Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން

ބަންގްލަދޭޝް ބަޔަކު ގަލޮޅު ދަނޑު ސަރަހައްދަށް އެއްވެއްޖެ

ގިނަ ބިދޭސީން ތަކެއް އެއްވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 އޯގަސްޓު 2020 | އާދީއްތަ 06:27
ބިދޭސީ މަސައްކަތްތެރިންތަކެއް މިއަދު ގަލޮޅު ދަނޑު ސަރަހައްދަށް އެއްވެ: އެއްވީ ރަށަށް ދާން ކަމަށް ބުނެ

ބިދޭސީ މަސައްކަތްތެރިންތަކެއް މިއަދު ގަލޮޅު ދަނޑު ސަރަހައްދަށް އެއްވެ: އެއްވީ ރަށަށް ދާން ކަމަށް ބުނެ

ރާއްޖޭގައި އުޅޭ ބިދޭސީން ދޭތެރެދޭތެރެއިން މާލެ ސަރަހައްދުގައި ކުރަމުންދާ މުޒާހަރާތަކާއި އެއްވުންތަކުގެ ތެރެއިން އާދިއްތަ ދުވަހު ގަލޮޅު ދަނޑު ސަރަހައްދަށް އެއްވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 08:30 ފެށިގެން ބިދޭސީންތަކެއް ގަލޮޅު ދަނޑު ސަރަހައްދަށް ޖަމާވަމުންދިޔަ އެވެ. އަދި 09:00 ހާއިރު ރާއްޖެޓީވީގެ ނޫސްވެރިޔަކު އެސަރަހައްދަށް ދިޔައިރު، ފުލުހުންގެ ވެހިކަލަކާއެކު ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރި ވެފައިވެއެވެ. އަދި 09:30 އެހާކަންހާއިރު، ފުލުހުން ވަނީ އެމީހުން އެތަނުން ފޮނުވާ ލާފައެވެ.

ގަލޮޅު ދަނޑު ސަރަހައްދުގައި އެއްވެގެން އުޅުނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އަދި އެމީހުންގެ އަތުގައި ކާކުކަން އަންގައިދޭ ރަސްމީ އެއްވެސް ލިޔުކިޔުމެއް ނެތްއިރު، އެއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންކަން ވަނީ އެނގިފަ އެވެ.

އެތަނުން ދެތިން ބިދޭސީންނާ ވާހަކަ ދައްކާލުމުން އެމީހުން ބުނެފައިވަނީ، އެމީހުން އެތަނަށް އެއްވީ، ރަށަށް ދާން ބޭނުންވެގެން ރެޖިސްޓްރީ ކުރުމަށެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެފަދަ އެއްވެސް ހަރަކާތެއް ގަލޮޅު ދަނޑުގައި އާދިއްތަ ދުވަހު ހިންގަން ނިންމާފައެއް ނުވެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރެޖިސްޓްރީ ކުރުމުގެ ހަރަކާތެއް، ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދިއުމުގެ ކުރިން ގަލޮޅު ދަނޑުގައި އިކޮނޮމިކް މިނިސްޓްރީން ހިންގާފައި ވެއެވެ.

ސަރުކާރަށް ތާއީދު ކުރާ ސިޔާސީ ބައެއް ފަރާތްތަކުން ބުނަމުންދަނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މެދުވެރިކޮށް، ރާއްޖޭގައި ހަމަނުޖެހުން ހިންގުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، އަނބުރާ ރަށަށް ދާން ބޭނުންވާ ބިދޭސީން ރެޖިސްޓްރީ ކުރުމަށް ގަލޮޅު ދަނޑަށް ދިއުމަށް ބުނެ ދޮގު މައުލޫމާތު ދިނުމަކީ އިދިކޮޅު ފަރާތްތަކުން ކޮށްފާނެ ކަމެއްކަމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުން ދެއެވެ.

ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދޭ މައްސަލައާއި އެމީހުންގެ ހައްގުތަކާ ގުޅޭ ބޮޑެތި މައްސަލަތަކެއް ރާއްޖޭގައި ވަނީ ފެންމަތި ވެފަ އެވެ. އަދި އެކަންކަމާ ގުޅިގެން ބިދޭސީ މަސައްކަތްތެރިން މުޒާހަރާތައްކޮށް ، ރާއްޖޭގެ ސަލާމަތީ ބާރުތަކާ ކުރިމަތިލާފައި ވެސް ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ދެ ލައްކައަށްވުރެ ގިނަ ބިދޭސީން އުޅޭ ކަމަށް ވެއެވެ. މީގެތެރޭގައި ގަވާއިދާ ހިލާފަށް ލައްކައެއްހާ ބިދޭސީން އުޅޭކަމަށް ވެއެވެ. ގަވާއިދާ ހިލާފަށް އުޅެނީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ.

ރައީސް ޞާލިހުގެ ސަރުކާރުން ވަނީ ބަންގްލަދޭޝް މަސައްކަތްތެރިންނަށް ވާރކްވީޒާ ދިނުމަށް މެދުކަނޑާލާފަ އެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތްތަކެއް ވެސް މިސަރުކާރުން ކުރަމުން ދެއެވެ. އެގޮތުން މިހާތަނަށް 4500 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. އަދި އިކޮނޮމިކް މިނިސްޓްރީން ބުނަނީ މިއަހަރުގެ ތެރޭގައި 20،000 މީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.

ރާއްޖޭގައި އިންތިހާއަށް ބިދޭސީން އިތުރުވެފައިވަނީ، ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ކޮށްކޯފުޅު އަބްދުﷲ އަލްގީން އާއި އިމިގްރޭޝަންގެ އޭރުގެ އިސްވެރިންގެ މައްޗަށް ތުހުމަތު ކުރަމުން ދެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އަލްގީން ވަނީ އިމިގްރޭޝަންގެ އިސް މަގާމް އެއް އަދާ ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

03 މާރިޗު 2017
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި
03 މާރިޗު 2017

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

03 މާރިޗު 2017
ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
26 ފެބުރުއަރީ 2017

ގަލޮޅު ގެއަކުން ހަށިވިއްކަމުންދިޔަ މީހަކު އަތުލައިގެންފި

26 ފެބުރުއަރީ 2017
ގަލޮޅު ގެއަކުން ހަށިވިއްކަމުންދިޔަ މީހަކު އަތުލައިގެންފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު