Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19ށް އިތުުރު ބަޔަކު ޕޮޒިޓިވްވުން

އިތުރު 156 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ، އޭގެތެރޭގައި 134 ދިވެހިން ހިމެނޭ!

މި ފަހަކަށް އައިސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަނީ އިތުރުވަމުން

އަލީ ސަމާޚް
އަލީ ސަމާޚް | 1 އޯގަސްޓު 2020 | ހޮނިހިރު 17:23
ސާމްޕަލް ނަގަން އެޗްޕީއޭގެ ޓީމަކު ހަރަކާތްތެރިވަނީ

ސާމްޕަލް ނަގަން އެޗްޕީއޭގެ ޓީމަކު ހަރަކާތްތެރިވަނީ

ރާއްޖެއިން އިތުރު 156 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއީން ބުނީ، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 134 ދިވެހިންނާއި ބަންގްލަދޭޝްގެ 20 މީހުންނާއި، އިންޑިއާގެ އެކަކު އިތުރުން ލަންކާގެ އެކަކު ކަމަށެވެ. މި އާއި އެކު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 3949ށް އަރާފައެވެ.

ހޮނިހިރު ދުވަހު ބަލިން ފަސޭހަވެފައިވަނީ ހަ މީހުންނެވެ. އެއާއި އެކު ޖުމްލަ ރިކަވަރީގެ އަދަދު އުޅެނީ 2613 ގައެވެ.

ކޮވިޑު ބަލިޖެހިގެން 16 މީހަކު ވަނީ މަރުވެފައެވެ. މި ފަހުން 10 ރަށަކުން ވަނީ ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓްކުރެވިފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ އެކްޓިވް ކޭސްތައް ހިމެނޭ ރަށްރަށަކީ މޮނިޓަރިންގގެ ހާލަތަށް ލެވޭ ރަށްރަށް ނޫން ކަމަށެވެ. އެގޮތުން އެކްޓިވް ކޭސްތައް ހިމެނޭ ރަށްރަށަކީ ޕޮޒިޓިވްވި ފަރާތެއް އެ ރަށެއްގައި ހުންނަ ރަށްރަށް ކަމަށާއި، މޮނިޓަރިންގއަށް ލެވޭ ރަށްރަށަކީ ކޮންޓެކްޓް ޓެރެސިންގގެ މަސައްކަތަށް މޮނިޓަރިންގއަށްލެވޭ ރަށްރަށް ކަމަށެވެ.

ކޭސްތައް އިތުރުވުމާއި ގުޅޭގޮތުން ޑރ. ނަޒްލާ ވިދާޅުވީ މަސައްކަތްކުރަނީ ފިޔަވަޅުތައް ހަރުދަނާކޮށް، ބަލި ކޮންޓްރޯލްކުރުމަށް ކަމަށެވެ. އަދި އެކަމުގައި ރައްޔިތުންގެ އެއްބާރުލުމަށް ޑރ. ނަޒްލާ ތަކުރާރުކޮށް އެދިލެއްވި އެވެ. ޑރ. ނަޒްލާ ވިދާޅުވީ އަބަދު ލޮކްޑައުންއެއްގައި ތިބުމަކީ އެއްވެސް ގޮތަކުން ކުރެވޭނެ ކަމެއް ނޫންކަމަށާއި، ބައްޔާއެކު ދިރިއުޅެއް ދިވެހިން ދަސްކުރަންޖެހޭ ކަމަށެވެ.

އެޗްޕީއޭގެ އަންދާޒާތައް ދައްކާގޮތުން މި ފެށުނު އޮގަސްޓް މަހުގައި ދުވާލެއްގެ މައްޗަށް 170 ވަރަކަށް ކޭސް ރިޕޯޓްކުރާނެ އެވެ. އެގޮތުން އޮގަސްޓް މަހުގެ ތެރޭގައި 2373 ކޭސް ރިޕޯޓު ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ ދުވާލެއްގެ މައްޗަށް 170 މީހުންނެވެ. ސެޕްޓެންބަރު މަހު 1464 ކޭސް ރިޕޯޓުކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ 105 މީހުންނެވެ. އޮކްޓޫބަރު މަހު 945 ކޭސް ރިޕޯޓު ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ 68 މީހުންނެވެ. ނޮވެންބަރު މަހު 409 ކޭސް ރިޕޯޓު ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ 29 މީހުންނެވެ. އަދި ޑިސެންބަރު މަހު 254 ކޭސް ރިޕޯޓު ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ 18 މީހުންނެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު