Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓުތަކުގެ މައްސަލަ

މުވައްޒަފުން ޕޮޒިޓިވްވުމާއި ގުޅިގެން ލިސްޓު އާއްމުކުރުން ލަސްވާނެ : ފްލެޓު ކޮމިޓީ

މަސައްކަތް އަލުން ފެށުމާއެކު، ވީ އެންމެ އަވަސް ތާރީޚެއްގައި ލިސްޓްތައް ޢާންމުކުރާނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2020 | ހޯމަ 04:30
ސޯސަލް ހައުސިންގެ 7000 ފްލެޓްގެ \"ހިޔާ\" މަޝްރޫއުގެ ޓަވަރުތަކެއް

ސޯސަލް ހައުސިންގެ 7000 ފްލެޓްގެ \"ހިޔާ\" މަޝްރޫއުގެ ޓަވަރުތަކެއް

ކޮވިޑް-19 ށް ޕޮޒިޓިވްވެ، ބައެއް މުވައްޒަފުން ކަރަންޓީނު ވާން ޖެހުމުގެ ސަބަބުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މަސައްކަތްތައް މެދުކަނޑާލައިފިއެވެ.

އެ ކޮމިޓީގެ ފަރާތުން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހު، ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، ކޮމިޓީގެ ބައެއް މުވައްޒަފުން ކަރަންޓީންކުރަން ޖެހި، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށްގެން ދިއުމަށްޓަކައި ކޮމިޓީގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އާދީއްތަ ދުވަހު ވެސް ކޮމިޓީގެ އިތުރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި އެކު 14 ދުވަހުގެ މުއްދަތަށް، ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީނު ވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ އަންގާފައިވާ ކަމަށެވެ.

ފްލެޓު ކޮމިޓީގެ މަސައްކަތްތައް މެދުކަނޑާލަން ޖެހިފައި މިވަނީ ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅު ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތައް ލިބޭ، ފަރާތްތަކުގެ ތެރެއިން، މަސައްކަތް ނިމޭ ކެޓަގަރީތަކުގެ ލިސްޓްތައް ޢާންމުކުރުމަށް ނިންމާފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން ކޮމިޓީން ބުނެފައިވަނީ މި ހާލަތު ދިމާވީ ލިސްޓު އާއްމު ކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދަނިކޮށް ކަމަށާއި އެހެންކަމުން، ލިސްޓުތައް ޢާންމުކުރުން ލަސްވެގެންދާނެ ކަމަށެވެ.

ކޮމިޓީން ވަނީ ޢާންމުކުރުމަށް ނިންމާފައިވާ ކެޓަގަރީތަކުގެ ކުރެވިފައިވާ މަސައްކަތްތަކާއި ނުނިމިހުރި މަސައްކަތްތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަރަގަރީގެ ތެރެއިން 284 ފަރާތެއްގެ ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކޮށްފައިވާއިރު ވެރިފައި ކުރެވިފައިނުވަނީ މާލެ ނޫން އެހެން ރަށެއްގައި ދިރިއުޅޭ އެންމެ ފަރާތެކެވެ. އަދި ޓީޗަރުންގެ ކެޓަގަރީން 720 ފަރާތެއްގެ ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކޮށްފައިވާއިރު މި ކެޓަގަރީންވެސް ވެރިފައި ކުރެވިފައިނުވަނީ މާލެ ނޫން އެހެން ރަށެއްގައި ދިރިއުޅޭ އެންމެ ފަރާތެކެވެ. މާލޭ ރަށްވެހިން ކެޓަގަރީން 4261 ފަރާތެއްގެ ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކޮށްފައިވާއިރު ވެރިފައި ކުރެވިފައިނުވަނީ މާލެ ނޫން އެހެން ރަށެއްގައި ދިރިއުޅޭ 23 ފަރާތެކެވެ.

ކޮިމިޓީން ބުނެފައިވަނީ މި ކެޓަގަރީތަކުގެ ފޯމުތަކުގެ ތެރެއިން ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައިނުވާ ފޯމަތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކުރަންޖެހޭ މަސައްކަތް ނިމިފައިވާކަމަށެވެ. H7 ކެޓަގަރީ ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސް ވަނީ ފަށާފައި ކަމަށެވެ. އެގޮތުން ޖުމްލަ 12013 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލާ ނިމިފައިވާ ކަމަށް ވެސް ކޮމިޓީން ބުންޏވެ.

ކޮމިޓީން ބުނެފައިވަނީ މަސައްކަތް އަލުން ފެށުމާއެކު، ވީ އެންމެ އަވަސް ތާރީޚެއްގައި ލިސްޓްތައް ޢާންމުކުރަން ފަށާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު