Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންނަށް އުޖޫރަ ނުދިނުން

މުސާރަ ނުދީގެން އަނެއްކާވެސް ބިދޭސީންތަކެއް އިހުތިޖާޖު ކޮށްފި

އެ ސަރަޙައްދުގައި ގާތްގަނޑަކަށް 50 ބިދޭސީން އެއްވެ އުޅުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އޯގަސްޓު 2020 | ހޯމަ 07:04
ޣިޔާސުއްދީން ސުކޫލް ކުރިމައްޗަށް އެއްވެ ބިދޭސީންތަކެއް އިހުތިޖާޖު ކުރަނީ

ޣިޔާސުއްދީން ސުކޫލް ކުރިމައްޗަށް އެއްވެ ބިދޭސީންތަކެއް އިހުތިޖާޖު ކުރަނީ

މުސާރަ ނުދީގެން މާލޭގައި ބިދޭސީންތަކެއް މުޒާހަރާ ކޮށްފިއެވެ.

"ރާއްޖެ.އެމްވީ" އަށް އެނގިފައިވާ ގޮތުގައި ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބިދޭސީންތަކެއް ވަނީ ޣިޔާސުއްދީން ސުކޫލް ކުރިމައްޗަށް އެއްވެ އިހުތިޖާޖު ކޮށްފައެވެ. އެގޮތުން ބިދޭސީން އިހުތިޖާޖު ކޮށްފައިވަނީ މުސާރަ ނުދޭތީ އާއި، ކުންފުނީގެ ވެރިންގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ބުނެއެވެ. އެހެން ނަމަވެސް އިހުތިޖާޖު ކޮށްފައިވަނީ ކޮން ކުންފުންޏެއްގެ ބިދޭސީންނެއް ކަމެއް އެނގިފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުން އެ ސަރަޙައްދަށް ގޮސް، އިހުތިޖާޖު ހުއްޓުވާފައިވާ ކަމަށެވެ. އަދި ބިދޭސީން އަނބުރާ އެ ސަރަޙައްދުން ފޮނުވާލާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެ ސަރަޙައްދުގައި ގާތްގަނޑަކަށް 50 ބިދޭސީން އެއްވެ އުޅުނު ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ކޮވިިޑް-19 ގެ މި ޙާލަތުގައި 30 މީހުންނަށްވުރެ ގިނައިން އެއްވުންތައް ބޭއްވުން ސަރުކާރުން ވަނީ މަނާކޮށްފައެވެ.

މުސާރައާ ގުޅޭ މައްސަލަތަކުގައި މީގެ ކުރިންވެސް ބިދޭސީން ވަނީ އެކި ފަހަރު މަތިން އިހުތިޖާޖު ކޮށްފައެވެ. އެގޮތުން ބިދޭސީން ލައްވައި މަސައްކަތް ކުރުވައި، އެ މީހުންނަށް ދޭން ޖެހޭ އުޖޫރަ ނުދޭ މައްސަލަތަކެއް މި ފަހުންވެސް ފެންމަތިވެފައިވެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު