Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރަނުގެ އަގު އުފުލުން

ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ރެކޯޑް އަދަދަކަށް އުފުލިއްޖެ

ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ހުރީ އައުންސަކަށް 2041.33 ޑޮލަރުގައި

އަމަން ހަލީމް
އަމަން ހަލީމް | 6 އޯގަސްޓު 2020 | ބުރާސްފަތި 19:01
ރަނުގެ ވިޔަފާރީގައި ގެންގުޅޭ ބުލިއަން ބަރތަކެއް

ރަނުގެ ވިޔަފާރީގައި ގެންގުޅޭ ބުލިއަން ބަރތަކެއް

ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު އައުންސަކަށް 2041.33 ޑޮލަރަށް އުފުލި، ފުރަތަމަ ފަހަރަށް 2000 ޑޮލަރުގެ އަގު ފަހަނައަޅާ ގޮސްފިއެވެ.

ރަނަކީ މި އަހަރުގެ މައުދަނުގެ ބާޒާރުގައި އެންމެ ރަނގަޅަށް ޕަރފޯމް ކުރަމުން އަންނަ އެސެޓެވެ. އަދި ކޮވިޑް ރޯގާއާ ގުޅިގެން ދުނިޔޭގެ އިގްތިސާދީ ކުރިމަގަށް ހިޔަނި އެޅިފައިވާ ދަނޑިވަޅެއްގައި ރަނަށް އޮތް އިތުބާރު ބޮޑުވެ، އިންވެސްޓް ކުރާ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ.

ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ ފޯބްސް މަޖައްލާއިން ރޮއިޓަރޒްއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އަހަރު އެކަނިވެސް ރަނުގެ އަގު ވަނީ 34 އިންސައްތަ އުފުލިފައެވެ. ރަނުގެ އިތުރުން، ރިއްސާއި އެހެން ބައެއް މައުދަނުގެ އަގުތައް ވެސް އުފުލިފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ރަނުގެ އަގުތައް މައްޗަށްދާ ސަބަބުތަކުގެ ތެރޭގައި ކޮވިޑް19 އާ ގުޅިގެން ދޫކުރަމުންދާ ސްޓިމިއުލަސް ޕެކޭޖްތައް ހިމެނެއެވެ. އެގޮތުން މި ރޯގާގެ ސަބަބުން އިގްތިސާދަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް، ގައުމުތަކުގެ ސަރުކާރާއި މަރުކަޒީ ބޭންކު ގުޅިގެން 20 ޓްރިލިއަން ޑޯލަރުގެ އަގުހުރި ސްޓިމިއުލަސް ޕެކޭޖްތައް ވަނީ އިއުލާންކޮށްފައެވެ. މީގެ ސަބަބުން އިންފްލޭޝަން މައްޗަށް ގޮސް، އެހެން ބައެއް ކަހަލަ މުދަލުގެ އަގުތައް ދަށަށް ދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އަގުތައް މައްޗަށްދާ އެހެން ސަބަބެއްގެ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދު ކަމުގައިވާ ޗައިނާ އާއި އެމެރިކާގެ ކޯޅުން އިގްތިސާދީ މާހިރުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، މި ދެ ގައުމުގެ ގުޅުން ރަނގަޅު ނުވާހާ ހިނދަކު، ރަނާއި އެހެނިހެން މައުދަނުގެ އަގުތައް މައްޗަށް ދާނެ ކަމަށް ލަފާކުރެއެވެ.

ރަނުގެ ބާޒާރު ދިރާސާކުރާ އެނަލިސްޓުން އަންދާޒާކުރާ ގޮތުގައި، ކުރިއަށް އޮތް އަހަރު ވެސް ރަނުގެ އަގުތައް މައްޗަށް ދާނެއެވެ. އަދި މި ރޯގާގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ހުއްޓިފައިވާ މުއްދަތު އިތުރުވާ ވަރަކަށް، މިހެން ވުމުގެ ފުރުސަތު ބޮޑު ވާނެ ކަމަށްވެސް ވަނީ އަންދާޒާކޮށްފައެވެ. ބޭންކް އޮފް އެމެރިކާގެ އެނަލިސްޓުން އަންދާޒާކުރާ ގޮތުގައި، ރަނުގެ އަގު އަންނަ އަހަރު 3000 ޑޮލަރަށް އުފުލޭނެއެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2017

ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!

01 ޖޫން 2017
ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!
31 މެއި 2017

ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި

31 މެއި 2017
ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު