Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންއީއޯސީއަށް އަޕްގްރޭޑް ކުރުން

މިވަގުތު އެންއީއޯސީއަށް އަޕްގްރޭޑް ކުރުމުގެ ވިސްނުމެއް ނެތް: ޑރ. ނަޒްލާ

ކުރިއަށް އޮތް ތަނުގައި އެންއީއޯސީއަށް އަޕްގްރޭޑް ކުރެވިގެން ދިޔުމުގެ ފުރުސަތު އެބައޮތް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2020 | ހޯމަ 07:11
އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް އާއި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް އާއި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އަށް އަޕްގްރޭޑް ކުރުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު ގިނަ އިދާރާތަކެއް އެކުލެވޭ ގޮތަށް ދަަރުބާރުގޭގައި އެންއީއޯސީގެ ނަމުގައި ސެންޓަރެއް ސަރުކާރުން އުފެއްދިއެވެ. އެކަމަކު އޭރު ކޮވިޑާ ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށް ނިންމާ، ޖުލައި މަހުގެ އެއްވަނަ ދުވަހު ސަރުކާރުން ވަނީ އެންއީއޯސީ އުވާލާ، އެތަނުގެ ދަށުން ކުރަމުންގެންދިޔަ މަސައްކަތްތައް އެޗްއީއޯސީގެ ދަށަށް ބަދަލުކޮށް ޑައުންގްރޭޑް ކޮށްފައެވެ.

Advertisement - newsAdvertisement

މިހާރު ރާއްޖެއިން 4،000 ށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ އަދަދުތައް އިތުރުވަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 2،000 ށްވުރެ އިތުރުވެފައިވާއިރު، ޕޮޒިޓިވްވާ ދިވެހިންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

މާލޭގައި ކޮވިޑް-19 ގެ ކޭސްތައް ފާއިތުވި ދެ ހަފުތާ ތެރޭގައި އިތުރުވެ، ހާލަތު ގޯސްވަމުންދާތީ އެންއީއޯސީ އެނބުރި ގެންނަން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެމީހުންގެ ޝުއޫރުތައް ބަންޑުން ކުރަމުންދާއިރު، އެ މީހުން ބުނަމުންދަނީ އެންއީއޯސީ އުވާލީ މާ އަވަހަށް ކަމަށެވެ.

އެންއީއޯސީން އެޗްއީއޯސީއަށް ޑައުންގްރޭޑް ކުރެވުމާއެކު، އެ ސެންޓަރުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދުތައްވެސް މަދުކުރެވުނެވެ. އެހެންނަމަވެސް ކޭސްތައް އިތުރުވަމުންދާއިރު، މަދު މުވައްޒަފުންނާއި ވަސީލަތްތަކާއެކު މަސައްކަތް ކުރަންޖެހުމުން ކަންކަމުގައި ގިނަ ވަގުތު ނަގާކަމުގެ ޝަކުވާތައްވެސް ދަނީ އިތުރުވަމުންނެވެ.

އަދި އެޗްއީއޯސީއަށް ބަދަލުވި ފަހުން އާއްމުންގެ ޝަކުވާތައް އިންތިހާއަށް ގިނަވެ، މައްސަލަތައްވެސް ފެންމަތިވަމުން އަންނައިރު، މިކަމާއި ގުޅޭގޮތުން އެޗްއީއޯސީގެ ބަހެއް ހޯދުމަށް "ރާއްޖެ.އެމްވީ" ން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ އަށް ގުޅާލުމުން އޭނާ ވިދާޅުވީ އެންއީއޯސީއަށް ބަދަލުކުރުމުގެ ވިސްނުމެއް މިވަގުތަކު ނެތް ކަމަށެވެ. އެހެންނަމަވެސް ކުރިއަތް އޮތް ތަނުގައި އެންއީއޯސީއަށް އަޕްގްރޭޑް ވެގެންދިޔުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު