Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤާނޫނުއަސާސީއަށް 12 އަހަރު ފުރުން

"ޤާނޫނުއަސާސީގެ ބެލެނިވެރި ފަރާތްކަމަށް ދައުވާކުރާ ބަޔަކު މިއަދު ސުޕްރީމް ކޯޓުގައެއް ނެތް"

ޤާނޫނުއަސާސީގެ އަސްލު ބެލެނިވެރިން ކަމުގައިވާ ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އޯގަސްޓު 2020 | ހުކުރު 17:55
މާފަންނު އުތުރު ދާއިރާގެ މަޖލިސް މެމްބަރު އިމްތިޔާޒު ފަޙުމީ (އިންތި)- އިންތިއަކީ ފަނޑިޔާރުގެ އިސްލާޙު ކުރުމުގެ ވާހަކަ އަބަދުވެސް ދައްކަވާ މެމްބަރެއް

މާފަންނު އުތުރު ދާއިރާގެ މަޖލިސް މެމްބަރު އިމްތިޔާޒު ފަޙުމީ (އިންތި)- އިންތިއަކީ ފަނޑިޔާރުގެ އިސްލާޙު ކުރުމުގެ ވާހަކަ އަބަދުވެސް ދައްކަވާ މެމްބަރެއް

ޤާނޫނުއަސާސީގެ ބެލެނިވެރި ފަރާތްކަމަށް އަމިއްލައަށް ދައުވާކުރާ ބަޔަކު މިއަދު ސުޕްރީމް ކޯޓުގައި ނެތް ކަމަށް މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒު ފަޙުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ޤާނޫނުއަސާސީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު އެންމެ ހިތްހަމަޖެހުން ލިބޭ އެއްކަމަކީ، ޤާނޫނުއަސާސީގެ ބެލެނިވެރި ފަރާތަކީ ތިމަންނަމެންނޭ ބުނެ ދައުވާކުރާ ބަޔަކު ނެތް ސްޕްރީމް ކޯޓެއް އެކުލަވާލެވިފައިވުން ކަމަށެވެ.

އަދި ޤާނޫނުއަސާސީއަށް 12 އަހަރު ފުރޭއިރު، އެ ޤާނޫނުއަސާސީގެ އަސްލު ބެލެނިވެރިން ކަމުގައިވާ ދިވެހި ރައްޔިތުންނަށް ތަޙްނިޔާ އަރިސްކުރައްވާ ކަމަށް މެމްބަރު އިންތި ވިދާޅުވިއެވެ.

ފަނޑިޔާރުގެ އިސްލާޙު ކުރުމާ ގުޅޭގޮތުން މީގެ ކުރިންވެސް މެމްބަރު އިމްތިޔާޒު ވަނީ ވަކާލާތު ކުރައްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ގައުމާއި ދަރިންގެ ހައްގާއި ކުރިމަގަށް ފަނޑިޔާރުގެ އިސްލާހުކުރާ ވާހަކަ ދައްކަންޖެހޭ ކަމަށާއި، ހަލާކުވެ ދާނީވެސް ފަނޑިޔާރުގެ އިސްލާހުކުރާ ވާހަކަ ދައްކައިގެން ކަމަށް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އިމްތިޔާޒު ވިދާޅުވީ އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމްކުރަން ބޭނުންވާ ކަމަށާއި، އެފަދަ ވާހަކަތަކާއި، މަންޒަރުތައް ދަރިންގެ ދަރިންނަށްވެސް ދައްކުވައިދޭން ބޭނުންވާ ކަމަށެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ އަށް އަމަލުކުރަން ފަށާފައިވަނީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު

އިތުރަށް ކިޔާލަން

26 މާރިޗު 2017

ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

26 މާރިޗު 2017
ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
03 މާރިޗު 2017

ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

03 މާރިޗު 2017
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު