Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުދަލު ޒަކާތް ބެހުން

އަމާޒަކީ މުޙައްރަމް މަހުގެ ނިޔަލަށް މުދަލު ޒަކާތް ބެހުން: މިނިސްޓަރ

ފަޤީރުންގެ ދަފްތަރާ ގުޅޭ މައްސަލަތަކެއް ފިތުރު ޒަކާތް ބެހި އިރުގައިވެސް ދިމާވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖުލައި 2020 | ހުކުރު 13:38
އިސްލާމިކް މިނިސްޓަރ  ޑރ. އަހުމަދު ޒާހިރު- މިނިސްޓަރ ވިދާޅުވީ މިވަގުތުގެ ޙާލަތަށް ބަލައި ލިސްޓް އަލުން މުރާޖައާ ކުރުމަށް މިނިސްޓްރީންވެސް ބޭނުންވާކަމަށް

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު- މިނިސްޓަރ ވިދާޅުވީ މިވަގުތުގެ ޙާލަތަށް ބަލައި ލިސްޓް އަލުން މުރާޖައާ ކުރުމަށް މިނިސްޓްރީންވެސް ބޭނުންވާކަމަށް

އަންނަ މުޙައްރަމު މަސް ނިމުމުގެ ކުރިން މުދަލު ޒަކާތް ބެހުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ފަޤީރުންގެ ދަފްތަރު މުރާޖައާ ކުރުމާގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، ފަޤީރުންގެ ދަފްތަރާ ގުޅޭ މައްސަލަތަކެއް ފިތުރު ޒަކާތް ބެހި އިރުގައިވެސް ދިމާވި ކަމަށެވެ. އަދި މިވަގުތުގެ ޙާލަތަށް ބަލައި މިނިސްޓްރީންވެސް ލިސްޓް އައު ކުރުމަށް ބޭނުންވެ، އެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީން ވަނީ މިހާރު އެކުލަވާލައިފައިވާ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ޖުލައި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 23 ވަނަ ދުވަހަށް ހުޅުވާލާފައެވެ. އެހެންނަމަވެސް ލޮކްޑައުންގެ ޙާލަތާއި ގުޅިގެން ބައެއް ދަތިތަކެއް ހުރިނަމަވެސް، ޢީދު ބަންދު ނިމި ހަފްތާއެއްގެ ތެރޭގައި އަތޮޅުތެރޭގެ ފޯމުތައް ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި، އެއާއެކު ދަފްތަރު މުރާޖައާކޮށް އަޕްޑޭޓް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެ މަސައްކަތްތައް ކުރުމަށްފަހު، އަންނަ މުޙައްރަމު މަހުގެ (މީލާދީން 18 ސެޕްޓެމްބަރު) ނިޔަލަށް މުދަލު ޒަކާތް އެއްކޮށް ބަހާ ނިންމާލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އަވަސް އަރުވާލައިގެން، ހަމަހަމަކަން ގެއްލޭގޮތަށް ފަގީރުންގެ ލިސްޓަށް ބަދަލު ގެނައުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން މަޚުލޫފްގެ އިސްތިއުނާފް މާދަމާ ފަށަނީ!

14 މެއި 2017
ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން މަޚުލޫފްގެ އިސްތިއުނާފް މާދަމާ ފަށަނީ!
13 މެއި 2017

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
09 މެއި 2017

ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި

09 މެއި 2017
ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި
04 މެއި 2017

މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!

04 މެއި 2017
މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!
24 މާރިޗު 2017

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

24 މާރިޗު 2017
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު