Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރޮބީނިއޯ ބަޝުންދަރާއަށް ބަދަލުވުން

ބަޝުންދަރާއަށް ބްރެޒިލްގެ ފޯވާޑެއް

ރޮބީނިއޯ ބަޝުންދަރާއާ ގުޅުނީ އެއް އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2020 | ހޮނިހިރު 07:57
ބްރެޒިލްގެ ފްލުމިނެސޭއަށް ކުޅުނު ފޯވާޑް ރޮބްސަން އަޒެވޭޑޯ ޑަ ސިލްވާ (ރޮބީނިއޯ)

ބްރެޒިލްގެ ފްލުމިނެސޭއަށް ކުޅުނު ފޯވާޑް ރޮބްސަން އަޒެވޭޑޯ ޑަ ސިލްވާ (ރޮބީނިއޯ)

އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބްރެޒިލްގެ ފްލުމިނެސޭގެ ފޯވާޑް ރޮބްސަން އަޒެވޭޑޯ ޑަ ސިލްވާ (ރޮބީނިއޯ) ގެ ސޮއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއިން ހޯދައިފިއެވެ.

ބަންގްލަދޭޝްގެ ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 25 އަހަރުގެ ރޮބީނިއޯ ބަޝުންދަރާއާ ގުޅުނީ އެއް އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އަންނަ އަހަރު ޖުލައި މަހުގެ ނިޔަލަށެވެ. އަދި ބަޝުންދަރާއިން ވަނީ އެޓީމަށް ކުޅެމުން އައި ކޮސްޓަ ރިކާ ގައުމީ ޓީމުގެ ފޯވާޑް ޑެނިއަލް ކޮލިންދްރެސް ދޫކޮށްލާފައެވެ.

ބަޝުންދަރާއާ ގުޅުނު ރޮބީނިއޯ، އޭނާގެ ކެރިއަރު ފަށާފައިވަނީ 2017 ވަނަ އަހަރު ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ފްލުމިނޭސޭ އާއެކުއެވެ. އެކަމަކު ފާއިތުވި އަހަރުތަކުގައި ރޮބީނިއޯ ކުޅެފައިވަނީ ލޯނު އުސޫލުން އެހެން ޓީމުތަކަށެވެ. އެގޮތުން މިދިޔަ ދެ އަހަރު އެމެރިކާގެ ޓީމުތަކަށް ކުޅުމަށްފަހު، އޭނާ އެންމެ ފަހުން ކުޅެފައިވަނީ ބްރެޒިލްގެ ސައޮ ޕައޮލޯގެ ސްޓޭޓް ލީގުގައި ވާދަކުރާ އެގުއާ ސަންޓާއަށެވެ.

ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިން ކޯޗުކޮށްދިން ސްޕެއިންގެ އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޝުންދަރާއަށް ބްރެޒިލްގެ ފޯވާޑެއް ގެނައިރު، އަންނަ އޮކްޓޯބަރު މަހު އަލުން ފަށާ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް އެ ޓީމުން އަންނަނީ ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ ކަޕްގެ މެޗުތައް މެދުކަނޑާލީ މާޗު މަހުގެ ތެރޭގައެވެ. އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް އޮކްޓޯބަރު މަހު 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ރާއްޖޭގައި ކުޅޭ ގޮތަށް މިހާރު ނިންމާފައިވާއިރު، ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަޝުންދަރާ ވަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އޭއެފްސީ ކަޕް މެޗުތައް އަލުން ފަށާއިރު، ފުރަތަމަ މެޗުގައި ބަޝުންދަރާ ނުކުންނާނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭމާ ޖޫނިއަރސް ފައިވް: ގައުމީ ޗެމްޕިއަންކަމާއެކު ބްރެޒިލްގެ ޓިކެޓް އަނެއްކާ ވެސް ކްލަބް ޓީނޭޖަށް

ނޭމާ ޖޫނިއަރސް ފައިވް: ގައުމީ ޗެމްޕިއަންކަމާއެކު ބްރެޒިލްގެ ޓިކެޓް އަނެއްކާ ވެސް ކްލަބް ޓީނޭޖަށް

30 އެޕްރީލު 2018
ބްރެޒިލްގެ މިޑްފީލްޑަރ ކަކާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ބްރެޒިލްގެ މިޑްފީލްޑަރ ކަކާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

18 ޑިސެމްބަރު 2017
ބްރެޒިލްގެ ތަރި ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ބްރެޒިލްގެ ތަރި ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

24 ނޮވެމްބަރު 2017
ބްރެޒިލްގެ އައު ރޮނާލްޑޯ އަކީ ގެބްރިއެލް ޖީސަސް: އަލްވޭސް

ބްރެޒިލްގެ އައު ރޮނާލްޑޯ އަކީ ގެބްރިއެލް ޖީސަސް: އަލްވޭސް

14 ނޮވެމްބަރު 2017
ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

05 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު