Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑާކާއަށް ސީދާ ދަތުރުތައް ފެށުން

މޯލްޑިވިއަނުން ޑާކާއަށް ސީދާ ދަތުރުތައް ބާއްވަނީ

އެއްކޮޅު ޓިކެޓު ފެށޭ އަގަކީ 433 ޑޮލަރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޖުލައި 2020 | ބުރާސްފަތި 15:04
ލޮކްޑައުންގެ ތެރޭގައި އަނބުރާ ގައުމަށް ދާން ވެގެން ފުރަން ގޮސް ތިބި ބިދޭސީން ވެލާނާ އެއަރޕޯޓުގައި

ލޮކްޑައުންގެ ތެރޭގައި އަނބުރާ ގައުމަށް ދާން ވެގެން ފުރަން ގޮސް ތިބި ބިދޭސީން ވެލާނާ އެއަރޕޯޓުގައި

ގައުމީ އެއަރލައިން މޯލްޑިވިއަނުން ބަންގުލަދޭޝްގެ ޑާކާއަށް ސިދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ ކޮންމެ ހަފްތާއަކު ދެ ދުވަހު ޑާކައަށް ސީދާ ފުލައިޓްތައް ބާއްވަން ނިންމާފައިވާ ކަމަށާއި، ދަތުރު ކުރާނީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހު ކަމަށެވެ. މިއީ ލޮކްޑައުންގެ ފަހުން ރާއްޖެއިން ބޭރުގެ މަންޒިލަކަށް މޯލްޑިވިއަނުން ސީދާ ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަނުން ބުނީ އެއްކޮޅު ޓިކެޓު ފެށޭ އަގަކީ 433 ޑޮލަރު ކަމަށެވެ. އިތުރު މައުލޫމާތު ހޯދުމަށް މޯލްޑިވިއަންގެ ނަންބަރު 3335544ށް ގުޅުމަށް ބުނެފައިވާއިރު، 72 ގަޑިއިރު ކުރިން ހަދާފައިވާ ކޮވިޑް-19 ގެ ޓެސްޓުގެ ނެގެޓިވް ނަތީޖާ ފުރާއިރު އަތުގައި އޮންނަންވާނެ ކަމަށެވެ. އަދި އެ ޓެސްޓުގެ ނަތީޖާ ޗެކިން ވުމުގެ ކުރިން ދައްކަން ޖެހޭނެ ކަމަށާއި، އިމިގްރޭޝަންގެ އިމުގާ ޕޯޓަލްގައި ފުރުމުގެ 24 ގަޑި އިރު ކުރިން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރުތައް ލޮކްޑައުންއާއެކު ހުއްޓުމަކަށް އައި ނަމަވެސް މި ހާލަތާއި ގުޅިގެން އަނބުރާ ގައުމަށް ދާން ބޭނުންވި ބިދޭސީ މަސައްކަތްތެރިން ގެންދިއުމަށް މޯލްޑިވިއަނުން ވަނީ 26 ފުލައިޓް ބާއްވާފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުލުވާލާފައިވާ އިރު، ރާއްޖެއިން ބޭރަށް ފުރާ އަދި އަންނަ ފަސިންޖަރުން އިމިގްރޭޝަންގެ އިމުގާ ޕޯޓަލްގައި ރަޖިސްޓްރީވުމަށް ވަނީ އަންގާފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
15 ފެބުރުއަރީ 2017

ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!

15 ފެބުރުއަރީ 2017
ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު