިވެރިން ހަރަކާތްތެރިވިއިރު އެމީހުން ވަނީ އެ ޤައުމުގެ ރައީސް މައިކަލް އައުންގެ ފޮޓޯ ވެސް އަންދާފައެވެ.

މި މުޒާހަރާގައި ހަރަކާތްތެރިވި އެހެން ފަރާތްތަކުން އެ ޤައުމުގެ އިކޮނޮމިކް، އެނަރޖީ އެންޑް އެންވަޔަރަމެންޓް މިނިސްޓްރީތަކާއި ބޭންކިންގ އެސޯސިއޭޝަންތަކުގެ ބިލްޑިންގތައް ވެސް ހިސޯރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސިފައިންގެ އިތުރު ޓީމުތައް ވަނީ އެ ސަރަހައްދުތަކަށް ފޮނުވާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ބެއިރޫތުގައި ސިޔާސީ ގޮތުން ހަމަނުޖެހުން އުފައްދާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް އެމީހުންނާއި ދެކޮޅަށް ހާހަކަށްވުރެން ގިނަ މީހުން ވަނީ ނިކުމެ މުޒާހަރާކޮށް އަޑުއުފުލާފައެވެ. މުޒާހަރާގެ ބައިވެރިން ދެކޭ ގޮތުގައި މި ސިޔާސީ މީހުންވަނީ އެޤައުމު "ޑިޒާސްޓަރ ޒޯނަކަށް" ބަދަލު ކުރުމުގައި އިސް ރޯލެއް އަދާކޮށްފައެވެ.

ބެއިރޫތުގެ ޕޯޓުގައި ހުރި ގުދަނުގައި ރޯވެ ބާރުގަދަ ގޮވުމެއް ގޮވާފައިވާއިރު މި ހާދިސާގައި މަރުވި މީހުންގެ އަދަދު 158ށް ވަނީ އަރާފައެވެ. އަދި 6000ށްވުރެން ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު އެތައް ހާސްބައެއް ވަނީ މަގުމަތިވެ، ހާލުގައި ޖެހިފައެވެ.

ބާރުގަދަ ގޮވުން ގޮވާފައިވަނީ ބެއިރޫތުގެ ބަނދަރުމަތީ ސަރަހައްދުހައި ހުރި ގުދަން ތަކެއްގައި އެތައް އަހަރެއް ވަންދެން ރައްކާކޮށްފައި ހުރި ކެމިކަލްތަކެއްގައި ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އެމޯނިއަމް ނައިޓްރޭޓް އަކީ ގަސްކާނާ ހެއްދުމުގެ އިތުރުން ބޮން ހެދުމަށް ވެސް ބޭނުން ކުރާ މާއްދާއެކެވެ.

އެމޯނިއަމް ނައިޓްރޭޓަކީ އޭގެ ޒާތުގައި ގޮވާ ކެމިކަލެއް ނޫނެވެ. ނަމަވެސް މިއީ އޮކްސިޑައިޒާ އެކެވެ. އަދި އެހެން އެއްޗެއްގައި ރޯވުމަށް ބޭނުންވާ އޮކްސިޖަން ފަސޭހައިން ފޯރުކޮށްދިނުމަށް އެހީވާ މާއްދާއެކެވެ. ނަމަވެސް ސައިންސްވެރިން ބުނެފައިވާ ގޮތުން ވަކި ހާލަތްތަކެއް މެދުވެރިވެގެން މި ކެމިކަލްގައި ވެސް ރޯވެދާނެއެވެ.

އެ ޤައުމުގެ ރައީސް މައިކަލް އައުން ވިދާޅުވެފައިވަނީ 2,750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް އެއްވެސްކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާ ހަ އަހަރު ވަންދެން ގުދަނެއްގައި ބެހެއްޓުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ. އަދި މިކަމާއި ގުޅިގެން ޒިންމާވާން ޖެހޭ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ބާރުގަދަ ގޮވުމާއެކު ލެބަނާނުގެ ޕޯޓު ސަރަހައްދު އެކީގައިހެން ވަނީ ބިމާ ހަމަވެފައެވެ. އަދި ކެމިކަލް ހުރި ގުދަން ހުރި ސަރަހައްދުގައި ބޮޑު ވަޅުގަނޑެއް ހެދިފައިވާ އިރު އެ ސަރަހައްދުގައި ހުރި އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. ބޭއިރޫތުގައި ބާރުގަދަ އެއްޗެހިތަކެއް ގޮވާފައި މި ވަނީ ކުރީގެ ބޮޑު ވަޒީރު ރަފީގު ހަރީރީ 2005 ވަނަ އަހަރު އަވާރަކޮށްލި މައްސަލައިގައި ހުކުމް އިއްވަން ތައްޔާރުވަމުން ދަނިކޮށެވެ.

ބޭއިރޫތުގައި ގޮވި ގޮވުމާއި ގުޅިގެން އެ ޤައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

އިތުރަށް ކިޔާލަން

03 މެއި 2017

ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

03 މެއި 2017
ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި
30 އެޕްރީލު 2017

ރައީސް ކަމަށް ޕޫޓިން ވާދަނުކުރެއްވުމަށް ގޮވާލާ މުޒާހަރާކުރި ބަޔަކު ހައްޔަރުކޮށްފި

30 އެޕްރީލު 2017
ރައީސް ކަމަށް ޕޫޓިން ވާދަނުކުރެއްވުމަށް ގޮވާލާ މުޒާހަރާކުރި ބަޔަކު ހައްޔަރުކޮށްފި
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު