Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަންދު ދުވަސްތަކުގައި ކޯޓުން ބައެއް ހިދުމަތް ދެނީ

ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޯޓުތަކުން ހިދުމަތްދޭނެ އުސޫލު އާންމުކޮށްފި

4 އޯގަސްޓު 2020 | އަންގާރަ 02:46

އޮންލައިންކޮށް ދެވޭ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ވަނީ ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 އޯގަސްޓު 2020 | އަންގާރަ 02:46
ޝަރުއީ ގިނަ ކޯޓުތަކާއި ޖުޑިޝަރީގެ ހިދުމަތްތައް ދެމުން އަންނަ އިމާރާތް

ޝަރުއީ ގިނަ ކޯޓުތަކާއި ޖުޑިޝަރީގެ ހިދުމަތްތައް ދެމުން އަންނަ އިމާރާތް

މި ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ބަންދުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާއި ގުޅިގެން ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުން މަސައްކަތްތައް އިންތިޒާމް ކުރާނެ އުސޫލެއް އާންމުކޮށްފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާންމުކުރި އުސޫލުގައި ބުނެފައިވަނީ އޮފީސް ނުހުޅުވާ ދުވަސްވަރު، ކޯޓުން ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން އީމެއިލް ނުވަތަ ކޯޓުން ކަނޑައަޅާ ވަޞީލަތެއް މެދުވެރިކޮށް ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހެޅޭ ގޮތް ހެދުމާއި މައްސަލަތައް އާމުންނަށް މަޢުލޫމާތު ސާފުކުރެއްވޭނެ އިންތިޒާމު ހަމަޖައްސައި އެކަން ޢާއްމުކުރެވޭނެ ކަމަށެވެ. އަދި އޮފީސް ނުހުޅުވާ ދުވަސްވަރު ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ބޭއްވުމަށް ނިންމާފައިވާ ޝަރީޢަތުގެ މަޖިލިސްތައް، ކޯޓުގެ ފަނޑިޔާރުން ކަނޑައަޅާ ގޮތެއްގެ މަތިން ވީހާވެސް މަދު މުވައްޒަފުން ނެރެގެން ނުވަތަ ޑިޔުޓީ އުޞޫލުން މުވައްޒަފުން ނެރެގެން ކުރިއަށްގެންދިއުމާއި އޮންލައިންކޮށް ބޭއްވޭނެ ޝަރީޢަތުގެ މަޖިލިސްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

މީގެއިތުރުން ކޮންމެހެން މަސައްކަތަށް ނެރެން ޖެހިގެން ނެރޭ މުވައްޒަފުންގެ ތެރޭގައި 60 އަހަރުން މަތީގެ މުވައްޒަފުންނާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެބަލިތަކެއް ހުރުމުން ކޮވިޑް-19 ޖެހިގެން ޙާލު ބޮޑުވުމުގެ ހިރާސް އޮތް ފަދަ ބަލިތައްކަމަށް ނިންމާފައިވާ ބަލިތައް ހުންނަ މުވައްޒަފުން މަސައްކަތަށް ނުނެރެވޭކަން ކަށަވަރު ކުރުމަށް ވެސް ވަނީ މިއުސޫލުގައި ހިމަނާފައެވެ. އަދި ކޯޓު ނުހުޅުވާ މަސައްކަތް ކުރާ މުއްދަތުގައި ގެއިން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ގޭގައި ކުރެވޭނެ މަސައްކަތްތައް ގެއިން ކުރުމަށް ބާރު އެޅުމުގެ އިތުރުން މުޖުތަމަޢުގެ ތެރޭގައި ކޮވިޑް-19 ފެތުރެމުންނުދާ ރަށްރަށުގައި، ޝަރުޢީ ކޯޓުތަކުން ދޭ ޚިދުމަތްތައް ޢާއްމު އުޞޫލުން ދެމުން ގެންދިއުމަށް ވަނީ އަންގާފައެވެ.

ޖުޑިޝަރީން ބުނެފައިވަނީ ދައުލަތުގެ އިދާރާތަށް ނުހުޅުވާގޮތަށް ހަމަޖައްސާފައިވަނީ، ކޮވިޑް-19 ކޮންޓްރޯލް ކުރުންމުގެ ބޭނުމުގައި ކަމަށްވާތީ، އިޖްތިމާޢީ ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި މި ބަންދުގެ މުއްދަތުގައި ޝަރުއީ ދާއިރާގެ އެއްވެސް މުވައްޒަފަކު ޝަރޫރީ ބޭނުމެއްގައި މެނުވީ، ގެއިން ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

13 މާރިޗު 2017

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

13 މާރިޗު 2017
އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
27 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި
26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް