Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒިކުރާ މިސްކިތުގެ މަސައްކަތް

ޒިކުރާ މިސްކިތުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ކޯޓުން ވަކި ގޮތަކަށް ނިންމުމުން: އިސްލާމިކް މިނިސްޓަރު

1 އޯގަސްޓު 2020 | ހޮނިހިރު 08:12

ޒިކުރާ މިސްކިތުގެ މައްސަލަ އަކީ ވަރަށް ދުވަސްވެފައިވާ މައްސަލައެއް

އަމްނާ އިމާދު
އަމްނާ އިމާދު | 1 އޯގަސްޓު 2020 | ހޮނިހިރު 08:12
ޒިކުރާ މިސްކިތް އިމާރާތް ކުރަން އެތަނުގެ ބައެއް ތަޅާލާފައި

ޒިކުރާ މިސްކިތް އިމާރާތް ކުރަން އެތަނުގެ ބައެއް ތަޅާލާފައި

ޒިކުރާ މިސްކިތުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ކޯޓުން ވަކި ގޮތަކަށް ނިންމުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ ޒިކުރާ މިސްކިތުގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދާ ކަމަށާއި، އެ މިސްކިތުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ކޯޓުން ވަކި ގޮތަކަށް ނިންމުމުން ކަމަށެވެ.

Advertisement - newsAdvertisement

ޒިކުރާ މިސްކިތުގެ މައްސަލަ އަކީ ވަރަށް ދުވަސްވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ގިނަ ދުވަސްތަކެއް ފާއިތުވެގެންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. މައްސަލަ ކޯޓުގައި އޮތް ނަމަވެސް އެބިމުގައި މިސްކިތް އިމާރާތް ކުރެވޭނެ ގޮތްތައް ބަލައި އެ މަޝްވަރާތައް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާއެކު ވެފައިވާ އެއްބަސްވުން މި ސަރުކާރުން ވަނީ ބާތިލް ކޮށްފައެވެ.

ޒިކްރާ މިސްކިތް އަލުން އިމާރާތްކޮށް އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.

އެ މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއު އަށް 130 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދީފައެވެ.

މަޝްރޫއު ހަވާލުކުރި ރަސްމިއްޔާތުގައި އޭރުގެ އިސްލާމިކް މިނިސްޓަރު ވިދާޅުވެފައި ވަނީ ރޯދަ މަހު ނަމާދުކުރެވޭ ވަރަށް އިމާރާތުގެ ތިން ބުރި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ސޮއިކުރިތާ އަހަރެއްވީއިރު ވެސް އެ ތަނުގައި މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

މި ސަރުކާރު ވުޖޫދަށް އައުމަށް ފަހު މަސައްކަތް ކުރިޔަށް ގެންގޮސްފައި ނުވާތީ ކޮންޓްރެކްޓް ބާތިލް ކުރަން އިސްލާމިކް މިނިސްޓްރީން 30 ދުވަހުގެ ނޯޓިސްއެއް އެ ކުންފުންޏަށް ދިނެވެ. ނޯޓިސް މުއްދަތު ހަމަވެ 23 މެއި 2019 ވަނަ ދުވަހުގެ ކުރިން އެތަން ހުސް ކުރުމަށް އެކުންފުންޏަށް އެންގިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން އެ ކޮންޓްރެކްޓް އުވާލުމަށް ފަހު ބިޑަށް ހުށައަޅައިގެން އެހެން ބަޔަކާއި އެތަން ހަވާލުކުރުމުގެ މަސައްކަތް ކުރާނެއެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދިން އެސްޖޭގެ އިސް މީހަކު ބުނީ، އެތަނުގެ މަސައްކަތް ނުފެށިފައި އޮތީ އިމާރާތުގެ ކުރެހުން ނެހެދިގެން ކަމަށެވެ. މަސައްކަތް ހަވާލުކުރި އިރު ބިމުގެ ރަޖިސްޓްރީ ނެތް ކަމަށާއި އެ ރަޖިސްޓްރީ ހޯދަން ކުރީގެ ސަރުކާރުގެ އިތުރުން މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީ އަށް އެތައް ފަހަރަކު ސިޓީ ފޮނުވާފައިވާ ކަމަށް އޭނާ ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން އެ ކުންފުންޏާއި ވެފައިވާ އެއްބަސްވުން އުވާލަން ނިންމުމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށައަޅައި ކޯޓުގައި މިހާރު ޝަރީއަތްތައް ވަނީ ފަށާފައެވެ.

ޒިކުރާ މިސްކިތަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ހަނދާނުގައި 1980ގެ އަހަރުތަކުގެ ކުރީކޮޅު އިމާރާތްކުރި މިސްކިތެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް