Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ބްރެޒިލްގެ ހާލަތު

ފުއްޕާމޭގައި އިންފެކްޝަން އުފެދިފައި ހުއްޓަސް ބްރެޒިލްގެ ރައީސްގެ ދަތުރުފުޅު ފަހެއް ނުކުރެއްވި

ބްރެޒިލްގެ ދެކުނަށް ކުރައްވާ ދަތުރުފުޅުގައި ޑޮކްޓަރުންގެ ޓީމަކުންވެސް ބައިވެރިވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 އޯގަސްޓު 2020 | ހޮނިހިރު 01:12
ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯ

ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯ

ކޮވިޑް-19 އިން ފަސޭހަވެވަޑައިގެންނެވި ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯ، އެމަނިކުފާނުގެ ފުއްޕާމޭގައި އިންފެކްޝަނެއް އުފެދިފައިވާތީ އެންޓިބައޯޓިކްސް ނަންގަވާ ކަމަށް ވިދާޅުވެ ބްރެޒިލްގެ ދެކުނަށް ދަތުރުކުރެއްވުމަށް ޝެޑިޔުލް ކުރައްވައިފި އެވެ.

ގައުމުތަކުގެ ލީޑަރުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މަދު ލީޑަރުންގެ ތެރޭގައި ބޮލްސޮނާރޯ ހިމެނިވަޑައިގަންނަވާއިރު ބޮލްސޮނާރޯ ވައިރަސް އަށް ނެގެޓިވް ވެފައިވަނީ ތިން ފަހަރަށް ޕޮޒިޓިވްކަން ޓެސްޓްތަކުން ދެއްކުމަށްފަހު އެވެ. ސޯސްތައް ބުނާގޮތުން ބްރެޒިލްގެ ދެކުނަށް ކުރައްވާ ދަތުރުފުޅުގައި ޑޮކްޓަރުންގެ ޓީމަކުންވެސް ބައިވެރިވާނެ އެވެ. އެހެންނަމަވެސް ފުއްޕާމޭގައި އުފިދިގެން އުޅޭ އިންފެކްޝަނާއި ކޮވިޑް-19 އާ ގުޅުމެއް ނެތްކަމަށް ޑޮކްޓަރުން ބުނާކަމަށް ސޯސް އިން ބުނެފައިވާކަމަށް ރޮއިޓަރސް އިން ބުނެއެވެ.

ވައިރަސް އަށް ޕޮޒިޓިވްވުމާއި ގުޅިގެން ޖުލައި މަސް އެއްކޮށް ކަހަލަގޮތަކަށް ބޮލްސޮނާރޯ ހޭދަކުރެއްވީ ސެލްފް އައިސޮލޭޝަންގައި ރަސްމީ ގެކޮޅުގަ އެވެ. ބޮލްސޮނާރޯ ކޮވިޑް-19 އަށް ނެގެޓިވްކަން ހާމަކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ބުރާސްފަތި ދުވަހު ޓީވީ މެދުވެރިކުރައްވާ ވާހަކަ ދައްކަވަމުން ބޮލްސޮނާރޯ ވިދާޅުވީ އަދިވެސް ސިއްހީ ހާލުކޮޅު އެހާ ރަނގަޅު ނޫންކަމަށެވެ.

އަނެއްކޮޅުން ބަލާއިރު ބޮލްސޮނާރޯގެ އަނބިކަނބަލުން މިޝޭލް ބޮލްސޮނާރޯވެސް މިހާރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މީގެއިތުރުން ބޮލްސޮނާރޯގެ ކެބިނެޓްގެ ފަސް މިނިސްޓަރަކުވެސް ވަނީ ވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ.

ހާލުކޮޅު ރަނގަޅު ނޫންކަމަށްވިޔަސް ބޮލްސޮނާރޯ ގެންދަވަނީ ބްރެޒިލްގެ އެކި ސްޓޭޓްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ.

އިތުރަށް ކިޔާލަން

20 ޖުލައި 2017

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ ގެ މުދާތައް ހިފެހެއްޓުމަށް ކޯޓުން އަމުރު ނެރެފި

20 ޖުލައި 2017
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ ގެ މުދާތައް ހިފެހެއްޓުމަށް ކޯޓުން އަމުރު ނެރެފި
12 ޖުލައި 2017

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިފި

12 ޖުލައި 2017
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިފި
27 ޖޫން 2017

ބްރެޒިލްގެ ރައީސް ޓީމާގެ މައްޗަށް ދައުވާ ކުރަން ހުށަހަޅައިފި

27 ޖޫން 2017
ބްރެޒިލްގެ ރައީސް ޓީމާގެ މައްޗަށް ދައުވާ ކުރަން ހުށަހަޅައިފި
24 ޖޫން 2017

ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު

24 ޖޫން 2017
ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު
12 ޖޫން 2017

ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް

12 ޖޫން 2017
ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް
21 މެއި 2017

ބްރެޒިލްގެ ރައީސްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތެއް!

21 މެއި 2017
ބްރެޒިލްގެ ރައީސްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތެއް!
11 މެއި 2017

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ކޯޓަށް ހާޒިރުކޮށްފި

11 މެއި 2017
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ކޯޓަށް ހާޒިރުކޮށްފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
07 ޖެނުއަރީ 2017

ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި

07 ޖެނުއަރީ 2017
ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު