Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނޭމާ ޖޫނިއަރސް ފައިވް

ނޭމާ ޖޫނިއަރސް ފައިވް: ގައުމީ ޗެމްޕިއަންކަމާއެކު ބްރެޒިލްގެ ޓިކެޓް އަނެއްކާ ވެސް ކްލަބް ޓީނޭޖަށް

މިދިޔަ އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކްލަބް ޓީނޭޖް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 30 އެޕްރީލު 2018 | ހޯމަ 17:05
މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކްލަބް ޓީނޭޖް

މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކްލަބް ޓީނޭޖް

ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ނޭމާ އަދި ރެޑްބުލްއިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ނޭމާ ޖޫނިއަރސް ފައިވް" ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ބްރެޒިލްއަށް ދިޔުމުގެ ޓިކެޓް އަނެއްކާ ވެސް ކްލަބް ޓީނޭޖުން ކަށަވަރު ކޮށްފިއެވެ.

ގައުމީ ކޮލިފައިންގެ ފައިނަލުގައި ކްލަބް ޓީނޭޖް ކުރި ހޯދީ އެލްޕީ ސްޕޯޓްސްގެ މައްޗަށް ގޯލްޑެން ގޯލުގައި 1-0 ގެ ނަތީޖާއަކުންނެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖޭގައި 11 ކޮލިފައިން ބުރު ކުޅުނުއިރު 220 ޓީމު ބައިވެރިވިއެވެ. ހަމައެހެންމެ މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ 2261 ކުޅުންތެރިޔަކު ވެސް ބައިވެރިވިއެވެ. މި މުބާރާތުގެ ތައްޓާއި ބޯޑިން ޕާސް ކްލަބް ޓީނޭޖާއި ހަވާލު ކޮށްދެއްވީ ރެޑްބުލްގެ ބާސްކެޓްބޯލް އެތުލީޓު އިބްރާހިމް ރަޝްވާން (ޗިކޫ) އެވެ.

ކްލަބް ޓީނޭޖްގެ ކެޕްޓަން އިސްމާއިލް ފާތިހު ބުނީ މުބާރާތުގެ ޗެމްޕިއަންކަން ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ދެވަނަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ލިބުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ މިއަހަރުގެ މުބާރާތުގައި ކުޅުނީ އެންމެ މުހިންމު ދެ ކުޅުންތެރިން ނުލައި ކަމަށާއި އެ ދެ ކުޅުންތެރިން ނެތިވެ މޮޅުވުމަކީ ވެސް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

ކްލަބް ޓީނޭޖްގެ ކުޅުންތެރިންނަކީ ރާއްޖޭގައި ފާހަގަ ކޮށްލެވޭ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ތޭރޭގައި ހިމެނޭ ކުޅުންތެރިންނެވެ. މީގެ ތެރޭގައި އިސްމާއިލް ފާތިހް (ތާޑޭ)، ހުސެން ޝަރީފް (އޮންލީ)، ރިހާމް އަބްދުލް ޣާނީ (ރިއްޕެ)، އިބްރާހިމް ނަޝީދް، އަހުމަދު އަޔާޒް (އަޔާ) އަދި އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި) ހިމެނެއެވެ.

ކުރީ އަހަރު ބޭއްވި މި މުބާރާތުގެ ދުނިޔޭގެ ފައިނަލުގައި ގްރޫޕް ސްޓޭޖްގައި ކްލަބް ޓީނޭޖްއިން ވަނީ ހަތަރު ގައުމަކާއި ވާދަކޮށްފައެވެ. އޭގެ ތެރެއިން ސްވީޑެންއާއި މެލޭޝިޔާއާއި ކުޅުނު ދެ މެޗުން ބަލިވެފައިވީ ނަމަވެސް، ސްޕެއިން އަދި އިންޑިޔާ އާއި އެކު ކުޅުނު ދެ މެޗުން ވަނީ މޮޅުވެ ނޮކައުޓް ސްޓޭޖަށް ދަތުރު ކޮށްފައެވެ. އިންޑިޔާ އަތުން 5:1 ގެ ނަތީޖާއިން މޮޅުވެ، ސްޕެއިން އަތުން ރާއްޖެ މޮޅުވީ 5:2 ގެ ނަތީޖާއަކުންނެވެ.

ކުރީ އަހަރާއި އެއްގޮތަށް މިއަހަރު ވެސް މާލެ، ގދ. ތިނަދޫ، ގއ. ވިލިނގިލި، ޏ. ފުވައްމުލައް އަދި އައްޑޫގައި ކޮލިފަޔަރުތައް ބޭއްވުނެވެ. އަދި މީގެ އިތުރުން ފުރަތަމަ ފަހަރަށް ހދ. ކުޅުދުއްފުށި، ލ. ގަން އަދި ރީތިރަށް ރިސޯޓުގައިވެސް ކޮލިފަޔަރު ބޭއްވުނެވެ.

މި މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން ކޮންމެ ޓީމެއްގައި ވެސް ކީޕަރާއެކު ހިމެނޭނީ ފަސް ކުޅުންތެރިންނެވެ. އަދި 10 މިނެޓަށް ކޮންމެ މެޗެއް ވެސް ކުޅެވިގެންދާއިރު އިދިކޮޅު ޓީމުން ޖަހާ ކޮންމެ ލަނޑަކަށް، ލަނޑު ވަން ޓީމުގެ ކުޅުންތެރިޔަކު ދަނޑުން ފައިބަންޖެހޭނެއެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރުމަށް ކްލަބް ޓީނޭޖް ބްރެޒިލްއަށް ދަތުރުކުރާނީ އަންނަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު