Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮޑުފިނޮޅުގެ ހާދިސާ

ބޮޑުފިނޮޅުގައި ތިބި ބިދޭސީން މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކުރެވިފައި: އާރު.އައި.އެކްސް

ބޮޑުފިނޮޅުން ކަރަންޓާއި ފެން ދުރާލާ ކަނޑާލާނެކަން ސީލް މޯލްޑިވްސްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަންގާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 ޖުލައި 2020 | ހުކުރު 23:09
ބޮޑުފިނޮޅު

ބޮޑުފިނޮޅު

ބ. ބޮޑުފިނޮޅުން ކަރަންޓާއި ފެން ކަނޑާލި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދް މޯލްޑިވްސް މެދުވެރިކޮށް ހައްލުކުރުމަށް މަސައްކަތް ކުރަމުންގޮސް މިވަގުތު ބިދޭސީން ރައްކާތެރި މާހައުލަކަށް ބަދަލުކުރެވިފައިވާ ކަމަށް އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑް(ރިޒް)ގެ ޤާނޫނީ ވަކީލުން ބުނެފި އެވެ.

ރިޒްގެ ޤާނޫނީ ވަކީލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ބޮޑުފިނޮޅުން ކަރަންޓާއި ފެން ދުރާލާ ކަނޑާލާނެކަން ސީލް މޯލްޑިވްސްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަންގާފައިވާ ކަމަށެވެ. އަދި އެކަން ފުލުހުންނަށް އެންގިކަން ރިޒް އަށް އެނގުމާއެކު ވަކީލުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން މިމައްސަލާގައި ކަންހިނގާދިޔަ ގޮތާމެދު ރިޒް ކުންފުނިން އިންތިހާއަށް ކަންބޮޑުވާކަމަށާއި ވަކިން ޚާއްސަކޮށް ފުލުހުންގެ ބެލުމުގެ ދަށުން ސެކިޔުރިޓީ ބަލަހައްޓަމުން ދިޔަ ރަށެއްގައި ހަމަނުޖެހުން ހިނގާފާނެފަދަ ކަމެއް ދުރާލާ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އެނގިހުރެ އެކަމަށް ފިޔަވަޅު އަޅާފައިނުވާތީ އެކަން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިމައްސަލާގައި ފުރިހަމަ ތަހްގީގެއް ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ގޮވާލާކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ.

މީގެއިތުރުން މިބަޔާނުގައި ބުނެފައިވަނީ މިމައްސަލައާ ގުޅޭ އެކިކަންކަން ޝަރުޢީ އެކިމަރުހަލާތަކުގައި ކުރިޔަށްދާނަމަވެސް އިންސާނީ ހައްޤަށާއި އިންސާނީ ކަރާމާތަށް ގެއްލުން ނުވާގޮތުގެ މަތިން ކަންކަން އިންތިޒާމު ކުރުމުގެ ގޮތުން ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނަށް ކާންބޯން ދިނުމުގެ އިންތިޒާމު މިހާތަނަށްވެސް ކުރަމުން އައީ ރިޒް ކުންފުނިންކަމަށެވެ. އަދި ބިދޭސީންގެ ކެއިން ބުއިމުގެ އިންތިޒާމު ބަރާބަރަށް ކުރިޔަށް ގެންދާކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ފުލުހުންނަށްވެސް އެނގޭނެކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ.

ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނަށް ދޭންޖެހޭ އުޖޫރަ ހޯދުމަށް ސީލް މޯލްޑިވްސްގެ މައްޗަށް ދައުވާކުރެވިފައިވާ ކަމަށާއި ޝަރުޢީ މަރުހަލާ ތެރެއިން މިފައިސާ ހޯދުމުގެ މަސައްކަތް ކުރެވުނު ކަމުގައިވިޔަސް އުޖޫރައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ރިޒް ކުންފުނީގެ ޤާނޫނީ ވަކީލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިކަމުގައި ދެ ބަސްވުންތަކެއް އުފެދިފައިވީނަމަވެސް އިންސާނީ ކަރާމާތަށް ގެއްލުންވާގޮތަށް އަމަލުކުރުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށް ވަނީ ބުނެފައިވެ އެވެ. އެގޮތުން ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ކާބޯތަކެތި ގެންދިޔުމަށް ހުރަސް އެޅުމާއި ކާބޯތަކެތި ބަލާ ތުޅާދޫ އަށް ދާ ބިދޭސީން އަނބުރާ ބޮޑުފިނޮޅަށް އެރިޔަނުދީ ލާއިންސާނީ އެތައް އަމަލެއް ސީލް މޯލްޑިވްސް އިން ކޮށްފައިވާކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިކަން ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ދީފައިވާ ޖަވާބަކީ ސީލް މޯލްޑިވްސްގެ ހުއްދަ ލިބިގެން ނޫންގޮތަކަށް ރަށަށް ކާބޯތަކެތި ނޭރުވެނޭކަމަށް ކަމަށާއި މިކަމަށް ފުލުހުންގެ އެއްބާރުލުން ނުލިބުމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް މައްސަލަ ހުށަހެޅުނު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިކަމުގައި އެދެފަރާތުން ކުރި މަޝްވަރާތަކަށްފަހު އެމައްސަލައަށް ހައްލެއް ލިބުނީ 30 ޖުލައި ގެ ދަންވަރުގައި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުކެނޑުމާއި ގުޅިގެން ހިއުމަން ރައިޓްސް ވޮޗް އަދި ޓްރާންޕޭރެންސީ މޯލްޑިވްސް ފަދަ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި މައްސަލައިގައި މިއަށް ވުރެ ޒިންމާދާރުކޮށް އަމަލުކުރުމަށް ސަރުކާރަށާއި ކަމާބެހޭ މުއައްސަސާތަކަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު